Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 20:11 - ކިތާބުލް މުޤައްދަސާ

11 އިބްރާހީމްގެފާނު ވިދާޅުވިއެވެ. ”⁠އެއީ މިރަށުގައި މާތްކަލާނގެ ކިބަފުޅަށް ބިރުވެތިވާ އެއްވެސް މީހަކު ނުވާނެ ކަމުގައި އަހަންނަށް ކުރެވުނު ހީއެއްގެ ސަބަބުން. އަދި މިރަށުގެ މީހުން އަހަރެން މަރާލުމަށް ފަހު އަހަރެންގެ އަނބިމީހާ އަތުލައިގެންފާނެ ކަމަށްހީކޮށް.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 20:11
16 ပူးပေါင်းရင်းမြစ်များ  

މިޞްރުގެ މީހުންނަށް ތިބާގެ ރީތިކަން ފެނުމުން ބުނާނެ. ’⁠މިއީ މިމީހާގެ އަންހެނުން.⁠‘ ދެން އެމީހުން ތިބާ ގެންގޮސްފާ އަހަރެން މަރާލާފާނެ.


ކަލޭގެފާނު އަހަރެމެންނަށް މިފަދަ ކަމެއް ތިޔަ ޖެއްސެވި ސަބަބަކީ ކޮބައިތޯ؟⁠“


އޭނާއަކީ އަހަރެންގެ ކޮއްކޮއެއް ކަމުގައި ބުނި ބުނުމަކީ ވެސް މުޅިއަކުން ދޮގެއް ނޫން. އެހެނީ އޭނާއަކީ އަހަރެންގެ ބައްޕަގެ ދަރިއެއް. އަހަރެންގެ މަންމަގެ ދަރިއެއް ނޫން. އޭނާއާ އަހަރެން ކައިވެނި ކުރީން.


އެ ހިނދު މަލާއިކަތާ އެންގެވިއެވެ. ”⁠އެއް ވެސް ޙާލަތެއްގައި ތިޔަ ދަރިކަލުންނަށް އެއްވެސް ގެއްލުމެއް ނުދެއްވާތި! މިހާރު ކަލޭގެފާނު މާތްކަލާނގެ ކިބަފުޅަށް ތެދު ނިޔަތުގައި ކިޔަމަންތެރިވެ ވަޑައިގަންނަވާކަން ދެނެހުރީމު. ތިއީ ކަލޭގެފާނަށް ވަޢުދު ކުރެވުނު ދަރިކަލުން. މާތްކަލާނގެ ކިބަފުޅަށް އެ ދަރިކަލުން ޤުރުބާނުގެ ގޮތުގައި ހުށަހެޅުއްވުމަށް ކަލޭގެފާނު ފަސްޖެހިވެވަޑައެއް ނުގެންނެވި.⁠“


އަދި ރިފްޤާގެ ރީތިކަމާއި ޅަނދޮޅު ކަމުގެ ސަބަބުން އެބައިމީހުންގެ ތެރެއިން މީހަކު ރިފްޤާގެ ބޭނުމުގައި އެކަލޭގެފާނު އަވަހާރަ ކޮށްލައިފާނޭ ކަމުގެ ބިރުފުޅަށްޓަކައި އެކަމަނާ އަކީ އެކަލޭގެފާނުގެ ކޮއްކޮ ކަމުގައި އެންމެހާ ރައްޔިތުންގެ ގާތު ވިދާޅުވިއެވެ.


ތިންވަނައަށް ވީ ދުވަހު ޔޫސުފުގެފާނު އެބައިމީހުންނަށް މިފަދައިން ވިދާޅުވިއެވެ. ”⁠އަހަރެން މާތްކަލާނގެ ކިބަފުޅަށް ބިރުވެތިވަމު. އަހަރެން މިބުނާ ޝަރުތާ އެއްގޮތަށް ކަލޭމެން އަމަލުކޮށްފިނަމަ ކަލޭމެންނަށް ދިރިހުރުން ލިބިދޭނެ.


އިލްމު އުނގެނިގަތުމަށް ފުރަތަމަ ބިރުވެތިވާންވީ މާތްރަސްކަލާނގެ ކިބަފުޅަށެވެ. ބުއްދިވެރި ބަސްތަކާއި ހެޔޮ ނަސޭހަތާ ދެކޮޅުހަދާނީ މޮޔައެކެވެ.


ފާފައިން އަފޫވާނީ އިޚުލާސްތެރި ކަމާއެކު އެކަލާނގެ ދެކެ ލޯބިވުމުންނެވެ. ވަހުޝީ އަމަލުތަކުން ސަލާމަތްވާނީ އެކަލާނގެ ދެކެ ބިރުވެތި ވުމުންނެވެ.


އޭރުން މާތްރަސްކަލާނގެ ކިބަފުޅަށް ބިރުވެތިވުމަކީ ކޮބައިކަން މަޢުރިފާކޮށް ދެނެގަންނަން އެނގޭނެއެވެ. އޭރުން މާތްކަލާނގެ އިލްމުން އިލްމު ދަސްވާނެއެވެ.


މާތްރަސްކަލާނގެއަށް ކަލޭމެން ބިރުވެތިވާނަމަ ކަލޭމެން ނުބައި ނުލަފާކަމާ ދުރުހެލިވާށެވެ. އަހަރެން ބޮޑާކަމާއި ކިބުރުވެރިކަމާއި ދޮގުވެރިކަމާއި ގޯސްކަންތައް ދެކެ ނަފްރަތު ކުރަމެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ