Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 2:2 - ކިތާބުލް މުޤައްދަސާ

2 ހަތްވަނަ ދުވަސް އައިއިރު މާތްކަލާނގެ އެކަލާނގެ ކުރެއްވި މަސައްކަތްޕުޅު ވަނީ މުޅީން ނިންމަވާލައްވާފައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 2:2
11 ပူးပေါင်းရင်းမြစ်များ  

ދެން މާތްކަލާނގެ އެކަލާނގެ ހެއްދެވި ހުރިހާ ތަކެއްޗަކަށް ބައްލަވައި ވޮޑިގަތެވެ. ނިކަން ދެކެބަލާށެވެ! އެތަކެތި ވަރަށް ވެސް ފުރިހަމައެވެ! ރޭވެފައި އަލިވެއްޖެއެވެ. އެއީ ހަވަނަ ދުވަހެވެ.


އެކަލާނގެ ހަތްވަނަ ދުވަހަށް ރަޙުމަތްލައްވައި އެދުވަހަކީ މާތްދުވަހެއް ކަމުގައި ލެއްވިއެވެ. ސަބަބަކީ އެދުވަހަކީ އެކަލާނގެ އުފެއްދެވި އެންމެހާ އުފެއްދެވުންތައް ފުރިހަމަ ކުރައްވައި ނިންމަވާލެއްވުން ފާހަގަކުރައްވާ ދުވަސް ކަމުގައި ވީމައެވެ.


ހަފުތާއެއްގެ ތެރޭގައި މަސައްކަތް ކުރާނެ ހަ ދުވަސް ކަލޭމެންނަށް އޮންނާނެ. ހަތްވަނަ ދުވަހު މަސައްކަތް ހުއްޓާލައިގެން ތިބޭ. އޭރުން ކަލޭމެންގެ ގެރިތަކާއި ހިމާރުތަކަށް އަރާމު ކުރާނެ ވަގުތެއް ލިބޭނެ. އަދި ކަލޭމެންގެ އަޅުންނާއި ބީރައްޓެހިންނަށް ވެސް އަރާމު ކުރެވޭނެ.


މަސައްކަތް ކުރަން ކަލޭމެންނަށް ހަ ދުވަސް ލިބިފައިވާނެ. އެކަމަކު ހަތްވަނަ ދުވަސް ވާންވާނީ ސަބަތުގެ ދުވަހަށް. އެއީ ހުރިހާ މަސައްކަތެއް ހުއްޓާލައި އަރާމުކުރަން ތިބެންވާ ދުވަސް. އެއީ މާތްރަސްކަލާނގެއަށް ޚާއްސަ ވެގެންވާ މާތް ދުވަހެއް. އެކަކު ވެސް އެދުވަހު މަސައްކަތެއް ކޮށްފިއްޔާ މަރާލަން ޖެހޭނެ.


މިއީ އަހަރެންނާ އިސްރާއީލީންގެ މީހުންނާ ދެމެދު ވެވުނު އެއްބަސްވުމުގެ ދާއިމީ ރަމްޒެއް. އެހެނީ އަހަރެން އުޑާއި ބިން އުފެއްދީ ހަ ދުވަހުން. ހަތްވަނައަށް ވީ ދުވަހު އަހަރެން އެމަސައްކަތް ހުއްޓާލައި އަރާމު ކުރީ.⁠“


ނަމަވެސް އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠އަހަރެންގެ ބައްޕާފުޅު ވެސް މަސައްކަތް ކުރެއްވުން ހުއްޓައެއް ނުލައްވާ. އެހެންވީމާ އަހަރެން ވެސް މަސައްކަތް ހުއްޓައެއް ނުލާނަން.⁠“


އެދުވަހު މާތްރަސްކަލާނގެ މީހުން މަސައްކަތް ހުއްޓާލައި އަރާމުގެ މަންޒިލަށް ވަންނާނެއެވެ. އެއީ ހަތްވަނަ ދުވަހު މާތްކަލާނގެ ވެސް މަސައްކަތްޕުޅު ހުއްޓަވާލައްވައި އަރާމު ކުރެއްވި ފަދައިންނެވެ.


ފަތްފުށްތަކުގެ ކޮންމެވެސް ތަނެއްގައި ވެއެވެ. ހަތްވަނައަށްވީ ދުވަހު އެއްވެސް މަސައްކަތްޕުޅެއް ނުކުރައްވައި މާތްރަސްކަލާނގެ އަރާމު ކުރެއްވީއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ