Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 2:3 - ކިތާބުލް މުޤައްދަސާ

3 އެކަލާނގެ ހަތްވަނަ ދުވަހަށް ރަޙުމަތްލައްވައި އެދުވަހަކީ މާތްދުވަހެއް ކަމުގައި ލެއްވިއެވެ. ސަބަބަކީ އެދުވަހަކީ އެކަލާނގެ އުފެއްދެވި އެންމެހާ އުފެއްދެވުންތައް ފުރިހަމަ ކުރައްވައި ނިންމަވާލެއްވުން ފާހަގަކުރައްވާ ދުވަސް ކަމުގައި ވީމައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 2:3
22 ပူးပေါင်းရင်းမြစ်များ  

ދެން މާތްކަލާނގެ އެކަލާނގެ ހެއްދެވި ހުރިހާ ތަކެއްޗަކަށް ބައްލަވައި ވޮޑިގަތެވެ. ނިކަން ދެކެބަލާށެވެ! އެތަކެތި ވަރަށް ވެސް ފުރިހަމައެވެ! ރޭވެފައި އަލިވެއްޖެއެވެ. އެއީ ހަވަނަ ދުވަހެވެ.


ހަތްވަނަ ދުވަސް އައިއިރު މާތްކަލާނގެ އެކަލާނގެ ކުރެއްވި މަސައްކަތްޕުޅު ވަނީ މުޅީން ނިންމަވާލައްވާފައެވެ.


މިއީ އުޑުތަކާއި ދުނިޔެ އުފެއްދެވި ގޮތުގެ ވާހަކައެވެ. މަތިވެރި ރަސްކަލާނގެ، އެކަލާނގެ ދުނިޔެއާއި އުޑުތައް އުފެއްދެވިއިރު ގޮވާން އަޅާ ގަސްތަކެއް ހުރި ދަނޑެއް، ނުވަތަ ދަނޑެއްގައި ހައްދާ ކަހަލަ ގަސްތަކެއް ވެސް އަދި ދުނިޔޭގެ ތަނަކު ނުވެއެވެ. މަތިވެރިރަސްކަލާނގެ އޭރަކު ދުނިޔެއަށް ވިއްސާރައެއް ވެސް ނުފޮނުއްވައެވެ. އަދި ދުނިޔޭގެ ބިމަކު ދަނޑެއް އެއްޗެއް ހައްދާނެ އިންސާނަކު ވެސް ނުމެނެތް މެއެވެ.


ހަފުތާއެއްގެ ތެރޭގައި މަސައްކަތް ކުރާނެ ހަ ދުވަސް ކަލޭމެންނަށް އޮންނާނެ. ހަތްވަނަ ދުވަހު މަސައްކަތް ހުއްޓާލައިގެން ތިބޭ. އޭރުން ކަލޭމެންގެ ގެރިތަކާއި ހިމާރުތަކަށް އަރާމު ކުރާނެ ވަގުތެއް ލިބޭނެ. އަދި ކަލޭމެންގެ އަޅުންނާއި ބީރައްޓެހިންނަށް ވެސް އަރާމު ކުރެވޭނެ.


ކަލޭމެން މަސައްކަތް ކުރަން ހަފްތާއަކު ހަދުވަސް އޮންނާނެ. ހަތްވަނަ ދުވަހަކީ ގޮވާން އިންދަން ފަށާ ދުވަސް ވިޔަސް ނުވަތަ ގޮވާން ކަނޑާ ދުވަސް ވިޔަސް އެދުވަހު މަސައްކަތެއް ކޮށްގެން ނުވާނެ.


މާތްރަސްކަލާނގެ ތިމާއަށް ދެއްވާ މުދަލުން ފުދެން ވާނެއެވެ. ތިމާ އިތުރަކަށް ކަންބޮޑުވާކަށް ނުޖެހެއެވެ.


އަދި އީސާގެފާނު މިފަދައިން ވާހަކަފުޅު ފުރިހަމަ ކުރެއްވިއެވެ. ”⁠ސަބަތު ވަނީ އިންސާނުންނަށްޓަކައި. އިންސާނުން ވަނީ ސަބަތަށްޓަކައެއް ނޫން.


ދެން މިބައިމީހުން އެނބުރި ގެއަށް ގޮސް އީސާގެފާނުގެ ހަށިކޮޅަށް ކަފުން ކުރުމަށްޓަކައި އެޅުމަށް ބޭނުންވާނޭ މީރުވަސް ދުވާ ތަކެތި ތައްޔާރު ކުރިއެވެ. ނަމަވެސް ބަނީއިސްރާއީލުގެ ދީނުގެ ޙުކުމުގައި ވާ ފަދައިން ސަބަތުގެ ދުވަހުގައި މިބައިމީހުން ވެސް އެއްވެސް މަސައްކަތެއް ނުކޮށް ތިއްބެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ