ފެށުން 20:6 - ކިތާބުލް މުޤައްދަސާ6 އެއަށް ފަހު ހުވަފެނުގައި މާތްކަލާނގެ ވަޙީކުރެއްވި. ”ކަލޭގެ ކުށެއް ނެތްކަން ތިމަންކަލާނގެ ދެނެވޮޑިގެންވަމު. ކަލޭ އޭނާއާ އެކު އެއްދާން ކުރުމުގެ ކުރިން ކަލޭ އެ ފާފައިން ތިމަންކަލާނގެ މި ދުރުކުރެއްވީ އެހެންވެ. အခန်းကိုကြည့်ပါ။ |
އެއަށް ފަހު ޔަޢުޤޫބުގެފާނާއި އެކަލޭގެފާނުގެ ދަރިންގެ އިތުރުން އެކަލޭގެފާނާއި އެކުގައި ވީ ހުރިހާ އެންމެން ބައިތުއީލްއަށް ދިއުމަށް އެރަށުން ފުރިއެވެ. އެބައިމީހުންގެ ދަތުރުގައި މާތްކަލާނގެ އެބައިމީހުންނަށް ރައްކާތެރިކަން ދެއްވިއެވެ. އެއާއެކު ކައިރީގައި ވީ ކަންޢާނުގެ އަވަށްތަކުގެ މީހުންގެ މައްޗަށް މާތްރަސްކަލާނގެ ބިރުވެރިކަން މެދުވެރިކުރެއްވިއެވެ. އެހެންކަމުން، އެއްވެސް ފަރާތަކުން އެބައިމީހުންނަށް ޙަމަލައެއް ނާދެއެވެ.
އަހަރެންނަށް ވުރެން ވަކިން އިސްފަރާތެއް މި ގަނޑުވަރުގައި އަހަރެންގެ ސާހިބާއަށް ނުވޭމެ. އޭނާ ހަމައެކަނި އަހަރެންނަށް ދީފައިނުވަނީ ކަނބުލޭގެ. ސަބަބަކީ ކަނބުލޭގެއަކީ އޭނާގެ އަނބިމީހާ. ވީއިރު، ތިޔަފަދަ ވަޙުޝީ ނުބައި ކަމެއް ކުރެވޭނީ ކިހިނަކުން؟ ތިޔަފަދަ އަމަލުތަކަކީ މާތްކަލާނގެ ކިބަފުޅަށް އުރެދި ކުރެވޭ ފާފައެއް ވެސްމެ.“