Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 21:2 - ކިތާބުލް މުޤައްދަސާ

2 އިބްރާހީމްގެފާނު ޢަޖޫޒު ޙާލަތުގައި ވީ ހިނދު ސާރާ އާލާސްވެ އިންނަވައި އިބްރާހީމްގެފާނަށް ފިރިހެން ދަރިކަލަކައިގެން ރައްކާވެވަޑައިގަތެވެ. މިހުރިހާ ކަމެއްމެ މާތްކަލާނގެ ވަޙީކުރެއްވި ވަގުތުގައި ހިންމަވައި ދެއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 21:2
12 ပူးပေါင်းရင်းမြစ်များ  

އެއާއިއެކު މާތްކަލާނގެ ވަޙީބަސްފުޅު އެކަލޭގެފާނަށް އިވިވަޑައިގަތެވެ. ”⁠ނޫން! ތިބާގެ އަންހެނުން، ސާރާއަށް ފިރިހެން ދަރިއަކު ލިބޭނެ. އެ ދަރިއަށް އިސްޙާޤުގެ ނަމުން ނަންދީ. ތިމަންކަލާނގެ މި ޢަހުދުނާމާ އެ ދަރިއާއި އެ ދަރީގެ ދަރިފަސްކޮޅާ އެކުގައި އަބަދަށް ދެމިގެންވާނެ. މި ޢަހުދުނާމާކީ އަބަދަށް ދެމިގެންދާނެ އެއްބަސްވުމެއް.


ތިމަންކަލާނގެއާ ތިބާއާ ދެމެދު ކުރެވޭ ޢަހުދުނާމާ ދަމަހައްޓާނީ މި އަންނަ އަހަރުގެ މިހާތަނުގައި ތިބާގެ އަންހެނުން، ސާރާއަށް ލިބޭ ދަރި އިސްޙާޤު.⁠“


އޭގެތެރެއިން އެއްބޭކަލަކު ބުނުއްވިއެވެ. ”⁠އަންނަ އަހަރު މިހާތާނގައި އަހަރެން އެނބުރި އަންނާނަން. އޭރުން ކަލޭގެފާނުގެ އަނބިކަނބަލުން ސާރާއަށް ފިރިހެން ދަރިކަލަކު ލިބިލައްވާނެ.⁠“ އެވަގުތު ސާރާ އިންނެވީ ފޭލިގޭގެ ދޮރުގެ ފުރަގަހުގައި މިދެކެވުނު ވާހަކަ އަޑު އިވޭފަށުގައެވެ.


ކަނބުލޭގެފާނުގެ ތިމާގެމީހެއް ކަމަށްވާ އެލިޒަބަތަކީ ދުވަހަކު ވެސް ކުއްޖަކު ނުލިބޭނެ މީހަކުކަމުގައި މީހުން ހީކުރި. ނަމަވެސް އެލިޒަބަތު ބަލިވެ އިނދެ މިހާރު މިއީ ހަމަސް. އޭނާ އާއި އޭނާގެ ފިރިމީހާ ޒަކަރިއްޔާ އަކީ އުމުރުން ދުވަސްވެ މުސްކުޅިވެފައިވާ މީހުން ކަމުގައި ވިޔަސް މާތްރަސްކަލާނގެ ރަޙުމަތްފުޅުން މިހާރު އެމީހުންނަށް ކުއްޖަކު ލިބެން އެވަނީ ކައިރިވެފަ.


މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް އެންގެވި. ’⁠ތިމަންކަލާނގެއާއި ކަލެއާއި ދެމެދު މި ކުރެވުނު ޢަހުދުނާމާ ހަނދާން ހުރިކަމާއި އަދި އެ ޢަހުދުނާމާގައި ކަލޭ އެއްބަސްވެފައިވާ ކަން ހާމަކުރުމަށްޓަކައި ކަލޭމެންގެ ހުރިހާ ފިރިހެންދަރިން ޚިތާނު ކުރަން ޖެހޭނޭ.⁠‘ އެހެން ކަމުން އިބްރާހީމްގެފާނު އެކަލޭގެފާނުގެ ދަރިކަލުން އިސްޙާޤުގެފާނުގެ އުމުރުފުޅުން އަށްވަނައަށް ވީ ދުވަހު އެދަރިކަލުން ޚިތާނު ކުރެއްވި. އަދި ފަހުން އިސްޙާޤުގެފާނު އެކަލޭގެފާނުގެ ދަރިކަލުން ޔަޢުޤޫބުގެފާނު ޚިތާނު ކުރެއްވި. އަދި ޔަޢުޤޫބުގެފާނު ވެސް އެކަލޭގެފާނުގެ ބާރަ ފިރިހެން ދަރިކަލުން ޚިތާނު ކުރެއްވި. މިއީ އަހަރެމެންގެ ދަރިކޮޅުގެ މަޝްހޫރު ބާރަ ކާބަފައިކަލުން.


ލިޔެވިގެންވެއެވެ. އިބްރާހީމްގެފާނަށް ދެ ދަރިކަލުން ލިބިވަޑައިގެންނެވިއެވެ. އޭގެން އެއްދަރިކަލެއްގެ މަންމައަކީ އެކަލޭގެފާނުގެ އަޅެކެވެ. އަދި އަނެއް ދަރިކަލުންގެ މަންމައަކީ މިނިވަނެކެވެ.


ސާރާގެފާނު އެހާ އަޖޫޒުވެ އިއްދައިން ކެނޑިފައިވީ ހިނދު ވެސް މާތްރަސްކަލާނގެ ވަޢުދު ކުރައްވާފައިވާ ގޮތަށް އެކަލާނގެ ކަންތައް ކުރައްވާނެ ކަމުގެ އީމާންތެރިކަން ދޫކޮށެއް ނުލައްވައެވެ. އެ އެކަމަނާއަށް ދަރިއަކު ލިބޭނެގޮތް މެދުވެރިވީ އެ ޔަޤީންކަން މަތީ އިންނަވަނިކޮށެވެ. އެއީވެސް އެކަމަނާގެ އީމާންތެރިކަމުގެ ނަތީޖާއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ