Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 20:2 - ކިތާބުލް މުޤައްދަސާ

2 އަދި އިބްރާހީމްގެފާނުގެ އަނބިކަނބަލުން ސާރާ އަކީ އެކަލޭގެފާނުގެ ކޮއްކޮ ކަމުގައި އެރަށުގެ މީހުންނަށް ވިދާޅުވިއެވެ. އެހެންވެ، އެރަށުގެ ރަސްގެފާނު، އަބީމާލިކު އޭނާގެ ގަނޑުވަރަށް ސާރާ ގެންދެވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 20:2
17 ပူးပေါင်းရင်းမြစ်များ  

މިޞްރުގެ ރަސްގެފާނުގެ ވަޒީރުން ވެސް ސާރާއީގެ ރީތިކަން ފެނި އެރަސްގެފާނުގެ އަރިހުގައި އެކަމަނާގެ ރީތިކަމަށް ތައުރީފުކުރިއެވެ. ރަސްގެފާނަށް މިޚަބަރު ލިބިވަޑައިގަތުމުން ސާރާއީ އެރަސްގެފާނުގެ އަނބިކަނބަލަކަށް ހެއްދެވުމަށް ގަނޑުވަރަށް ގެންދަވައިފިވެ.


އޭނާއަކީ އަހަރެންގެ ކޮއްކޮއެއް ކަމުގައި ބުނި ބުނުމަކީ ވެސް މުޅިއަކުން ދޮގެއް ނޫން. އެހެނީ އޭނާއަކީ އަހަރެންގެ ބައްޕަގެ ދަރިއެއް. އަހަރެންގެ މަންމަގެ ދަރިއެއް ނޫން. އޭނާއާ އަހަރެން ކައިވެނި ކުރީން.


އެދުވަސްވަރު އަބީމާލިކު ރަސްގެފާނު އޭނާގެ ސިފައިންގެ ވެރިޔާ ފީކޫލްއާއި އެކުގައި އިބްރާހީމްގެފާނުގެ އަރިހަށް ވަޑައިގަންނަވައި އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠ކަލޭގެފާނު ކުރައްވަމުން ގެންދަވާ ކޮންމެ ކަމަކަށް މާތްކަލާނގެ ބަރަކާތް ލައްވަވާ.


މި ދުވަސްވަރު އިބްރާހީމްގެފާނުގެ ޒަމާނުގައި ކުރިމަތިވިފަދަ ތަދުމަޑުކަމެއް މުޅި ރަށަށް ކުރިމަތިވެފައި ވުމުން ފިލިސްޠީނު ރަސްގެފާނު އަބީމާލިކުގެ އަރިހަށް ޖަރާރަށް އިސްޙާޤުގެފާނު ވަޑައިގެންނެވިއެވެ.


އެންމެފަހުން އަބީމާލިކު އިސްޙާޤުގެފާނަށް ވިދާޅުވިއެވެ. ”⁠އަހަރެމެންގެ ތެރޭގައި ނުހުންނަވައި ކަލޭގެފާނު ވަޑައިގަންނަވާ. ކަލޭގެފާނު މިހާރު އަހަރެމެންނަށް ވުރެން މާ ބާރުގަދަ ވެއްޖެ.⁠“


އަދި ރިފްޤާގެ ރީތިކަމާއި ޅަނދޮޅު ކަމުގެ ސަބަބުން އެބައިމީހުންގެ ތެރެއިން މީހަކު ރިފްޤާގެ ބޭނުމުގައި އެކަލޭގެފާނު އަވަހާރަ ކޮށްލައިފާނޭ ކަމުގެ ބިރުފުޅަށްޓަކައި އެކަމަނާ އަކީ އެކަލޭގެފާނުގެ ކޮއްކޮ ކަމުގައި އެންމެހާ ރައްޔިތުންގެ ގާތު ވިދާޅުވިއެވެ.


ހެޔޮ މީހާ ހަތްފަހަރު ވެއްޓިދާނެއެވެ. އެކަމަކު އޭނާ އަދިވެސް ތެދުވާނެއެވެ. ނުބައިމީހާ އެންމެ ކަމެއް ދިމާވާއިރަށް ބަލިވެގެން ވެއްޓިދާނެއެވެ.


މީހުން ދެކެ ބިރުގަތުމަކީ ނުރައްކާތެރި ދަންތުރައެކެވެ. މާތްރަސްކަލާނގެ ކިބަފުޅަށް ވަކީލު ކުރުމުން އަމާން ކަން ލިބެއެވެ.


މީހެއްގެ އަނތްބަކާއެކު އުޅުމަކީ އެފަދަ ކަމެކެވެ. އެމީހަކަށް އެކަމުގެ ޢުޤޫބާތް ލިބޭނެއެވެ.


އަހަރެމެން ހުރިހާ އެންމެންނަކީ އެއްހަށިގަނޑެއްގެ ވެރި ބައެކެވެ. އެހެންވެ ތިޔަބައިމީހުން ދޮގުހެދުން ހުއްޓާލައި އެކަކު އަނެކަކަށް ތެދުބުނާށެވެ.


އެކަކު އަނެކަކަށް ދޮގު ނަހަދާށެވެ. އެހެނީ ތިބައިމީހުންގެ ފާފަވެރި ތަބީޢަތުގައި ހުރި ހުރިހާ ނޭދެވޭ ކަންތަކެއް މިހާރު ތިޔަބައި މީހުން ވަނީ ކަނޑައި އެއްލާލާފައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ