Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 2:17 - ކިތާބުލް މުޤައްދަސާ

17 ނަމަވެސް ހެވާއި ނުބައި ވަކިކުރުމުގެ ޙިކުމަތް އެކުލެވިގެންވާ ގަހުގެ މޭވާ ކައިގެން ނުވާނެ! އެއީ އެގަހުގެ މޭވާ ތިބާ ކައިފިނަމަ ހަމަ ޔަޤީނުން ވެސް ތިބާ މަރުވާނެ!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 2:17
43 ပူးပေါင်းရင်းမြစ်များ  

މަތިވެރިރަސްކަލާނގެ އެބަގީޗާގެ ބިމުން އެތައް އެތައް ވައްތަރެއްގެ ގަސްގަހާގެއްސެއް ފެޅުއްވިއެވެ. ބަލަން ރީތި ކެއުމަށް ކަމުދާ ރަހަމީރު މޭވާ އަޅާ ގަސްތަކެވެ. ދާއިމީ ޙަޔާތުގެ ގަހާއި އަދި ހެވާއި ނުބައި ވަކިކުރުމުގެ އިލްމު ލިބިދޭ ގަސް ވެސް ވަނީ އެބަގީޗާގެ މެދުގައެވެ.


އޭނާގެ ފިރިމީހާގެ ގާތަށް ހަމަ މިހާރު އޭނާ ފޮނުވާލަ. އޭނާގެ ފިރިމީހާއަކީ ރަސޫލެއް. ކަލޭ މަރުން ސަލާމަތްވާނީ އޭނާގެ ދުޢާއިން. ކަލޭ އޭނާގެ އަންހެނުން އަނބުރާ ނުފޮނުވައިފިނަމަ ކަލެއާއި ކަލޭގެ ޤައުމުގެ ހުރިހާ އެންމެން ނެތިފަނާވެދާނެ.⁠“


މަތިވެރިރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ކަލޭ ތިޔަ ހުރީ އޮރިޔާމުންނޭ ކަލޭ ގާތު ބުނީ ކާކު؟ ތިމަންކަލާނގެ ކަލެއަށް ކެއުން މަނާ ކުރެއްވި ގަހުން ކަލޭ މޭވާ ކެއީތަ؟⁠“


ފިރިހެނާއަށް މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ކަލޭ ކަލޭގެ އަންހެނުންގެ ބަހަށް ތިމަންކަލާނގެ މަނާކުރައްވާފައިވާ ގަހުން މޭވާ ކައިފީމު. ކަލޭގެ ސަބަބުން މުޅި ދުނިޔޭގެ ބިމަށް ނުބަޔާއި ބަދުކަން އަތުވެއްޖެ. މީގެފަހުން ކަލޭގެ މުޅި ޙަޔާތުގައި ވެސް ކަލޭ ކައިބޮއި ހެދުމަށްޓަކައި ބުރަމަސައްކަތް ކުރަންޖެހޭނެ.


ކަލޭ އެނބުރި ކައްވަޅަށް ދިއުމަށް ދާނދެން ކަލޭ ކާއެއްޗެހި ހޯދަންޖެހޭނީ ކަލޭގެ ނިތްކުރިން ދާހިއްލައިގެން. އެންމެފަހުން ދެން ކަލޭ ވާނީ ހިރަފުހަށް. އެއީ ކަލޭ އުފެއްދުނީ ވެސް ހިރަފުހުން ކަމަށް ވާތީ.⁠“


ނަމަވެސް ރަނގަޅު މީހަކަށްވެ، އަދި މާތްރަސްކަލާނގެ ރަޙުމަތްފުޅު ހޯދުމަށްޓަކައި އަމުރުފުޅުތަކާއި ގަވާއިދުތަކެއްގެ މައްޗަށް ކަންތައްކުރާ މީހަކަށް މާތްރަސްކަލާނގެ ރުހިވޮޑިގަތުމެއް ނުލިބޭނެއެވެ. އެއީ ލިޔެވިގެން ވަނީ މިފަދައިންނެވެ. ”⁠ލިޔެވިގެންވަންޏާ ވާހައި ގަވާއިދަކަށް ކިޔަމަންނުވެވޭ ކޮންމެ މީހަކަށް މާތްރަސްކަލާނގެ ވަނީ ލަޢުނަތް ލައްވާފައެވެ.⁠“


އެއީ އެއަލިކަމުގައި އެންމެހާ ތަކެތި ފެނިދެނިވެއެވެ. އެގޮތުން މުޤައްދަސް ފަތްފުށްތަކުގައި މިފަދައިން ބަޔާންކުރައްވާފައި ވެއެވެ. ”⁠ނިދާފައިވާ އިންސާނާ ނިކަން ހޭލާށޭ! މަރުވެފައިވާ މީހުންގެ މެދުން ތެދުވޭ. އަދި އަލްމަސީޙުގެ ނޫރުފުޅުން ތިބާގެ މައްޗަށް އަލިކަން ވިދާ ބަބުޅާނެ.⁠“


މާޒީގައި ތިޔަބައިމީހުން ވަނީ ތިޔަބައިމީހުން ކުރި ފާފައިގެ ސަބަބުން ރޫޙާނީ ގޮތުން މަރުވެފައެވެ. އެއީ އޭރު ތިޔަބައިމީހުންގެ ފާފަވެރި ތަބީޢަތް ކަނޑާ އެއްލާލެވިފައި ނުވާތީއެވެ. ދެން މާތްކަލާނގެ ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައި އަލްމަސީޙާއި އެކުގައި ދިރުއްވީއެވެ.


ނަމަވެސް މިފަދަ ހުވަފަތް އަންހެނުން އެދުންވެރި ހިތަކައިގެން ދިރިއުޅުން ވޭތުކުރާ ކަމުގައި ވަނީނަމަ ދިރިހުރި ކަމުގައިވިޔަސް ރޫޙާނީ ގޮތުން އެކަނބަލުން ވަނީ މަރުވެފައެވެ.


މިނުބައި އެދުންތައް ފާފަވެރި އަމަލުތައް އުފަންކުރުވައެވެ. އަދި މި ފާފަވެރި އަމަލުތައް ގެނެސްދެނީ މަރުވެ ދިއުމެވެ.


އީމާންކަން މަތީ ހުރި މީހަކު މަރުވެ ނުދާ ފަދަ ފާފައެއް ކުރާތަން ފެނިއްޖެނަމަ އޭނާއަށްޓަކައި ތިޔަބައިމީހުން ދުޢާކުރާށެވެ. އޭރުން އެކަލާނގެ އެމީހަކަށް ދިރިހުރުން ދެއްވާނެއެވެ. އެކަމަކު އެއީ މީހާ މަރުވެ ނެތިދާފަދަ ފާފައެއް ކުރާ މީހެއް ނަމަ އެފަދަ ފާފަތަކުގެ އަދަބުން ސަލާމަތްކުރެއްވުން އެދި ދުޢާ ދަންނަވާށެއެކޭ އަހަރެންނެއް ނުބުނަމެވެ.


ތިޔަބައިމީހުންނަށް ކަންފަތް ލިބިގެންވާނަމަ މަސީޙީ ޖަމާޢަތްތަކަށް މާތްރޫޙުފުޅު ވިދާޅުވާ އެއްޗެއްގެ އަޑުއަހާ! ނަސްރު ހޯދާ ފަރާތްތައް ދެވަނަފަހަރަށް މަރާ ކުރިމަތިލާހިނދު އެއްވެސް ވޭނެއް ނުލިބޭނެ.⁠“


އެއަށް ފަހު މަރާއި އަދި މަރުގެ މަންޒިލް އަލިފާނުގެ ބޮޑުފުން ކުޅިއަށް އެއްލައިލެވުނެވެ. (މި އަލިފާނުގެ ބޮޑު ފުންކުޅިއަކީ ދެވަނަ މަރެވެ.)


ނަމަވެސް ފިނޑިންނާއި، އީމާންވުމަށް ދެކޮޅުހަދާ މީހުންނާއި، ފާޙިޝް އަމަލުތަކުގެ ވެރިންނާއި، މީހުން މަރާލި މީހުންނާއި، ޖިންސީ ގޮތުން ފާފަކުރި މީހުންނާއި، ފަންޑިތަވެރިންނާއި، ބުދަށް އަޅުކަންކުރި މީހުންނާއި، އަދި ހުރިހާ ދޮގުވެރިންނަށް ހުރި ތަނަކީ ކައްސަނދުވާނިން އަނދައަނދާ ހުރި އަލިފާނުގެ ބޮޑުފުން ކުޅި. މިއީ ދެވަނަ މަރުވުން.⁠“


އިސްރާއީލަށް ނަސްރު ދެއްވާ މާތްރަސްކަލާނގެ ގަންދީ ބުނަން. އަހަރެންގެ ދަރި ޔޫނަތައިން އެފަދަ ފާފައެއް ކުރިޔަސް އޭނާ މަރާލާނަން.⁠“ އެކަކު ވެސް އެއްޗެއް ނުބުންޏެވެ.


ޝާއުލްގެފާނު ވިދާޅުވިއެވެ. ”⁠ކަލޭ މަރާ ނުލައިފި ނަމަ މާތްކަލާނގެ އަހަރެންގެ މައްޗަށް ބޮޑުވެގެންވާ ކޯފާއެއް ފޮނުއްވައިފާ ހުށި.⁠“


ޔައްސާގެ ދަރި ދުނިޔޭގައި ހުރެއްޖެނަމަ ކަލޭ ވެސް ކަލޭގެ ރަސްކަން ވެސް ދެމިއެއް ނޯންނާނެ. ހަމަ މިހާރު އޭނާ ބަލާ ފޮނުވައިގެން ގެނޭ. އޭނާ ޖެހޭނީ މަރާލަން!⁠“


ރަސްގެފާނު ވިދާޅުވިއެވެ. ”⁠ކަލެއާއި ކަލޭގެ ބައްޕަގެ އާއިލާގެ އެންމެން ޖެހޭނީ މަރާލަން.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ