36 މިހެން ކަން ހިނގުމުން ލޫޠުގެފާނުގެ ދެއަންހެންދަރިން އެކަލޭގެފާނަށް ބަލިވެ އިނދެއްޖެވެ.
ދެން އެރޭ ވެސް އެކުދިންގެ ބައްޕައަށް އަމަލުވަންދެން ރާ ބޯން ދީފިއެވެ. ދެން ހަގު އަންހެންދަރިފުޅު ލޫޠުގެފާނާއި އެކު ޖިންސީގުޅުން ހިންގައިފިއެވެ. ނަމަވެސް މިފަހަރު ވެސް އޭނާ އޮށޯއްކަމެއް އަދި ތެދުވިކަމެއް ވެސް ލޫޠުގެފާނަކަށް އެނގިވަޑައެއް ނުގަތެވެ.
ދޮށީދަރިފުޅަށް ލިބުނީ ފިރިހެން ދަރިއެކެވެ. އޭނާ އެކުއްޖާއަށް މުއާބުއޭ ކިޔައި ނަންދިނެވެ. އެކުއްޖާ އަކީ މުއާބު މީހުންގެ ކާބަފައިންނެވެ.
އަހަރެންގެ ބިކުރުވެރި ދެ އަންހެން ދަރިން އެބަތިބި. ތިޔަބައިމީހުން ބޭނުން ކަމެއް ކުރުމަށް އަހަރެން އެކުދިން ވެސް ދީފާނަން. އެކަމަކު މިމީހުންނަށް އެއްވެސް ކަމެއް ނުކުރޭ. އެމީހުން އެއީ އަހަރެންގެ މެހެމާނުން އެމީހުން ހިމާޔަތް ކުރުމަކީ އަހަރެންގެ ވާޖިބެއް.“
މާތް ރަސްކަލާނގެ ތިޔަބައިމީހުންގެ ކަންކަމާއި މެދު ފައިސަލާ ކުރައްވާނީ ތިޔަބައިމީހުން އަނެކުންގެ ކަންކަމާއި މެދު ފައިސަލާ ކުރާ ގޮތަށް. އަދި މާތްރަސްކަލާނގެ ތިޔަބައިމީހުންނާއި މެދު މިނާލައްވާނީ ތިޔަބައިމީހުން އަނެކުންގެ ކަންކަމާއި މެދު މިނި ނާޅިއަކުން.
އެކަމަކު ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”ކަލޭގެ ކަނޑިން އަންހެނުންގެ އަތުން ދަރިން އަތުލައިގަނެ މަރާލި ފަދައިން ކަލޭގެ މަންމަގެ ވެސް ދެނެއް ދަރިޔަކު ނުހުންނާނެ.“ ދެން ޞަމޫއީލްގެފާނު ޖިލްޖާލުގެ ޤުރުބާނީ އަށީގެ ކުރިމަތީގައި އަޖާޖް ކުދިކޮށް ކޮށްޓަވައި ލެއްވިއެވެ.