Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 20:14 - ކިތާބުލް މުޤައްދަސާ

14-15 އެއަށް ފަހު އަބީމާލިކުގެ ގާތަށް ސާރާ ގެންނަވައި އިބްރާހީމްގެފާނަށް އެކަމަނާ އަނބުރާ ދެއްވައިފިއެވެ. އަދި ގިނަ ޢަދަދެއްގެ ކަންބަޅި ބަކަރިތަކާއި ގޮންގަނޑުގެރީގެ އިތުރުން އަޅުންގެ ގޮތުގައި އަންހެނުންނާއި ފިރިހެނުން އިބްރާހީމްގެފާނަށް ދެއްވިއެވެ. އަބީމާލިކު އަދިވެސް އިބްރާހީމްގެފާނަށް ދެންނެވިއެވެ. ”⁠އަހަރެންގެ ރަސްކަންހިނގާ ކޮންމެ ސަރަހައްދެއްގައި ކަލޭގެފާނު ބޭނުން ތަނެއްގައި ވަޒަންވެރިވޭ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 20:14
7 ပူးပေါင်းရင်းမြစ်များ  

ސާރާއީގެ ސަބަބުން މިޞްރުގެ ރަސްގެފާނު އަބްރާމަށް ވަރަށް ހެޔޮކޮށް ހިއްތެވިއެވެ. އެރަސްގެފާނު އަބްރާމަށް ވަރަށް ގިނަ ގެރި އާއި ކަންބަޅި އަދި ހިމާރާއި ޖަމަލުގެ އެތައް ބައިވަރެއް ދެއްވިއެވެ. އަދި އަބްރާމްއަށް އެތައް ފިރިހެން އަޅުންނާއި އަންހެން އަޅުންނެއް އެރަސްގެފާނު ދެއްވިއެވެ.


އިބްރާހީމްގެފާނު ވިދާޅުވިއެވެ. ”⁠އެއީ މިރަށުގައި މާތްކަލާނގެ ކިބަފުޅަށް ބިރުވެތިވާ އެއްވެސް މީހަކު ނުވާނެ ކަމުގައި އަހަންނަށް ކުރެވުނު ހީއެއްގެ ސަބަބުން. އަދި މިރަށުގެ މީހުން އަހަރެން މަރާލުމަށް ފަހު އަހަރެންގެ އަނބިމީހާ އަތުލައިގެންފާނެ ކަމަށްހީކޮށް.


އަދި އިބްރާހީމްގެފާނުގެ އަނބިކަނބަލުން ސާރާ އަކީ އެކަލޭގެފާނުގެ ކޮއްކޮ ކަމުގައި އެރަށުގެ މީހުންނަށް ވިދާޅުވިއެވެ. އެހެންވެ، އެރަށުގެ ރަސްގެފާނު، އަބީމާލިކު އޭނާގެ ގަނޑުވަރަށް ސާރާ ގެންދެވިއެވެ.


އޭނާގެ ފިރިމީހާގެ ގާތަށް ހަމަ މިހާރު އޭނާ ފޮނުވާލަ. އޭނާގެ ފިރިމީހާއަކީ ރަސޫލެއް. ކަލޭ މަރުން ސަލާމަތްވާނީ އޭނާގެ ދުޢާއިން. ކަލޭ އޭނާގެ އަންހެނުން އަނބުރާ ނުފޮނުވައިފިނަމަ ކަލެއާއި ކަލޭގެ ޤައުމުގެ ހުރިހާ އެންމެން ނެތިފަނާވެދާނެ.⁠“


އެދުވަސްވަރު އަބީމާލިކު ރަސްގެފާނު އޭނާގެ ސިފައިންގެ ވެރިޔާ ފީކޫލްއާއި އެކުގައި އިބްރާހީމްގެފާނުގެ އަރިހަށް ވަޑައިގަންނަވައި އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠ކަލޭގެފާނު ކުރައްވަމުން ގެންދަވާ ކޮންމެ ކަމަކަށް މާތްކަލާނގެ ބަރަކާތް ލައްވަވާ.


ނަމަވެސް މިސާލަކަށް މި ނޯކަރު ހިތަށްއަރާފާނެ. ’⁠އަހަރެންގެ ވެރިމީހާ ދިޔައީ ވަރަށް ދިގުދަތުރެއް ގައޭ. އޭނާ އަވަހަކަށް ނަންނާނެއޭ.⁠‘ ދެން އޭނާ އެހެން ނޯކަރުންގެ ގައިގައި ތަޅާ އަނިޔާކޮށް އަދި ކެއުމާއި ރާބޮއި އަމަލުވުމުގައި ދުވަސްތައް ވޭތިކޮށްފި.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ