Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 20:7 - ކިތާބުލް މުޤައްދަސާ

7 އޭނާގެ ފިރިމީހާގެ ގާތަށް ހަމަ މިހާރު އޭނާ ފޮނުވާލަ. އޭނާގެ ފިރިމީހާއަކީ ރަސޫލެއް. ކަލޭ މަރުން ސަލާމަތްވާނީ އޭނާގެ ދުޢާއިން. ކަލޭ އޭނާގެ އަންހެނުން އަނބުރާ ނުފޮނުވައިފިނަމަ ކަލެއާއި ކަލޭގެ ޤައުމުގެ ހުރިހާ އެންމެން ނެތިފަނާވެދާނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 20:7
42 ပူးပေါင်းရင်းမြစ်များ  

މިޞްރުގެ ރަސްގެފާނުގެ ވަޒީރުން ވެސް ސާރާއީގެ ރީތިކަން ފެނި އެރަސްގެފާނުގެ އަރިހުގައި އެކަމަނާގެ ރީތިކަމަށް ތައުރީފުކުރިއެވެ. ރަސްގެފާނަށް މިޚަބަރު ލިބިވަޑައިގަތުމުން ސާރާއީ އެރަސްގެފާނުގެ އަނބިކަނބަލަކަށް ހެއްދެވުމަށް ގަނޑުވަރަށް ގެންދަވައިފިވެ.


ސާރާއީ އާއި ދޭތެރޭ މިޞްރުގެ ރަސްގެފާނު ކަންތައް ކުރެއްވި ގޮތުގެ ސަބަބުން މާތްރަސްކަލާނގެ މިޞްރުގެ ރަސްގެފާނަށާއި ގަނޑުވަރުގެ އެންމެންގެ މައްޗަށް އެތައް ނުރައްކާތެރި ބަލިތަކެއް ފޮނުއްވައިފިއެވެ.


ނަމަވެސް ހެވާއި ނުބައި ވަކިކުރުމުގެ ޙިކުމަތް އެކުލެވިގެންވާ ގަހުގެ މޭވާ ކައިގެން ނުވާނެ! އެއީ އެގަހުގެ މޭވާ ތިބާ ކައިފިނަމަ ހަމަ ޔަޤީނުން ވެސް ތިބާ މަރުވާނެ!⁠“


ނަމަވެސް އެއްރެއަކު ހުވަފެނެއްގައި މާތްކަލާނގެ އަބީމާލިކަށް ވަޙީކުރެއްވިއެވެ. ”⁠ކަލޭގެ ގާތަށް ތިޔަ ގެނައި އަންހެނާއަކީ މީހެއްގެ އަނތްބެއް. ކަލޭގެ ތިޔަ އަމަލުގެ ސަބަބުން ކަލޭ މަރުވެދާނެ.⁠“


އޭގެ އަނެއް ދުވަހު ހެނދުނު އަބީމާލިކު އޭނާގެ އެންމެހާ ވަޒީރުން ދަރުބާރަށް ގެންނަވާ މި ފެނުނު ހުވަފެނުގެ ވާހަކަތައް ކިޔައިދިނެވެ. މިވާހަކަތައް އެހުމަށް ފަހު އެބައިމީހުން ވަރަށް ބޮޑަށް ބިރުގަތެވެ.


”⁠ކަލޭގެފާނީ އަހަރެމެންގެ ތެރޭގައިވާ އަމީރެއް ފަދަ މަތިވެރި ބޭކަލެއް. މި ރަށުގެ އެންމެ ރަނގަޅު ހިސާބެއް ބައްލަވައި ކަލޭގެފާނުގެ އަނބިކަނބަލުން ފަސްދާނު ލައްވާ. ހަމައެހެންމެ މި ރަށުގެ މީހުން ވަޅުލާ ކޮންމެ ތަނެއްގައި ކަލޭގެފާނުގެ އަނބިކަނބަލުން ފަސްދާނު ލެއްވުމުގެ ހުއްދަ ކަލޭގެފާނަށް ލިބިގެންވޭ. އަދި ކަލޭގެފާނުގެ އަނބިކަނބަލުން ފަސްދާނުލެއްވުން މަނާ ކުރާނޭ މީހަކު އަހަރެމެންގެ ތެރެއަކުން ނާންނާނެ.⁠“


އެވަގުތު ދާއޫދުގެފާނަށް ފުރާނަ ހިއްޕަވާ މަލާއިކަތާ ފެނިވަޑައިގެންފިއެވެ. ދާއޫދުގެފާނު މާތްރަސްކަލާނގެއަށް ދެންނެވިއެވެ. ”⁠ކުށްކުރީ މި އަޅާ! އެމީހުން ކުރީ މިއަޅާ އެމީހުންނަށް އެންގި ކަމެއް. އެ ފަކީރުން ކުރީ ކޮންކަމެއްތޯ؟ އެކަމުގެ ސަޒާ މިއަޅާއަށާއި މިއަޅާގެ ބައްޕަގެ އާއިލާއަށް ދެއްވާ!⁠“


”⁠ތިޔައީ އަދި ރަނގަޅު ގޮތެއް ނޫން.⁠“ މޫސާގެފާނުގެ ބަފާކަލޭގެ ދެންނެވިއެވެ.


ހާރޫނު އެމީހުންގެ ކުރިމަތީ ހުންނާނީ ކަލޭގެ ތަރުޖަމާނެއްގެ ގޮތުގައި. ކަލޭ ހުންނާނީ ތިމަންކަލާނގެ އޭނާ ގާތު ބުނަންވާ ވާހަކަތައް ބުނެދޭ އިލާހެއް ފަދައިން.


މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠އަހަރެން ފިރުޢައުނުގެ ކުރިމަތީގައި ކަލެއަކީ އިލާހު ކަމުގައި ހަދާނަން. އަދި ކަލޭގެ ބޭބެ ހާރޫނަކީ ކަލޭގެ ފޮނުވާ ނަބިއްޔާ ކަމަށް ހަދާނަން.


ސައިމަން ބުންޏެވެ. ”⁠ތިޔަ ބުނި ފަދަ ދެރަ ނުބައިކަންތައް އަހަރެންނާ ދޭތެރޭ ނުވުމަށް އެދި ތިޔައިގެ ދެމީހުން އަހަރެންނަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ކޮށް ދީ.⁠“


އިހުޒަމާނުގައި އަހަރެމެންގެ ކާބަފައިންނަށް މާތްރަސްކަލާނގެ ބަސްފުޅު ވަޙީ ކުރައްވާފައި ވަނީ އެކަލާނގެ ރަސޫލުން މެދުވެރި ކުރައްވައެވެ. މި ގޮތަށް އެތައް ފަހަރަކު އެތައް ގޮތަކަށް އެކަލާނގެ ބަސްފުޅު ވަޙީ ކުރެއްވިއެވެ.


ކައިވެންޏަށް އެންމެން ވެސް އިޙްތިރާމް ކުރަންވާނެއެވެ. އަބަދުވެސް ބައިވެރިޔާއަށް ވަފާތެރި ވާންވާނެވެ. އެހެނީ ކައިވެނީގައި ބޭވަފާތެރިވާ މީހުންނާއި ވަހުޝީ މީހުންނަށް މާތްރަސްކަލާނގެ ޢަޒާބު ދެއްވާނެއެވެ.


އީމާންކަން މަތީ ހުރި މީހަކު މަރުވެ ނުދާ ފަދަ ފާފައެއް ކުރާތަން ފެނިއްޖެނަމަ އޭނާއަށްޓަކައި ތިޔަބައިމީހުން ދުޢާކުރާށެވެ. އޭރުން އެކަލާނގެ އެމީހަކަށް ދިރިހުރުން ދެއްވާނެއެވެ. އެކަމަކު އެއީ މީހާ މަރުވެ ނެތިދާފަދަ ފާފައެއް ކުރާ މީހެއް ނަމަ އެފަދަ ފާފަތަކުގެ އަދަބުން ސަލާމަތްކުރެއްވުން އެދި ދުޢާ ދަންނަވާށެއެކޭ އަހަރެންނެއް ނުބުނަމެވެ.


ދެން އެމީހުން ޞަމޫއީލްގެފާނަށް ދެންނެވިއެވެ. ”⁠އަޅުގަނޑުމެންގެ މައްޗަށް ރަސްކަލަކު އިސްކޮށް އަޅުގަނޑުމެން މިކުރި ފާފައިގެ ސަބަބުން އަޅުގަނޑުމެންނަށް މުސީބާތެއް ނުފޮނުއްވުން އެދި ކަލޭގެފާނުގެ އިލާހު، މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާ ދަންނަވައި ދެއްވާ.⁠“


އަހަރެން ކަލޭމެންނަށްޓަކައި ހެޔޮދުޢާ ކުރުން ހުއްޓާލައިފި ނަމަ އަހަންނަށް ވެސް އެކުރެވެނީ ބޮޑު ފާފައެއް. އެހެންކަމުން އަހަރެން ދުނިޔޭގައި ލެއްވިހައި ދުވަހަކު ކަލޭމެންނަށް ހެޔޮ ގޮތްތައް މެދުވެރި ކުރެއްވުން އެދި ދުޢާ ދަންނަވާނަން. އަދި ކަލޭމެންނަށް ހެޔޮނުބައި ވަކިކޮށް އަންގައި ދޭނަން.


ދެން ޞަމޫއީލް ބަނީއިސްރާއީލުގެ ހުރިހާ އެންމެންނަށް އެންގެވިއެވެ. ”⁠ކަލޭމެން އެންމެން މިޞްފާތަށް އެއްވޭ. އަހަރެން ކަލޭމެންނަށްޓަކައި ދުޢާ ދަންނަވާނަން.⁠“


އެމީހުން ޞަމޫއީލް ގާތުން އެދުނެވެ. ”⁠އަހަރެމެންނަށްޓަކައި މާތްރަސްކަލާނގެ ޙަޟްރަތުގައި ދުޢާ ދެންނެވުން ހުއްޓާ ނުލާ ކުރިޔަށް ގެންދަވާ. އޭރުން އެކަލާނގެ ފިލިސްޠީނުގެ މީހުން ކިބައިން އަހަރެމެން ރައްކާތެރި ކޮށް ދެއްވާފާނެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ