ފެށުން 2:1 - ކިތާބުލް މުޤައްދަސާ1 މިގޮތުގެ މަތިން އުޑާއި ބިމުގައިވާހައި ތަކެއްޗެއް މާތްކަލާނގެ އުފައްދަވައި ނިންމެވިއެވެ. အခန်းကိုကြည့်ပါ။ |
މިއީ އުޑުތަކާއި ދުނިޔެ އުފެއްދެވި ގޮތުގެ ވާހަކައެވެ. މަތިވެރި ރަސްކަލާނގެ، އެކަލާނގެ ދުނިޔެއާއި އުޑުތައް އުފެއްދެވިއިރު ގޮވާން އަޅާ ގަސްތަކެއް ހުރި ދަނޑެއް، ނުވަތަ ދަނޑެއްގައި ހައްދާ ކަހަލަ ގަސްތަކެއް ވެސް އަދި ދުނިޔޭގެ ތަނަކު ނުވެއެވެ. މަތިވެރިރަސްކަލާނގެ އޭރަކު ދުނިޔެއަށް ވިއްސާރައެއް ވެސް ނުފޮނުއްވައެވެ. އަދި ދުނިޔޭގެ ބިމަކު ދަނޑެއް އެއްޗެއް ހައްދާނެ އިންސާނަކު ވެސް ނުމެނެތް މެއެވެ.
އެކަމުގެ ސަބަބުން މާތްރަސްކަލާނގެ އެކަލާނގެ މީސްތަކުން ދޫކޮށް ލައްވާ އެމީހުންނަށް ފުރަގަސް ދެއްވި. ދެން އެމީހުން އުޑުގައިވާ ތަރިތަކަށް އަޅުކަން ކުރި. މި ކަންތައް އެ ހިނގައިދިޔައީ ނަބީބޭކަލުންގެ ފޮތްކޮޅުގައި ލިޔެވިގެން ވީ ފަދައިން. ’އޭ ބަނީއިސްރާއީލު މީހުންނޭ. ކަލޭމެން ހަނަފަސް ސަހަރާގެ ބިމުގައި ހޭދަކުރި ސާޅީސް އަހަރު ޤުރުބާންތައް ކޮށް ވެދުންތަކައިގެން އައީކީ ތިމަންކަލާނގެ އަރިހަކަށް ނޫނޭ.
އަރާމުގެ މަންޒިލަށް ވަދެވޭނީ އީމާންކަން މަތީ ތިބި އަހަރެމެންނަށެވެ. އެނޫން މީހުންނާމެދު މާތްރަސްކަލާނގެ ވަޙީކުރެއްވީ މިހެންނެވެ. ”އެހެންވެ ތިމަންކަލާނގެ ކޯފާވެގެން މިހެން ހުވާކުރެއްވީމެވެ. ’އެމީހުން ތިމަންކަލާނގެ އަރާމުގެ މަންޒިލަކަށް ނުވައްދާނަމެވެ.‘“ މާތްރަސްކަލާނގެ މިހެން ވަޙީކުރެއްވީ، ދުނިޔެ އުފެއްދެވީއްސުރެން އެ މަންޒިލް ތައްޔާރު ކުރެވިފައި ވަނިކޮށެވެ.