Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 20:16 - ކިތާބުލް މުޤައްދަސާ

16 އަބީމާލިކު ސާރާއަށް ވިދާޅުވިއެވެ. ”⁠އަހަރެން ކަމަނާގެ ބޭބެ އިބްރާހީމްއަށް އެއްހާސް ރިހި ރުފިޔާ ވެދުންކޮށްފިން. އެއީ ކަމަނާގެ އެއްވެސް ކުށެއް ނެތްކަން އެންމެހާ މީސްތަކުންނަށް ހާމަކޮށް ދިނުމަށް އަހަރެން އެދޭތީ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 20:16
11 ပူးပေါင်းရင်းမြစ်များ  

އަބީމާލިކު އިބްރާހީމްގެފާނުގެ އަނބިކަބަލުން ސާރާ ގެންދެވުމުގެ ސަބަބުން އެރަސްގެފާނުގެ ގަނޑުވަރުގައިވާ އެންމެހައި އަންހެނުން ދަރިމައި ނުވާނެފަދައިން މާތްކަލާނގެ ވަނީ ލައްވަވާފައެވެ. ދެން އިބްރާހީމްގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް ދުޢާކުރެއްވުމުން އަބީމާލިކުއާއި އޭނާގެ އަނބިމީހާގެ އިތުރުން އޭނާގެ އެންމެހައި ޖާރިޔާއިންނަށް ޝިފާލިބި، ދަރިން ލިބޭނެ ފަދައިން ވިއެވެ.


އިބްރާހީމްގެފާނުގެ ދޫފުޅުން ވިދާޅުވި އެކަމަނާއަކީ އެކަލޭގެފާނުގެ ކޮއްކޮ ކަމުގައި. އަދި އެބަސްފުޅާ ސާރާ ވެސް އެއްބަސްވެލެއްވި. އެކަލޭގެފާނަކީ އެ ކަމަނާގެ ބޭބެ ކަމުގައި ބުނުއްވި. އަޅާއަށް ކުރެވުނު ކަމެއް ކުރެވުނީ ހެޔޮ ނިޔަތެއްގައި.⁠“


އަދި ޚާދިމުކަލޭގެ ކައިރިން މިފަދައިން އެހިއެވެ. ”⁠އެ ދަނޑުބިންތަކުގެ ތެރެއިން ހިނގާފައި އަހަރެމެންނާއި ދިމާއަށް އެއަންނަނީ ކާކު؟⁠“ ޚާދިމުކަލޭގެ މިފަދައިން ޖަވާބު ދިނެވެ. ”⁠އެއީ އަހަރެންގެ ސާހިބާ.⁠“ އެ ހިނދު ރިފްޤާ އޭނާގެ ކޮޑުމަތީގައިވާ ބުރުގާއިން މޫނު ނިވާކުރިއެވެ.


އެގޮތުން އެ ހުރިހާ އެންމެންނަށް އަބީމާލިކު މިފަދައިން އަމުރު ކުރެއްވިއެވެ. ”⁠މި ކަލޭގެފާނާއި އަދި އެކަލޭގެފާނުގެ އަނބިކަމަނާއަށް ގޯނާއެއް ކޮށްފި ކޮންމެ މީހަކުމެ ޤަތުލު ކުރާނަން.⁠“


އުނގެނިގަތުމަށް ލޯބިވާމީހާ ތަރުބިއްޔަތުކުރުން ބަލައިގަންނާނެއެވެ. ފާޑު ކިއުންތަކަށް ފުރަގަސް ދިނުމަކީ މޮޔަކަމެކެވެ.


ތެދުވެރި ފާޑުކިޔުން އަޑުއަހާ މީހާ ރަނުގެ ކަންފަތު މުއްޖެއް ފަދައެވެ. ނުވަތަ އެނޫން ވެސް ރަނުގެ ގަހަނާއެއް ފަދައެވެ.


ހަރުއަޑުން އަޑުލުން، ފާޅު ނުކުރާ ލޯތްބަކަށް ވުރެން ރަނގަޅެވެ.


އޮޑީގެ ކައްޕިތާނަށް މިކަން އެނގުމުން އެކަލޭގެފާނަށް ގޮވައި ހޭފުޅު ލައްވައިފިއެވެ. މިވަރުވެގެން ދާއިރު ވެސް ކަލޭ ތިއޮންނަނީ ނިދާފައިތަ؟ ކައްޕިތާނު ރުޅިއައިސްގެން ބުންޏެވެ. ”⁠ތެދުވެ ކަލޭގެ ކަލާނގެއަށް ވެސް ދަންނަވާބަލަ މި މުސީބާތުން އަހަރެމެން މިންޖު ކޮށްދެއްވާތޯ.⁠“


އަހަރެން އިސްލާޙުކޮށް ތަރުބިއްޔަތު ކުރާނީ އަހަރެން ލޯބިވާ ހުރިހާ އެންމެން. އެހެންވީމާ އިޚުލާސްތެރިވެ ތިބޭ. އަދި ފާފަ ކުރުމުން އެއްކިބާވެ ތައުބާވޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ