Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 21:20 - ކިތާބުލް މުޤައްދަސާ

20 އިސްމާޢީލްގެފާނު ބޮޑުފުޅުވަމުން އައި ހިނދު އެކަލޭގެފާނަށް މާތްކަލާނގެ ރަޙުމަތްލެއްވިއެވެ. އެކަލޭގެފާނަށް ވަނީ ދުނި ދަނޑި ޖެހުމުގެ ހުނަރުތައް ވެސް ލިބިވަޑައިގެންފައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 21:20
13 ပူးပေါင်းရင်းမြစ်များ  

މާތްރަސްކަލާނގެ އޭނާއަށް ޝިކާރަ ކުރުމުގެ ކުޅަދާނަކަން ދެއްވިއެވެ. އެގޮތުން މޮޅެތި ޝިކާރަވެރިންނަށް ނިސްބަތް ކުރުމުގައި މިފަދައިން މީހުން ބުނެއުޅެއެވެ. ”⁠ނިމްރޫދަށް މާތްރަސްކަލާނގެ ދެއްވިފަދަ ޝިކާރަކުރުމުގެ ކުޅަދާނަކަމެއް ދެއްވާފައިވޭ.⁠“


އިސްމާޢީލްއާ މެދު ތިބާ ބުނިބަސްތައް ތިމަންކަލާނގެ އަޑު އެއްސެވީމު. ތިމަންކަލާނގެ ރަޙުމަތް އޭނާއާ އެކުގައި ވާނެ. އަދި ގިނަ ދަރިންތަކެއް އޭނާއަށް ދެއްވައި ގިނަ ދަރިފަސްކޮޅެއް ދެއްވާނަން. ބާރަ ރަސްދަރިކަލުންގެ ބަފައެއް ކަމުގައި އޭނާ ލައްވާނަން. އަދި އޭނާގެ ދަރިފަސްކޮޅުން ފުރިހަމަ ވެގެންވާ ޤައުމެއް ގާއިމުވާނެ.


ދެ ދަރިކަލުން ބޮޑުވަމުން ދިޔައެވެ. އެ ދެ ދަރިކަލުން ތެރެއިން ޢީސޫ ޝިކާރަ ކުރުމުގެ ކުޅަދާނަ ބޭފުޅަކަށް ވިއެވެ. އަދި ހާމަކަންބޮޑު ދަނޑުތަކުގެ ތެރޭގައި އުޅުމަށް ލޯބި ކުރެއްވިއެވެ. ނަމަވެސް ޔަޢުޤޫބުގެފާނު ވީ ބަސްމަދު ބޭފުޅެއްގެ ގޮތުގައެވެ. އަދި އެކަލޭގެފާނު ގިނަ ވަގުތު ފޭލިގެކޮޅު ކައިރީގައި ހޭދަކުރެއްވުމަށް ލޯބި ކުރެއްވިއެވެ.


އެހެންވީމާ ދަރިފުޅު ދުނިދަނޑި ހިފައިގެން މައިދާނުގެ ތެރެއަށް ގޮސް ވަލު ޖަނަވާރެއް ޝިކާރަކޮށްގެން އާދޭ.


މީގެ އިތުރުން ތިމަންކަލާނގެ ތިބާއާއި އެކުގައި ވޮޑިގެންވެ، ތިބާ ކޮންމެ ތަނަކަށް ދިޔަކަމުގައިވިއަސް ތިމަންކަލާނގެ ތިބާ ރައްކާތެރި ކުރައްވާހުށީމު. ކޮންމެވެސް ދުވަހަކުން ސަލާމަތްތެރި ކަމާއިއެކުގައި ތިމަންކަލާނގެ ތިބާ މި ބިމަށް ގެންނަވާހުށީމު. އަދި ތިމަންކަލާނގެ ތިބާއަށް މި ވަޢުދުވެވޮޑިގެންނެވި ފަދައިން އަމަލުކުރެއްވުމާއި ހަމައަށް ތިމަންކަލާނގެ ތިބާ ދޫކޮށްނުލައްވާ ހުށީމު.⁠“


މާތްރަސްކަލާނގެ ޔޫސުފުގެފާނަށް އެހީތެރިވެ ވޮޑިގެންނެވިއެވެ. ވީމާ، ޖަލު ބެލެހެއްޓުމުގެ އިސްވެރިއަކަށް ހުރި މީހާގެ ހިތުގައި ޔޫސުފުގެފާނާއިމެދު ނުހަނު ހިތްހަމަޖެހުން އުފެދުނެވެ.


ދުވަސްތައް ވޭތިވެ ޔަޙުޔާގެފާނު ބޮޑުފުޅުވިއެވެ. މާތްރޫޙުފުޅު ޔަޙުޔާގެފާނަށް މާތްރަސްކަލާނގެ އާއިމެދު އުނގަންނައި ދެއްވިއެވެ. ޔަޙުޔާގެފާނު ބޮޑުފުޅު ވުމަށް ފަހު، އެކަހެރި މީހުން ނޫޅޭ ހިސާބަކަށް ވަޑައިގެން އެތަނުގައި ދިރިއުޅުއްވިއެވެ. ދެން އެތައް ދުވަހަކަށް ފަހު އެކަލޭގެފާނު އެތަނުން އެނބުރި ވަޑައިގެން ބަނީއިސްރާއީލުންގެ މީހުންގެ ތެރޭގައި ފާޅުގައި މާތްރަސްކަލާނގެ އާއި ބެހޭގޮތުން ވާހަކަފުޅު ދެއްކެވުމަށް ފެއްޓެވިއެވެ.


އެރަށުގައި އީސާގެފާނު ފުރިހަމަ ސިއްޙަތާއި އެކު ބޮޑުފުޅުވަމުން ދިޔައެވެ. އެކަލޭގެފާނީ ބުއްދިވެރި ޙިކުމަތްތެރި ހިތްހެޔޮ ކުއްޖަކު ކަމުގައި ވިއެވެ. އަދި މާތްރަސްކަލާނގެ ރުހުންފުޅާއި ރަޙުމަތް އެކަލޭގެފާނަށް ލިބިވޮޑިގެން ވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ