15 މަތިވެރިރަސްކަލާނގެ، އެކަލާނގެ އުފެއްދެވި އިންސާނާ ޢަދަނަށް ގެންދަވައި އެބަގީޗާގައި ލެއްވިއެވެ. އަދި އެތަނުގައި ގަސްތައް ހައްދާ ބެލެހެއްޓުމާ ހަވާލު ކުރެއްވިއެވެ.
މިއާރުން އުފެދުނު ތިންވަނަ ކޯރުގެ ނަމަކީ ދިޖްލަތެވެ. މި ކޯރު ދެމިފައިވީ އައްޝޫރުއޭ ކިޔުނު ސަރަހައްދުގެ އިރުމަތީގައެވެ. މިއާރުން އުފެދުނު ހަތަރު ވަނަ ކޯރުގެ ނަމަކީ ފުރާތު ކޯރެވެ.
އެއަށް ފަހު މަތިވެރިރަސްކަލާނގެ އިންސާނާއަށް އަމުރު ކުރެއްވިއެވެ. ”މިބަގީޗާގައިވާ ހުރިހާގަހެއްގައި އަޅާތަކެތި ކެއުމުގެ ހުއްދަ ތިބާއަށް ދީފިން.
ހަތްވަނަ ދުވަސް އައިއިރު މާތްކަލާނގެ އެކަލާނގެ ކުރެއްވި މަސައްކަތްޕުޅު ވަނީ މުޅީން ނިންމަވާލައްވާފައެވެ.
މަތިވެރިރަސްކަލާނގެ އިރުމަތީގައި ޢަދަނޭ ކިޔާ ރަށެއްގައި ބަގީޗާއެއް ހެއްދެވިއެވެ. އަދި އެކަލާނގެ ހެއްދެވި އިންސާނާ އެބަގީޗާގެ ތެރޭގައި ލެއްވިއެވެ.
ތިޔަބައިމީހުންގެ ތެރޭގައި ވައްކަންކުރާ ބަޔަކުވާނަމަ، ވައްކަންކުރުން ހުއްޓައިލާށެވެ. އޭގެބަދަލުގައި ތެދުވެރި ގޮތުގައި މަސައްކަތް ކުރާށެވެ. އޭރުން ބޭނުމެއް ޖެހިފައިވާ ފަރާތްތަކާ މެދު ދީލަތި ވެވޭނެއެވެ.