Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 21:22 - ކިތާބުލް މުޤައްދަސާ

22 އެދުވަސްވަރު އަބީމާލިކު ރަސްގެފާނު އޭނާގެ ސިފައިންގެ ވެރިޔާ ފީކޫލްއާއި އެކުގައި އިބްރާހީމްގެފާނުގެ އަރިހަށް ވަޑައިގަންނަވައި އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠ކަލޭގެފާނު ކުރައްވަމުން ގެންދަވާ ކޮންމެ ކަމަކަށް މާތްކަލާނގެ ބަރަކާތް ލައްވަވާ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 21:22
22 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު އަބީމާލިކުގެ ގާތަށް ސާރާ ގެންނަވައި އިބްރާހީމްގެފާނަށް އެކަމަނާ އަނބުރާ ދެއްވައިފިއެވެ. އަދި ގިނަ ޢަދަދެއްގެ ކަންބަޅި ބަކަރިތަކާއި ގޮންގަނޑުގެރީގެ އިތުރުން އަޅުންގެ ގޮތުގައި އަންހެނުންނާއި ފިރިހެނުން އިބްރާހީމްގެފާނަށް ދެއްވިއެވެ. އަބީމާލިކު އަދިވެސް އިބްރާހީމްގެފާނަށް ދެންނެވިއެވެ. ”⁠އަހަރެންގެ ރަސްކަންހިނގާ ކޮންމެ ސަރަހައްދެއްގައި ކަލޭގެފާނު ބޭނުން ތަނެއްގައި ވަޒަންވެރިވޭ.⁠“


އަބީމާލިކު އިބްރާހީމްގެފާނުގެ އަނބިކަބަލުން ސާރާ ގެންދެވުމުގެ ސަބަބުން އެރަސްގެފާނުގެ ގަނޑުވަރުގައިވާ އެންމެހައި އަންހެނުން ދަރިމައި ނުވާނެފަދައިން މާތްކަލާނގެ ވަނީ ލައްވަވާފައެވެ. ދެން އިބްރާހީމްގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާކުރެއްވުމުން އަބީމާލިކުއާއި އޭނާގެ އަނބިމީހާގެ އިތުރުން އޭނާގެ އެންމެހައި ޖާރިޔާއިންނަށް ޝިފާލިބި، ދަރިން ލިބޭނެ ފަދައިން ވިއެވެ.


އަދި އިބްރާހީމްގެފާނުގެ އަނބިކަނބަލުން ސާރާ އަކީ އެކަލޭގެފާނުގެ ކޮއްކޮ ކަމުގައި އެރަށުގެ މީހުންނަށް ވިދާޅުވިއެވެ. އެހެންވެ، އެރަށުގެ ރަސްގެފާނު، އަބީމާލިކު އޭނާގެ ގަނޑުވަރަށް ސާރާ ގެންދެވިއެވެ.


މި ދުވަސްތަކުގެ ތެރެއިން ދުވަހެއްގައި ޖަރާރުން ދަތުރު ކުރައްވައި އަބީމާލިކު އިސްޙާޤުގެފާނާއި ބައްދަލު ކުރެއްވުމަށް ވަޑައިގަތެވެ. އެ ރަސްގެފާނުގެ އަރިހުގައި ޚާއްސަ މުޝީރު އަޙުއްޒާތު އާއި ސިފައިންގެ ކޮމާންޑަރު ފީކޫލް ވެސް ވަޑައިގަތެވެ.


އެބޭކަލުން ޖަވާބުގައި ދެންނެވިއެވެ. ”⁠މާތްރަސްކަލާނގެ ވޮޑިގެން ވަނީ ކަލޭގެފާނާއި އެކުގައިކަން މިހާރު އަހަރެމެންނަށް ޔަޤީންވެއްޖެ. އެހެންވީމާ ކަލޭގެފާނާއި އަހަރެމެންނާއި ދެމެދު ސުލްޙައިގެ މުޢާހަދާއެއް އޮތުމަށް އަހަރެމެން އެދެމު.


މީގެ އިތުރުން ތިމަންކަލާނގެ ތިބާއާއި އެކުގައި ވޮޑިގެންވެ، ތިބާ ކޮންމެ ތަނަކަށް ދިޔަކަމުގައިވިއަސް ތިމަންކަލާނގެ ތިބާ ރައްކާތެރި ކުރައްވާހުށީމު. ކޮންމެވެސް ދުވަހަކުން ސަލާމަތްތެރި ކަމާއިއެކުގައި ތިމަންކަލާނގެ ތިބާ މި ބިމަށް ގެންނަވާހުށީމު. އަދި ތިމަންކަލާނގެ ތިބާއަށް މި ވަޢުދުވެވޮޑިގެންނެވި ފަދައިން އަމަލުކުރެއްވުމާއި ހަމައަށް ތިމަންކަލާނގެ ތިބާ ދޫކޮށްނުލައްވާ ހުށީމު.⁠“


އެހެނަސް ލަބާން ޔަޢުޤޫބުގެފާނަށް ދެންނެވިއެވެ. ”⁠އަހަރެން ދޫކޮށްފައި ނުދޭ. މާތްރަސްކަލާނގެ އަހަރެންގެ މައްޗަށް ބަރަކާތް ލެއްވީ ތިބާ މިތަނުގައި ވުމުންކަން އަހަރެންގެ ފާލުން އެނގިއްޖެ.


އެ ދެކަނބުލޭގެއިން އެކަލޭގެފާނުގެ އަރިހަށް އައުމުން އެ ދެކަނބުލޭގެއަށް މިފަދައިން ޔަޢުޤޫބުގެފާނު ވިދާޅުވިއެވެ. ”⁠ތިޔަ ދެކަނބުލޭގެ ބައްޕަ މީގެކުރީގައި އަހަރެންނާއި މެދުގައި ބޭއްވި ފަދަ ގާތް ގުޅުމެއް މި ފަހަކަށް އައިސް ނުބާއްވާކަން ފާހަގަ ކުރެވޭ. ނަމަވެސް އަހަރެންގެ ބައްޕާފުޅުގެ ކަލާނގެ މާތްކަލާނގެ، އަހަރެންނާ އެކުގައި ވޮޑިގެންވޭ.


އެމީހުން ޞޫރުގެ ކިއްލާއަށް ވެސް ދިޔައެވެ. އަދި ޙިއްވީންނާއި ކަންޢާނުގެ ހުރިހާ އަވަށަކަށް ދިޔައެވެ. އޭގެ ފަހުން ޔަހޫޛާގެ ދެކުނު އަވަށް ކަމަށްވާ ބިއުރުސަބްޢައަށް ވެސް ހިނގައްޖެއެވެ.


ފައިސާ ދެކެ ލޯބި ނުވާށެވެ. އަތުގައި ހުރި މިންވަރަކާ މެދު ރުހިގެން ތިބޭށެވެ. އެހެނީ މާތްރަސްކަލާނގެ ވަޙީކުރައްވާފައި ވަނީ ތިމަންކަލާނގެ ކަލޭމެން އެއްލަވާ ނުލައްވާނަމޭ އެވެ. އަދި ކަލޭމެން ދޫކޮށް ވެސް ނުލައްވާނަމޭ އެވެ.


ދެކިބަލަ! ތިޔަބައިމީހުންގެ ޢަދުއްވުން އެބައިމީހުންނަކީ ބަނީއިސްރާއީލުން ކަމުގެ ދަޢުވާ ކުރޭ. ނަމަވެސް އެބައިމީހުންނަކީ ދޮގުވެރިންނެވެ. އެބައިމީހުން މިލްކުވެގެން ވަނީ ޝައިތާނާއަށް. އެބައިމީހުންނީ ބަނީއިސްރާއީލުންގެ ބައެއްނޫން. އެބައިމީހުން އައިސް ތިޔަބައިމީހުންގެ ފައިންމައްޗަށް ގުދުވެ ކުރުނީސްކޮށް ތިޔަބައިމީހުންދެކެ އަހަރެން ލޯބިވާކަން އެމީހުންނަށް އެނގޭކަމަށް އެއްބަސް ކުރުވާނަން.


ދެން ދާއޫދު އެގޮތުގެ މަތިން ޝާއުލްގެފާނު ކުރިމަތީ ހުވާކޮށްފި އެވެ. ޝާއުލްގެފާނު ރަށަށް އެނބުރިވަޑައިގެންފި އެވެ. ދާއޫދުއާއި އޭނާގެ މީހުން ފިލާތިބި ތަނަށް ހިނގައްޖެއެވެ.


ޞަމޫއީލް ބޮޑުވެ ތަސައްރަފު ފުދެންދެން މާތްރަސްކަލާނގެ އޭނާއާއެކު ވޮޑިގެންވިއެވެ. އަދި މާތްރަސްކަލާނގެ އޭނާއަށް އެންގެވި އެއްވެސް އެންގެވުމެއް ކައްޗަކާ ގޮސްފައެއް ނެތެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ