ފެށުން 21:19 - ކިތާބުލް މުޤައްދަސާ19 ދެން އެތަނުގައި ވީ ފެންވަޅެއް މާތްކަލާނގެ ހާޖަރަށް ދެއްކެވިއެވެ. އެ ހިނދު އެ ފެންވަޅުގެ ކައިރިއަށް ހާޖަރު ގޮސް އެކަނބުލޭގެ އަތުގައި އޮތް ހަން ފުރެންދެން ފެންއަޅައި އެދަރިފުޅަށް ފެންބޯންދީފިއެވެ. အခန်းကိုကြည့်ပါ။ |
ޝޫރަށް ދާ މަގުމަތީގައިވާ ސަހަރާގެ ތެރޭ، ފެންއާރެއްގެ ކައިރީ ހާޖަރު ހުއްޓާ މާތްރަސްކަލާނގެ މަލާއިކަތާ އޭނާ އާއި ބައްދަލު ކުރެއްވިއެވެ. އެ މަލާއިކަތާ ހާޖަރަށް ވިދާޅުވިއެވެ. ”ސާރާއީގެ އަޅު އަންހެނާ. ތިޔަ އަންނަނީ ކޮންތާކުންތަ؟ ތިޔަ ދަނީ ކޮންތާކަށްތަ؟“ ހާޖަރު ޖަވާބުގައި ދެންނެވިއެވެ. ”އަޅާ މި ދުވަނީ އަޅުގެ ސާހިބާ ސާރާއީ އާއި ދުރަށް ދިޔުމަށް.“