7 މަތިވެރިރަސްކަލާނގެ ބިމުގެ ހިރަފުހުން އިންސާނާ އުފެއްދެވިއެވެ. އަދި އެ އިންސާނާގެ ނޭފަތުގެ ތެރެއަށް ދިރުމުގެ ނޭވާފުޅެއް ލެއްވިއެވެ. އެވަގުތު އިންސާނާއަށް ދިރުން ލިބުނެވެ.
ދެން މާތްކަލާނގެ އެކަލާނގެ އަމިއްލަ ސޫރަފުޅުގައި އިންސާނާ ހެއްދެވިއެވެ. މާތްކަލާނގެ އިންސާނާ ހެއްދެވީ އެކަލާނގެއާ އެއްވައްތަރަށެވެ. އިންސާނާ އުފައްދަވާފައި ވަނީ ފިރިހެނަކާ އަންހެނެއްގެ ގޮތުގައެވެ.
ނަމަވެސް ބިމުން ފެންއާރުތައް އުފެދިގެން އައެވެ. މިފެނުން މުޅި ދުނިޔޭގެ ބިމަށް ފެން ލިބުނެވެ.
ކަލޭ އެނބުރި ކައްވަޅަށް ދިއުމަށް ދާނދެން ކަލޭ ކާއެއްޗެހި ހޯދަންޖެހޭނީ ކަލޭގެ ނިތްކުރިން ދާހިއްލައިގެން. އެންމެފަހުން ދެން ކަލޭ ވާނީ ހިރަފުހަށް. އެއީ ކަލޭ އުފެއްދުނީ ވެސް ހިރަފުހުން ކަމަށް ވާތީ.“
ދެން ޢަދަންގެ ބަގީޗާއިން މަތިވެރިރަސްކަލާނގެ އެމީހުން ބޭރުކޮށްލައްވައިފިއެވެ. އެބިމަކުން އާދަމްގެފާނު އުފެއްދެވި ބިމަށް ބުރަމަސައްކަތުން ކާބޯތަކެތި ހައްދައިގެން ކައިއުޅުމަށް ފޮނުއްވާލައްވައިފިއެވެ.
އަދި ދުނިޔޭގައި ލެއްވި ދިރުންހުރި ހުރިހާ އެއްޗެއް މަރުވީއެވެ.
މާތްރަސްކަލާނގެ މީހާގެ ރޫޙުގެ ފުންމިނަށް އަލިކޮށް ބައްލަވާ ވޮޑިގަންނަވައެވެ. އޭނާގެ ޒަމީރުގައި ފޮރުވިފައިވާ އެއްޗެއް އެކަލާނގެއަށް ފާޅުވެ ފެންނަން ހުރެއެވެ.
މިހެން ވިދާޅުވުމަށް ފަހު އެކަލޭގެފާނު އެމީހުންގަޔަށް ފުމެލައްވާފައި ވިދާޅުވިއެވެ. ”މާތްރަސްކަލާނގެ މާތްރޫޙުފުޅު ލިބިގަނޭ.
އެކަލާނގެ އެއްވެސް ފަރާތަކަށް އަދި އެއްވެސް މީހެއްގެ އެހީއަކަށް ބޭނުންވެ ވޮޑިގެނެއް ނުވޭ. އެއީ ހުރިހާ އެންމެންނަށް ދިރުމާއި ނޭވާއާއި އަދި ވެސް ބޭނުންވާ ހުރިހާ އެއްޗެއް ދެއްވަނީ އެކަލާނގެއޭ.
ސަބަބަކީ ޙައްވާގެފާނު އުފެއްދެވީ އާދަމްގެފާނަށް ވުރެން ފަހުން ކަމަށް ވެފައި ޝައިތާނާގެ މަކަރު ދަށުވެ މާތްރަސްކަލާނގެއަށް އުރެދުނީ އާދަމްގެފާނެއް ނޫނެވެ. އަންހެނާ އެވެ. މިކަމުގެ ނަތީޖާއަށް ފާފަވެރިކަންވެގެން ދިޔައެވެ.
އަހަރެމެންގެ އިންސާނީ ބައްޕަ އަހަރެމެންނަށް އަދަބު ދެއްވުމުން ވެސް އަހަރެމެން ކުރަނީ އިޙުތިރާމެވެ. ވީއިރު އަހަރެމެންގެ ރޫހާނީ ބައްޕައަށް މާބޮޑަށް ވެސް ބޯލަނބައި ދާއިމީ ދިރިއުޅުމެއް ލިބި ނުގަންނަންވީ ކީއްވެހެއްޔެވެ؟