24 ފިރިހެނާ އޭނާގެ މައިންބަފައިން ދޫކޮށް ގޮސް އަންހެނާއާއެކު އެއް ހަށިގަނޑެއްގެ ގޮތުގައި ގުޅި އެކަތިގަނޑެއްގެ ގޮތުގައި އުޅެނީ މިހެންވެއެވެ.
ލާމިކު ކައިވެނިކުރީ ދެ އަންހެނުންނާއެވެ. އެކަކުގެ ނަމަކީ ޢާދަތު އެވެ. އަނެކަކުގެ ނަމަކީ ޞިއްލަތު އެވެ.
ހެޔޮ އަނތްބަކީ ފިރިމީހާއަށް ލިބޭ ޖަވާހިރެއް ފަދަ އަގުހުރި އެއްޗެކެވެ. ލަދުކުޑަ އަންހެނާއަކީ ފިރިމީހާގެ ކައްޓަށް ޖެހޭ ކެންސަރެއް ފަދަ އެއްޗެކެވެ.
އެ އަންހެނާއަކީ ޅައުމުރުގައި ކައިވެނިކުރި ފިރިމީހާއަށް ކެހިދީ މާތްކަލާނގެ ކިބަޔަށް ކުރި ޢަހުދު އުވާލި މީހާއެވެ.
ތެދުވެރި ކެރޭ އަންހެނަކު ލިބުނީ ކާކަށް ހެއްޔެވެ؟ އެއަންހެނާ އަކީ ރަންމުތަކަށް ވުރެން އަގުހުރި އެއްޗެކެވެ.
ބަރުނައްބާސް އަށް މާތްރަސްކަލާނގެ އެމީހުންނަށް ނިޢުމަތް ދެއްވާފައިވާ މިންވަރު ފެނުމުން އެކަމާ ނުހަނު އުފާވިއެވެ. އަދި އޭނާ އެމީހުންގެ ކިބައިން އެދުނީ އަބަދުވެސް ހިތުގެ އަޑިން އީސާގެފާނަށް އީމާންވެ އެ ގޮތުގައި ހަރުދަނާވެ ދެމި ތިބުމަށޭ.
އެހެންވީމާ، ޅަޒުވާން ހުވަފަތް އަންހެން ކުދިން އިތުރު ކައިވެންޏެއް ކުރުމަށް އަހަރެން ނަސޭހަތްތެރި ވަމެވެ. އަދި ދަރިން ހޯދާށެވެ. އަދި ގެވެހިކަމުގެ ޒިންމާ އަދާކުރުމެވެ. މިފަދައިން ކަންތައް ކޮށްފި ކަމުގައިވާނަމަ މަސީޙީންނާއި ދެކޮޅަށް ހަތުރުންނަށް އެއްޗެއް ބުނުމުގެ ކުޅަދާނަ ކަމެއް ނުލިބޭނެއެވެ.
ދާއޫދު ވަނީ ޔަޒްރަޢީލުގެ އަޚީނޫޢަމް ވެސް އިނދެގެން ނެވެ. މިހާރު އަބީ ޖާއިލްއަކީ ވެސް އޭނާގެ އަނތްބެކެވެ.