ފެށުން 20:9 - ކިތާބުލް މުޤައްދަސާ9 ދެން އަބީމާލިކުގެ ގާތަށް އިބްރާހީމްގެފާނު ގެންނަވައި ވިދާޅުވިއެވެ. ”ކަލޭގެފާނު ތިޔަ ކުރެއްވީ ކޮންފަދަ ކަމެއް؟! އަހަރެންގެ ރަސްކަމާއި އަދި މި ޤައުމުގެ މައްޗަށް މިފަދަ ބޮޑު މުސީބާތެއް ޖެހުމަށް ކަލޭގެފާނު ބޭނުންފުޅުވީ އަހަރެން ކަލޭގެފާނާމެދު ކޮންކަމެއް ކޮށްގެންކަން ބުނެދެއްވަ ބައްލަވާ؟ މިއީ އިންސާނުން ކުރާ ކަހަލަ ކަންތައްތޯ؟ အခန်းကိုကြည့်ပါ။ |
އަނެއްދުވަހުގެ ހެނދުނު ޔަޢުޤޫބުގެފާނަށް ހޭފުޅުލެއްވުނު ހިނދު އެކަލޭގެފާނުގެ އަރިހުގައި ލައިއަތު އޮންނެވިތަން ފެނިވަޑައިގަންނަވާ އެކަލޭގެފާނަށް އެއްދާން ކުރެއްވުނީ ލައިއަތު އާ އެކުގައިކަން އެނގިވަޑައިގެންނެވިއެވެ. އެ ހިނދު ޔަޢުޤޫބުގެފާނު ކޯފާވެ ލަބާންގެ ގާތަށް ވަޑައިގެން މިފަދައިން ވިދާޅުވިއެވެ. ”މިއީ ކޮންފަދަ މަކަރުވެރި ކަމެއް؟ ރާޙީލްގެ ކައިވެންޏަށްޓަކައި ހަތް އަހަރު ދުވަހު ތިބާއަށް އަހަރެން މަސައްކަތް ކޮށްދިނީމު. މިފަދަ ހިންތާއެއް ހެދުމުގެ ބޭނުމަކީ ކޮބާ؟“
އެވަގުތަކީ ޔަޢުޤޫބުގެފާނުގެ ހުރިހާ ފިރިހެން ދަރިން ވެސް މައިދާނުން އެނބުރި ގެއަށް އައި ވަގުތު ވެސްމެއެވެ. އަދި އެކުދިންގެ އަންހެންކޮއްކޮގެ ޢިއްފަތްތެރިކަން ފޭރިގަތުގެ ޚަބަރު ލިބުނު ހިނދު އެމީހުން ދިޔައީ ރުޅިއައިސް ރަންކަނިބުރައި ގެންނެވެ. އެއީ ޢިއްފަތްތެރިކަން ފޭރިގަތުމަށް ވުރެން ވަކިން ބޮޑު ބަދުނާމެއް ލިބޭނޭ އެހެން ކަމެއް ނެތީމައެވެ. އަދި ޝަކީމްގެ މި ޢަމަލަކީ އިސްރާއީލީންގެ ތެރޭގައި ކުރެވި ދިޔަ އެންމެ ނުބައި އެއް އަމަލު ވެސް މެއެވެ.
ގާތްގަނޑަކަށް އޭގެ ތިން މަސް ދުވަސް ފަހުން ޔަހޫޛާގެ ޅީދަރިފުޅު ކޮންމެވެސް ފިރިހެނަކާއެކު ބަދުއަޚުލާގީ ޢަމަލެއް ހިންގައި ޒިނޭކުރުމުން ބަލިވެއިން ޚަބަރު މީހެއްގެފަރާތުން ޔަހޫޛާއަށް ލިބުނެވެ. އެ ހިނދު ޔަހޫޛާ އަޑުލައި މިފަދައިން އަމުރުކުރިއެވެ. ”އޭނާ ދަމައި ގެނެސް އަވަށުން ބޭރުގައި ދިރިހުއްޓާ އަންދާލާ!“
އަހަރެންނަށް ވުރެން ވަކިން އިސްފަރާތެއް މި ގަނޑުވަރުގައި އަހަރެންގެ ސާހިބާއަށް ނުވޭމެ. އޭނާ ހަމައެކަނި އަހަރެންނަށް ދީފައިނުވަނީ ކަނބުލޭގެ. ސަބަބަކީ ކަނބުލޭގެއަކީ އޭނާގެ އަނބިމީހާ. ވީއިރު، ތިޔަފަދަ ވަޙުޝީ ނުބައި ކަމެއް ކުރެވޭނީ ކިހިނަކުން؟ ތިޔަފަދަ އަމަލުތަކަކީ މާތްކަލާނގެ ކިބަފުޅަށް އުރެދި ކުރެވޭ ފާފައެއް ވެސްމެ.“