އެއަށް ފަހު އަބީމާލިކުގެ ގާތަށް ސާރާ ގެންނަވައި އިބްރާހީމްގެފާނަށް އެކަމަނާ އަނބުރާ ދެއްވައިފިއެވެ. އަދި ގިނަ ޢަދަދެއްގެ ކަންބަޅި ބަކަރިތަކާއި ގޮންގަނޑުގެރީގެ އިތުރުން އަޅުންގެ ގޮތުގައި އަންހެނުންނާއި ފިރިހެނުން އިބްރާހީމްގެފާނަށް ދެއްވިއެވެ. އަބީމާލިކު އަދިވެސް އިބްރާހީމްގެފާނަށް ދެންނެވިއެވެ. ”އަހަރެންގެ ރަސްކަންހިނގާ ކޮންމެ ސަރަހައްދެއްގައި ކަލޭގެފާނު ބޭނުން ތަނެއްގައި ވަޒަންވެރިވޭ.“