ފެށުން 2:4 - ކިތާބުލް މުޤައްދަސާ4-5 މިއީ އުޑުތަކާއި ދުނިޔެ އުފެއްދެވި ގޮތުގެ ވާހަކައެވެ. މަތިވެރި ރަސްކަލާނގެ، އެކަލާނގެ ދުނިޔެއާއި އުޑުތައް އުފެއްދެވިއިރު ގޮވާން އަޅާ ގަސްތަކެއް ހުރި ދަނޑެއް، ނުވަތަ ދަނޑެއްގައި ހައްދާ ކަހަލަ ގަސްތަކެއް ވެސް އަދި ދުނިޔޭގެ ތަނަކު ނުވެއެވެ. މަތިވެރިރަސްކަލާނގެ އޭރަކު ދުނިޔެއަށް ވިއްސާރައެއް ވެސް ނުފޮނުއްވައެވެ. އަދި ދުނިޔޭގެ ބިމަކު ދަނޑެއް އެއްޗެއް ހައްދާނެ އިންސާނަކު ވެސް ނުމެނެތް މެއެވެ. အခန်းကိုကြည့်ပါ။ |
މިއީ ޢީސޫގެ ދަރިފަސްކޮޅު ފެށިގެން އައިގޮތެވެ. އޭނާއަކީ އަދޫމީންގެ ކާބަފައިކަލުންނެވެ. އެބައިމީހުން ދިރިއުޅެމުން ގެންދިޔައީ ފަރުބަދަމަތީ ރަށެއް ކަމުގައިވާ ސަޢީރުގައެވެ. ޢީސޫގެ ތިން އަނބިން ވިއެވެ. އެއީ ޢަދަތު، ބަސްމަތު އަދި އަހޫލީބާމަތުއެވެ. ތިރީގައިމިވަނީ އޭނާގެ ދަރިފަސްކޮޅު ފެށިގެން އައި ގޮތުގެ ވާހަކަތަކެވެ. ޢީސޫ އާއި ޢަދަތުއަށް ލިބުނު ފިރިހެން ދަރިއަކީ އަލީފާޒު އެވެ. އަދި އަލީފާޒަށް ލިބުނު ދަރިންނަކީ ތީމާން، އޫމާރު، ޞަފްވާ، ޖަޢްޘާމް އަދި ޤަނާޒު އެވެ. އަދި ޢީސޫގެ ދަރި އަލީފާޒުގެ ތިމްނާޢު އޭކިޔުނު ޖާރިޔާއަކު ވިއެވެ. މި ޖާރިޔާގެ ފަރާތުން އަލިފާޒަށް ލިބުނު ފިރިހެންދަރިއަކީ ޢަމާލިޤު އެވެ. ޢީސޫ އާއި ބަސްމަތަށް ލިބިފައިވާ ފިރިހެން ދަރިފުޅުގެ ނަމަކީ ރަޢޫއީލް އެވެ. އަދި މި ރަޢޫއީލްއަށް ލިބުނު ދަރިންނަކީ ނަޙަޘު، ޒާރަޙު، ޝައްމަތު އަދި މިއްޒަތު އެވެ. ޢީސޫ އާއި އަހޫލީބާމާއަށް ތިން ފިރިހެން ދަރިން ލިބިފައި ވިއެވެ. އެ ދަރިންނަކީ ޔަޢޫޝް، ޔަޢްލާމް އަދި ޤޫރަޙު އެވެ.
މި ސިޓީ އަކީ އޭޝިޔާ ސަރަހައްދުގައި ތިބި މަސީޙީ ޖަމާޢަތުގެ ހަތް ޖަމާޢަތަށް ޔޫޙަންނާގެ ފަރާތުން ލިޔެ ފޮނުވާ ސިޓީއެކެވެ. މިހިނދުގައިމެ ވޮޑިގެންވާ، މާޒީގައި ވޮޑިގެންވި، އަދި މުސްތަޤްބަލުގައި ވެސް އަބަދަށްމެ ވޮޑިގެންވާނެ މާތްރަސްކަލާނގެ ކިބަފުޅުންނާއި، އަދި އެކަލާނގެ ތަޚުތުކޮޅުގެ ކުރިމަތީގައިވާ ހަތް ރޫހުފުޅުގެ ފަރާތްޕުޅުންނާއި، ވަފާތެރި ހެކިވެރިޔާ އަދި ޚަލްޤުތަކުންގެ ތެރެއިން އަވަހާރަވެ ވަޑައިގެންނެވުމަށް ފަހު އެންމެ ފުރަތަމަ އަލުން ދިރިދުނިޔެއަށް ވަޑައިގެންނެވި ފަރާތް ކަމަށްވާ މިދުނިޔޭގެ ހުރިހާ ރަސްރަސްކަލުންގެ ވެރިޔާ އީސާ އަލްމަސީޙުގެ ފަރާތްޕުޅުން ތިޔަބައިމީހުންނަށް ނިޢުމަތާއި ސުލްހަވެރިކަން ރައްދުކުރަމެވެ. އެކަލޭގެފާނު އަހަރެމެން ދެކެ ވާލޯބިފުޅުގެ ސަބަބުން އަހަރެމެންނަށްޓަކައި ޤުރުބާން ކުރެވި އަވާހަރަވެ ވަޑައިގެންނެވީ އެކަލޭގެފާނުގެ ލޭފޮދުން އަހަރެމެން ފާފަވެރިކަމުން މިނިވަން ކޮށްދެއްވުމަށެވެ.