Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 21:14 - ކިތާބުލް މުޤައްދަސާ

14 އޭގެ އަނެއްދުވަހު ވަރަށް ހެނދުނުގެ ވަގުތެއްގައި ކެއިންބުއިމަށް ބޭނުންވާނޭ ތަކެއްޗާއި ޖަނަވާރުގެ ހަމުން ހަދާފައިވާ ހަމެއްގެފުރާ ފެންއެޅުމަށް ފަހު އިބްރާހީމްގެފާނު އެހަން ހާޖަރުގެ ކޮނޑަށް ލައްވައި ދެއްވިއެވެ. އެއަށް ފަހު އިސްމާޢީލްގެފާނާއި ދެމައިން އެގެއިން ފޮނުއްވާލެއްވިއެވެ. ދެން އެ ދެމައިން ވަކި މިޞްރާބެއްނެތި ބިއުރުސަބްޢައާ ކައިރީގައިވާ ސަހަރާތެރޭގައި ހިނގަމުން ދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 21:14
28 ပူးပေါင်းရင်းမြစ်များ  

ޝޫރަށް ދާ މަގުމަތީގައިވާ ސަހަރާގެ ތެރޭ، ފެންއާރެއްގެ ކައިރީ ހާޖަރު ހުއްޓާ މާތްރަސްކަލާނގެ މަލާއިކަތާ އޭނާ އާއި ބައްދަލު ކުރެއްވިއެވެ. އެ މަލާއިކަތާ ހާޖަރަށް ވިދާޅުވިއެވެ. ”⁠ސާރާއީގެ އަޅު އަންހެނާ. ތިޔަ އަންނަނީ ކޮންތާކުންތަ؟ ތިޔަ ދަނީ ކޮންތާކަށްތަ؟⁠“ ހާޖަރު ޖަވާބުގައި ދެންނެވިއެވެ. ”⁠އަޅާ މި ދުވަނީ އަޅުގެ ސާހިބާ ސާރާއީ އާއި ދުރަށް ދިޔުމަށް.⁠“


ހަމަ އެދުވަހުގެ ހެނދުނު އިބްރާހީމްގެފާނު ވެސް އެކަލޭގެފާނު މަތިވެރި މާތްރަސްކަލާނގެ އާއި މުޚާތަބު ކުރައްވައި ވާހަކަފުޅު ދެއްކެވި ތަނަށް އެނބުރި ވަޑައިގަތެވެ.


ނަމަވެސް ތިމަންކަލާނގެ އިސްމާޢީލްއަށް ވެސް ދަރިފަސްކޮޅެއް ދެއްވައި މަތިވެރި ޤައުމެއްގެ ގޮތުގައި ލައްވާނަން. އެއީ އޭނާއަކީ ވެސް ތިބާގެ ދަރިއެއް ކަމުގައިވާތީ.⁠“


އެންމެފަހުން ފެން ހަމުގައިވާ ހުރިހާ ފެނެއް ހުސްވުމުގެ ސަބަބުން ހާޖަރު އޭނާގެ ދަރިފުޅު ގަހެއްގެ ދަށުގައި ބާއްވައި ތަންކޮޅެއް ދުރުގައި އިށީނދެ ބަލަން އިނެވެ. އެ ހިނދު އޭނާގެ ހިތަށް އެރިއެވެ. ”⁠އަހަރެންގެ ދަރިފުޅު މަރުވެދާނެ. އަދި އެ ދަރިފުޅު މަރުވަމުން ދާތަން ދުށުމަށް އަހަރެންނަށް ކުޅަދާނައެއްނުވާނެ.⁠“ މިހެން ހިތަށް އަރައި އޭނާއަށް ރޮވެންފެށިއެވެ.


އެގޮތުން އެ ވަޅު ހުރިތަނަށް ބިއުރުސަބްޢައޭ ކިޔައި ނަން ދެވުނެވެ. އެއީ އެ ދެބޭކަލުންގެ މެދުގައި ވެވުނު މި މުޢާހަދާގެ އެއްބަސްވުން އެތަނުގައި ކުރެވުނީމައެވެ.


އިބްރާހީމްގެފާނު ސަރްމަދީ ގަހެއް ބިއުރުސަބްޢަގައި އިންދެވިއެވެ. އެއަށް ފަހު އެކަލޭގެފާނު އެތަނުގައި މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ކުރެއްވިއެވެ. އެކަލާނގެއީ ދާއިމަށް ދިރިދެމި ވޮޑިގެންވާ ރަސްކަލާނގެއެވެ.


އެއަށް ފަހު އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ދެބަފައިކަލުން އެކަލޭގެފާނުގެ ޚާދިމުން ތިބިތަނަށް އެނބުރި ވަޑައިގެންނެވިއެވެ. އަދި އެ ދެބަފައިކަލުންގެ އިތުރުން ޚާދިމުން ބިއުރުސަބްޢައަށް ވަޑައިގެންނެވުމަށް ފަހު އެތަނުގައި ދިރިއުޅުއްވަމުން ގެންދެވިއެވެ.


އެގޮތުން ޖެހިގެން އައި ދުވަހުގެ ވަރަށް ހެނދުނާ އިބްރާހީމްގެފާނު ތެދުވެ ވަޑައިގެން އެކަލޭގެފާނުގެ ހިމާރު ތައްޔާރު ކުރެއްވިއެވެ. އަދި އިސްޙާޤުގެފާނާއި އެކަލޭގެފާނުގެ ދެ ޚާދިމުން އެކަލޭގެފާނާއި އެކުގައި ގެންދެވިއެވެ. އަދި އަންދާލެވޭ ޤުރުބާނަކަށް ބޭނުންވާނޭ ދަރު ކަނޑުއްވައި އެކަލޭގެފާނަށް މާތްކަލާނގެ އެންގެވި ތަނަށް އެބައިމީހުންނާއެކު ވަޑައިގެންނެވިއެވެ.


އިބްރާހީމްގެފާނުގެ ޚާދިމާއި އޭނާއާ އެކުގައި ވީ މީސްތަކުން ކައިބޮއި ހެދުމަށް ފަހު އެރޭ އެގޭގައި ހޭދަކުރިއެވެ. އޭގެ އަނެއްދުވަހުގެ ހެނދުނު އެބައިމީހުންނަށް ނިދިން ހޭލެވުމާއިއެކު ރިފްޤާގެ މަންމައަށާއި ބޭބެއަށް ޚާދިމުކަލޭގެ ބުންޏެވެ. ”⁠މިހާރު އަހަރެން އެނބުރި އަހަރެންގެ ސާހިބާގެ އަރިހަށް ދިއުމަށް އެދެން.⁠“


އޭގެ އަނެއް ދުވަހުގެ ހެނދުނު އެރަސްގެފާނާއި އެކަލޭގެފާނާއި ދެމެދު ޢަހުދު ކުރައްވައި އެއްބޭކަލަކު އަނެއްބޭކަލަކަށް ސުލްޙައިގެ މުޢާހަދާ ކަށަވަރު ކުރެއްވިއެވެ. ދެން ސުލްޙަވެރި ކަން މަތީ އެބޭކަލުން އެރަށުން އެނބުރި ވަޑައިގެންފިއެވެ.


އެހެންވެ އިސްޙާޤުގެފާނު އެވަޅަށް ޝިބްޢާ ގެ ނަމުން ނަން ދެއްވިއެވެ. އަދި މިއަދާއި ހަމައަށް ވެސް އެ ވަޅު ހުރި އެވަށުގެ ނަމަކީ ބިއުރުސަބްޢަ އެވެ.


އެދުވަހުގެ ވަރަށް ހެނދުނާ ޔަޢުޤޫބުގެފާނު ތެދުވެ ވަޑައިގެންނެވިއެވެ. އެކަލޭގެފާނު އަވަހާރަފުޅު ލެއްޕެވުމަށް އެރޭ ބޯ އަޅުއްވައިގެން އޮންނެވި ހިލަ ހަނދާނީ ތަނބެއްގެ ގޮތުގައި އެތާނގައި ކޮޅަށް ޖެއްސެވިއެވެ. އެއަށް ފަހު މުޅި އެ ހިލައަށް ޒައިތޫނި ތެޔޮ އެޅުއްވިއެވެ.


އެހިސާބުގައި އެކަލޭގެފާނު ބޭބެމެން ނުފެނިގެން އުޅުއްވަނިކޮށް މީހަކާއި ދިމާވެ ވަޑައިގަތެވެ. އަދި އެމީހާ އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠ތިބާ ތިޔަ ހޯއްދަވަނީ ކޮންއެއްޗެއް؟⁠“


ޔަޢުޤޫބުގެފާނު (އިސްރާއީލުގެފާނު) އެކަލޭގެފާނުގެ އެންމެހާ މުދަލަކާއިގެން މިޞްރަށް ވަޑައިގަތުމަށް ދަތުރު ފެއްޓެވިއެވެ. ދަތުރުގެ މަގުމަތީގައި އެކަލޭގެފާނު ބިއުރުސަބްޢައަށް ވަޑައިގަންނަވައި އެކަލޭގެފާނުގެ ބަފައިކަލުން އިސްޙާޤުގެފާނުގެ މަތިވެރި ރަސްކަލާނގެ މާތްކަލާނގެ ކިބަފުޅަށް ޤުރުބާން ހުށަހެޅުއްވިއެވެ.


އިރު ނާރަނީސް މާ އަޑުގަދަކޮށް މީހަކު އައިސް ސަލާން ގޮވާލައިފިނަމަ އެއީ ބަދުކަމަކަށް ބަލާށެވެ.


ގެއިން ބޭރުގައި އުޅޭ މީހެކޭ ހާލިން ނުކުމެ އުޅޭ ދޫންޏެކޭ އެއްގޮތެވެ.


އަޅަކަށް ފުރިހަމަ އާއިލާގެ މެމްބަރަކަށް ނުވެވޭނެ. އެކަމަކު އެ އާއިލާއެއްގެ ފިރިހެން ދަރިއަކީ އަބަދުވެސް އެ އާއިލާގެ މީހެއް.


އެދުވަހު ވަރަށް ހެނދުނާ ޞަމޫއީލްގެފާނު ތެދުވެ ވަޑައިގެން ޝާއުލްގެފާނާ ބައްދަލު ކުރައްވަން ވަޑައިގެންނެވިއެވެ. މީހުން ދެންނެވިއެވެ. ”⁠ޝާއުލްގެފާނު ކަރްމަލް ކިޔާ ރަށެއްގައި އެކަލޭގެފާނުގެ ނަންފުޅަށް ނިސްބަތްވާ ހަނދާނީ ބިނާއެއް ހައްދަވައި މިހާރު ވަޑައިގެންވީ ޖިލްޖާލުގައި.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ