13 އެތަނުގައިވާ ފެން އާރުން އުފެދުނު ދެވަނަ ކޯރުގެ ނަމަކީ ޖީޙޫން އެވެ. އެކޯރު ދެމިފައިވީ ކޫޝް ސަރަހައްދުގެ އެއްކޮޅުން އަނެއްކޮޅަށެވެ.
ޙާމުގެ ދަރިކޮޅުގެ މީހުންގެ ތެރެއިން ހިމެނެނީ: ކޫޝް އާއި، މިޞްރާއިމް، ފޫޠު އާއި، ކަންޢާނު އެވެ.
ކޫޝް އަކީ ނިމްރޫދުގެ ކާބަފައިކަލުން ނެވެ. ނިމްރޫދުވީ ވަރަށް މަޝްހޫރު ވެރިއަކަށެވެ.
ފުރަތަމަ ކޯރުގެ ނަމަކީ ފީޝޫންއެވެ. އެކޯރު ދެމެމުން ދިޔައީ ޙަވީލާއޭ ކިޔުނު ސަރަހައްދުގެ އެއްކޮޅުން އަނެއްކޮޅަށެވެ. އެސަރަހައްދުން ރަން ވެސް ލިބެއެވެ.
އެއީ ސާފު ރަނެވެ. އަދި އެ ސަރަހައްދުގައިވާ ގަސްތަކުން ލިބޭ ކިރަކީ ތަދު ބާވަތެއްގެ މީރުވަސްދުވާ ހުވަނދެކެވެ. ސުލައިމާނު މުތީއޭ ކިޔާ ޖަވާހިރު ވެސް އެބިމުގައި ވެއެވެ.
މިއާރުން އުފެދުނު ތިންވަނަ ކޯރުގެ ނަމަކީ ދިޖްލަތެވެ. މި ކޯރު ދެމިފައިވީ އައްޝޫރުއޭ ކިޔުނު ސަރަހައްދުގެ އިރުމަތީގައެވެ. މިއާރުން އުފެދުނު ހަތަރު ވަނަ ކޯރުގެ ނަމަކީ ފުރާތު ކޯރެވެ.