Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 20:5 - ކިތާބުލް މުޤައްދަސާ

5 އިބްރާހީމްގެފާނުގެ ދޫފުޅުން ވިދާޅުވި އެކަމަނާއަކީ އެކަލޭގެފާނުގެ ކޮއްކޮ ކަމުގައި. އަދި އެބަސްފުޅާ ސާރާ ވެސް އެއްބަސްވެލެއްވި. އެކަލޭގެފާނަކީ އެ ކަމަނާގެ ބޭބެ ކަމުގައި ބުނުއްވި. އަޅާއަށް ކުރެވުނު ކަމެއް ކުރެވުނީ ހެޔޮ ނިޔަތެއްގައި.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 20:5
21 ပူးပေါင်းရင်းမြစ်များ  

ތިބާ އެމީހުން ގާތު ތިބާ ތިޔައީ މަގޭ ކޮއްކޮއޭ ބުނޭ. އޭރުން ތިބާގެ ސަބަބުން އެމީހުން އަހަރެންނަށް ހެޔޮކޮށްހިތާނެ. އަދި އޭރުން އަހަރެންގެ ފުރާނަ ވެސް ސަލާމަތްވާނެ.⁠“


އަހަރެންގެ ބައްޕަގެ ރަށް ދޫކޮށް އެއްތަނުން އަނެއްތަނަށް ދަތުރުކޮށް ދިއުމަށް މާތްކަލާނގެ ވަޙީކުރެއްވި ހިނދު އަހަރެން އޭނާ ގާތު ބުނިން: ’⁠އަހަރެންނާ އެކުގައި ތިބާ ދާ ކޮންމެ ތަނެއްގައި ވެސް ތިބާއަކީ އަހަރެންގެ ކޮއްކޮ ކަމުގައި ބުނާށޭ.⁠‘⁠“


އަބީމާލިކު ސާރާއަށް ވިދާޅުވިއެވެ. ”⁠އަހަރެން ކަމަނާގެ ބޭބެ އިބްރާހީމްއަށް އެއްހާސް ރިހި ރުފިޔާ ވެދުންކޮށްފިން. އެއީ ކަމަނާގެ އެއްވެސް ކުށެއް ނެތްކަން އެންމެހާ މީސްތަކުންނަށް ހާމަކޮށް ދިނުމަށް އަހަރެން އެދޭތީ.⁠“


ރަނގަޅު މީހާއަށް ތެދުވެރިކަން މަގުދައްކާނެއެވެ. ދޮގުވެރިޔާ ބެދޭނީ އޭނާގެ ކެހިވެރިކަމުގެ މަޅީގައެވެ.


ތެދުވެރިޔާ ހިނގާނީ ހެޔޮމަގުންނެވެ. އެފަދަ މީހުން ނަމޫނާއަކަށް ބަލާ ދަރިންނަށް ބަރަކާތް ހުއްޓެވެ.


އަހަރެމެން ތިޔަބައިމީހުންނާއި އެކުގައި ވީހިނދު، އަހަރެމެން ވޭތުކުރީ މާތް، ތެދުވެރި، އަދި ބަދުނާމެއް ނެތް ޙަޔާތެކެވެ. މިއީ ތެދު ބުނުމެއް ކަމުގައި ތިޔަބައިމީހުން ހެކިވާނެއެވެ. އަދި ހަމައެހެންމެ، މާތްރަސްކަލާނގެ ދެނެވޮޑިގެންވާނެއެވެ.


އަހަރެން އެކަލޭގެފާނުގެ އަބުރުފުޅަށް ކުފުރުބަސް ބުނީމެވެ. އެކަލޭގެފާނަށް އީމާންވީ ފަރާތްތައް ޝިކާރަކޮށް އަހަރެންނަށް ކުރެވެންހުރި ހުރިހާ އަނިޔާއެއް ކުރީމެވެ. އެހެނަސް މާތްރަސްކަލާނގެ ރަޙުމަތް އަހަރެންނާއެކު ވޮޑިގެންވި ސަބަބަކީ އެ ހުރިހާ ކަމެއް އަހަރެންނަށް ކުރެވުނީ ޖާހިލު ކަމާއި އީމާންތެރިކަމެއް ނެތް ޙާލުގައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ