Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 21:24 - ކިތާބުލް މުޤައްދަސާ

24 އިބްރާހީމްގެފާނު މިފަދައިން ޖަވާބު ދެއްވިއެވެ. ”⁠އެންމެ ރަނގަޅު، ތިޔަފަދައިން އަހަރެން ވެސް ވަޢުދުވަމު!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 21:24
6 ပူးပေါင်းရင်းမြစ်များ  

މި ހަނގުރާމައިން ސަލާމަތްވި މީހަކު ހިނގާދިޔަ ކަންތަކުގެ ވާހަކަ އަބްރާމްއަށް ކިޔައިދިނެވެ. އޭރު ޢިބްރާނީ ދަރިކޮޅުގެ އަބްރާމް ދިރިއުޅެމުން ގެންދަވަނީ އަމޫރީންގެ ގަބީލާގެ މަމްރާއަށް މިލްކުވެގެންވާ ބޮޑު ބިޔަ ގަސްތަކުގެ ތެރޭގައެވެ. މަމްރާ އާއި އޭނާގެ ދެ ކޮއްކޮ އަޝްކޫލް އާއި ޢާނިރު އަކީ އަބްރާމްގެ ބައިވެރިންނެވެ.


އެހެންވީމާ، މާތްކަލާނގެ ރަސްކަންފުޅަށްޓަކައި އަޅުގަނޑާއެކުގައި ކަލޭގެފާނު މުޢާހަދާއެއްގެ ވަޢުދުފުޅު ކުރައްވާ. އެއީ ކަލޭގެފާނު މި ޤައުމުގައި ދިރިއުޅުއްވާހާ ހިނދަކު އަޅުގަނޑާއި އަޅުގަނޑުގެ ދަރިންނަށް ނޫނީ އަޅުގަނޑުގެ ދަރިފަސްކޮޅަށް ހީލަތެއް ނުހެއްދެވުމަށާއި އަދި އަޅުގަނޑު ކަލޭގެފާނަށް އަމާނާތްތެރި ކަމުގައި ވާހާ ހިނދަކު ކަލޭގެފާނަށް އަޅުގަނޑު ކަމޭހިތި ފަދައިން އަޅުގަނޑާއި މެދު އެފަދައިން އަމަލު ކުރެއްވުމުގެ މުޢާހަދާއެއްގެ ވަޢުދުފުޅު.⁠“


އެއަށް ފަހު އެކަލޭގެފާނުގެ ޚާދިމުންގެ އަތުން އަބީމާލިކުގެ ޚާދިމުން ނުޙައްޤުން އަތުލައިގަނެފައިވާ ވަޅަކާއި ބެހޭގޮތުން އިބްރާހީމްގެފާނު އަބީމާލިކުއަށް ޝަކުވާ އުފުއްލެވިއެވެ.


އެއަށް ފަހު ޔަޢުޤޫބުގެފާނު މިފަދައިން ވިދާޅުވިއެވެ. ”⁠އެފަދައިން ކަންތައް ކުރާނެ ކަމުގައި އަހަރެންގެ ކުރިމަތީގައި ހުވާކުރޭ.⁠“ އެ ހިނދު އެފަދައިން ކަންތައް ކުރައްވާނެ ކަމުގައި ވިދާޅުވެ ޔޫސުފުގެފާނު ހުވާ ކުރެއްވިއެވެ. އަދި އިސްރާއީލުގެފާނު އެކަލޭގެފާނު ހިންގަވަން ގެންގުޅުއްވި އަސާކޮޅުގައި ހިއްޕަވާ ތެދުވެވަޑައިގެން މާތްރަސްކަލާނގެ ކިބަފުޅަށް ކުރުނީސް ކުރައްވައި އަޅުކަންކުރެއްވިއެވެ.


އަރާރުމެއްވެ ކަމެއް ހައްލު ކުރުމަށް ދެފަރާތެއްގެ ދެމެދުގައި ހުވައެއް ކުރެވޭ ހިނދު މީހުން ހުވާކޮށް އުޅެނީ އެމީހަކަށް ވުރެން މަތީ ފަރާތެއްގެ ނަންމަތީގައެވެ. އެކުރާ ހުވައިން އެމައްސަލަ ހައްލުވެދެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ