Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 2:8 - ކިތާބުލް މުޤައްދަސާ

8 މަތިވެރިރަސްކަލާނގެ އިރުމަތީގައި ޢަދަނޭ ކިޔާ ރަށެއްގައި ބަގީޗާއެއް ހެއްދެވިއެވެ. އަދި އެކަލާނގެ ހެއްދެވި އިންސާނާ އެބަގީޗާގެ ތެރޭގައި ލެއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 2:8
12 ပူးပေါင်းရင်းမြစ်များ  

ވަށައިގެންވާ ހުރިހާ ތަނަކަށް ލޫޠުގެފާނު ބެއްލެވުމަށް ފަހު އުރުދުންގެ ވާދީގައިވާ، ފެންލިބެން އޮތްތަނެއް ފެނިވަޑައިގަތެވެ. މާތްރަސްކަލާނގެ، ޢަދަންގައި ހެއްދެއްވި ބަގީޗާއާއި މިޞްރުގައިވާ ފެހިގަސްތައް ފަދައިންވި އުރުދުން އިން ޞޫޣަރު އާއި ހަމައަށް އޮތް މި ވާދީ ޚިޔާރު ކުރެއްވުމަށް ފަހު އެތަނަށް ވަޑައިގަތުމަށް އެކަލޭގެފާނު ދަތުރު ފެއްޓެވިއެވެ. މި ހިސާބުން އަބްރާމް އާއި ލޫޠުގެފާނު ވަކިވެވަޑައިގަތެވެ. މިކަން މި ގޮތަށް ދިމާވީ މާތްރަސްކަލާނގެ ސަދޫމާއި ޢަމޫރަތު ނެތިކުރެއްވުމުގެ ކުރީގައެވެ.


ދެން ޢަދަންގެ ބަގީޗާއިން މަތިވެރިރަސްކަލާނގެ އެމީހުން ބޭރުކޮށްލައްވައިފިއެވެ. އެބިމަކުން އާދަމްގެފާނު އުފެއްދެވި ބިމަށް ބުރަމަސައްކަތުން ކާބޯތަކެތި ހައްދައިގެން ކައިއުޅުމަށް ފޮނުއްވާލައްވައިފިއެވެ.


އެއަށް ފަހު ދާއިމީ ޙަޔާތުގެ ގަހުގެ ކައިރިއަށް ދެވެން އޮންނަ މަގު ބަންދު ކުރެއްވުމަށް ޢަދަންގެ އިރުމަތީ ފަރާތުގެ ބޭރުގައި މަތިވެރިރަސްކަލާނގެ ހުރަހެއް ލެއްވިއެވެ. މިހުރަހަކީ ކަރޫބީމު މަލާއިކަތުންގެ ވަފުދަކާއި، އަދި ދެކޮޅަށް ހޫރިހޫރި ހުންނަ އަލިފާނުގެ ކަނޑިއެކެވެ.


ދެން ޤާޔީން މާތްރަސްކަލާނގެ ކިބަފުޅާ ދުރަށް ގޮސް ޢަދަންގެ އިރުމަތީ ފަރާތުގައިވާ ނޫދުއޭ ކިޔުނު ސަރަހައްދުގައި ދިރިއުޅެން ފަށައިފިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ