ފެށުން 21:21 - ކިތާބުލް މުޤައްދަސާ21 އެކަލޭގެފާނު ދިރިއުޅުއްވާފައި ވަނީ ފާރާންއޭ ކިޔުނު ސަހަރާގެ ތެރޭގައެވެ. އެކަލޭގެފާނު ކައިވެނި ބައްލަވައި ގަތުމަށް މިޞްރުން އަންހެން ކުއްޖަކު އެކަލޭގެފާނުގެ މައިކަނބަލުން ހޮއްވެވިއެވެ. အခန်းကိုကြည့်ပါ။ |
އަދި އެކަލޭގެފާނުގެ ދަރިފަސްކޮޅު ދިރިއުޅެމުން ގެންދިޔައީ ޙަވީލާ އިން ފެށިގެން ޝޫރު އާއި ދެމެދުގައި ވީ ސަރަހައްދުތަކުގައެވެ. އެއީ އައްޝޫރުއަށް ދާން އޮންނަ މަގުން މިޞްރުގެ އިރުމަތީ ފަރާތުގައެވެ. އިސްމާޢީލްގެފާނާއި އާއިލާ ދިރިއުޅުއްވަމުން ގެންދެވީ އިބްރާހީމްގެފާނުގެ ދަރިފަސްކޮޅުގެ އެހެން މީހުންނާއި މުޅިން އެކަހެރި ކޮށެވެ.
އެއަށް ފަހު ރިފްޤާ އިސްޙާޤުގެފާނުގެ އަރިހަށް ވަޑައިގެން މިފަދައިން ޝަކުވާ އުފުލެއްވިއެވެ. ”މި ކަންޢާނުގެ ޙިއްޘީންގެ އަންހެންވެރިންނާއި މެދު އަހަރެން ނަފްރަތު ކުރަމު. އެ އަންހެނުންތަކާއެކު ދިރިއުޅުން އަހަރެންނަށް މުސީބާތަކަށް ވެއްޖެ. ޢީސޫ ފަދައިން މި ރަށުގައި ދިރިއުޅެމުންގެންދާ ޙިއްޘީންގެ އަންހެނަކާ ޔަޢުޤޫބު ކައިވެނިކޮށްގެން އުޅޭތަން ބެލުމަށް ވުރެން އަހަރެން މަރުވުން ވެސް މާރަނގަޅު.“