20 މިގޮތުގެމަތިން އިންސާނާ ދުނިޔޭގައި ވާހާ ޖަނަވާރަކަށާއި ދޫނިސޫފާސޫތްޕަކަށް ނަންދިނެވެ. ނަމަވެސް އެހުރިހާ އެއްޗެއްގެ ތެރެއަކުން ވެސް އިންސާނާއާއި ގުޅޭނެކަހަލަ އެކުވެރި ބައިވެރިޔަކު ނުލިބުނެވެ.
މަތިވެރިރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”ފިރިހެނާ އެކަނިވެރި ވުމަކީ ރަނގަޅު ކަމެއް ނޫން. އޭނާ އާއި އެކަށޭނަ ބައިވެރިއަކު ތިމަންކަލާނގެ އުފައްދަވާނަން.“
ދެން މަތިވެރިރަސްކަލާނގެ އިންސާނާ ފުން ނިންޖަކުން ނިންދަވާލެއްވިއެވެ. އަދި އޭނާ ނިދީގެ ތެރޭގައި ވަނިކޮށް އޭނާގެ އަރިކަށިން ކަށިގަނޑެއް ނެންގެވުމަށް ފަހު އެތަނަށް މަސް ލައްވައި ބައްދަވާލެއްވިއެވެ.