Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 19:9 - ކިތާބުލް މުޤައްދަސާ

9 އެމީހުން ބުންޏެވެ. ”⁠އަދި މީކާކުތަ؟ މީނާ މިއީ މިރަށަށް އައިސް ވަޒަންވެރި ވެގެން އުޅޭ ބިދޭސީއެއް. އެކަމަކު މިހާރު މީނާ އަހަރެމެންނަށް ކަންތައްކުރަންވީ ގޮތް ކިޔާދޭން އެބައުޅެއެންނު. އަހަރެމެން އަދި ކަލެއަށް ހަދާނީ މިމީހުންނަށް ވުރެން ވެސް ނުބައިގޮތެއް.⁠“ އެހެން ބުނެފަ އެމީހުން ލޫޠުގެފާނު ކޮއްޕާލައި ދޮރު ހަލާކުކޮށްލަން އުޅުނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 19:9
21 ပူးပေါင်းရင်းမြစ်များ  

މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠އެމީހުން އެކުވެ އެއްބަހަކުން ވާހަކަދައްކާ ހަދަމުން ގެންދޭ. މިހެން ކަންތައްތައް އޮތްއިރު އެމީހުން ކުރަން ބޭނުން ކޮންމެ ކަމަކީ އެމީހުންނަށް ނުކުރެވޭނެ ކަމަކަށް ނުވާނެ. ނަމަވެސް އެމީހުން ކަންތައް ކުރަން ފެށިގޮތް ނިކަން ދެކެބަލަ.


އަބްރާމް ކަންޢާނުގައި މަޑުކުރެއްވިއެވެ. ނަމަވެސް ލޫޠުގެފާނު ވާދީގެ ތެރޭގައި ސަދޫމުއާ ވަރަށް ގާތުގައި ވަޒަންވެރިވެ ވަޑައިގަތެވެ.


އެމީހާ ބުންޏެވެ. ”⁠އަހަރެމެންގެ މައްޗަށް ކަލޭ ވެރި ކުރުވައި ފަނޑިޔާރުކަން ދިނީ ކާކު؟ ކަލޭ ތިޔަ އުޅެނީ އިއްޔެގަ އެ މިޞްރު މީހާ މަރާލިހެން އަހަރެން ވެސް މަރާލަންތަ؟⁠“ މޫސާގެފާނު ވަރަށް ބިރުފުޅުގެންފިއެވެ. އެކަލޭގެފާނު ހިތްޕުޅަށް އަރާވަޑައިގަތެވެ. ”⁠އަހަރެން ކުރި ކަންތައް އެންމެންނަށް އެނގިއްޖެ.⁠“


ބުއްދިވެރިޔާ ނުރައްކަލަށް ހުށަހޮޅި ނުގަނެވޭތޯ ބަލާނެއެވެ. މޮޔަމީހާ ފަރުވާލެއް ނެތި ނިކަން އަވަހަށް ނުރައްކަލުގެ ތެރެއަށް ބޯ މަހާލާނެއެވެ.


ދަރިން ގެއްލިފައި ވީ ސާރިދޯޅައެއްގެ އަތްދަށުވިޔަސް މޮޔަވެފައި ހުރި މޮޔައެއްގެ އަތްދަށު ނުވާށެވެ.


ވެއްޔާއި ހިލައަކީ ބަރު އެއްޗެކެވެ. އެކަމަކު މޮޔައެއްގެ ކިބައިން ދިމާވާ ދެކޮޅުވެރިކަން އަދި އެއަށް ވުރެން ބަރެވެ.


ޤުދުސީވެގެންވާ ތަކެތި ކުއްތާތަކަށް ނުދީ. އެއީ އެ ކުއްތާތައް މީހުންނާ ކުރިމަތިލާ ހަމަލާދޭ. އަދި ތިޔަބައިމީހުންގެ އަތުގައިވާ މުތްތައް އޫރުތަކުގެ ކުރިމައްޗަށް ނުއުކާ. އެއީ އެ އޫރުތައް އެ މުތްތަކަށް ފައިން އަރާ މުގުރާ ލާނެ.⁠“


”⁠ނިކަން އާދެބަލަ.⁠“ ދާއޫދާ ދިމާއަށް އޭނާ ބުންޏެވެ. ”⁠ކަލޭގެ ގައިގައި ހުރި މަސްކޮޅު މިތިބަ ދޫނިތަކާއި ވަލުޖަނަވާރުތަކަށް ކާން ދޭނަން.⁠“


”⁠ފުރަތަމަ ޖެހޭނީ ސަރުބީ އަންދަން. އޭގެ ފަހު ކަލޭމެން ބޭނުން ވަރަކަށް ގެންދޭ.⁠“ ޤުރުބާނީ ގެންނަ މީހާ ބުނެއެވެ. ޚާދިމުން އޭގެ ޖަވާބުގައި ބުނެއެވެ. ”⁠ހަމަ މިހާރު ދީ! އެހެން ނޫނީ ގަދަކަމުން ވެސް ގެންދާނަން.⁠“


މިކަމާމެދު ކަމަނާ ގޮތެއް ނިންމަވަ ބަލަ. މިހާރު މިވީ ގޮތުން މިގޭގެ އެންމެންނަށް މިއޮތީ ނުރައްކާވެފައި. ސާހިބުގެ ރުޅިގަދަކަން ހުންނަވަރުން އޭނާ ކުރިމަތީގައި އަނގަ ހުޅުވަން ކެރޭނެ މީހަކު ވެސް ނެތް.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ