Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 19:31 - ކިތާބުލް މުޤައްދަސާ

31 އެއްދުވަހަކު އެދެކުދިންގެ ތެރެއިން ދޮށީ އަންހެންކުއްޖާ ހަގު ކުއްޖާ ގާތު ބުނެފިއެވެ. ”⁠އަހަރެމެންގެ ބައްޕަ އެދަނީ މުސްކުޅިވަމުން. އަދި މުޅި މިސަރަހައްދުގައި ވެސް އަހަރެމެން ކައިވެނި ކުރާނެ އެއްވެސް ފިރިހެނަކު ނެތް.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 19:31
10 ပူးပေါင်းရင်းမြစ်များ  

ދެން އަބްރާމް ހާޖަރު އާއިއެކު ރޭކުރެއްވިއެވެ. ހާޖަރުއަށް އޭނާ ބަލިވެ އިންކަން ގައިމުވުމުން އެކަމާ ބޮޑާވެ، ސާރާއީއަށް ނަފްރަތު ކުރަން ފަށައިފިއެވެ.


އެކަލޭގެފާނު ސަދޫމުއާއި ޢަމޫރަތާ ދިމާ ތިރިއަށް ބެއްލެވި ހިނދު ފެނިވަޑައިގަތީ މުޅި ތަނުން ދުންތައް އަރަމުން ދިޔަ ތަނެވެ. މުޅިހިސާބު ވަނީ ދުމުން ފުރިފައެވެ.


އާދަމްގެފާނު އެކަލޭގެފާނުގެ އަނބިކަނބަލުން ޙައްވާގެފާނާއި އެކު ރޭކުރެއްވިއެވެ. އެއަށް ފަހު ޙައްވާގެފާނު އާލާސްވެ އިންނަވާ ފިރިހެން ދަރިކަލަކާއިގެން ރައްކާވެ ވަޑައިގެންނެވިއެވެ. އެދަރިކަލުންނަށް ޤާޔީންގެ ނަމުން ނަންދެއްވިއެވެ. ޙައްވާގެފާނު ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ އޯގާވަންތަކަމުން އަހަންނަށް ފިރިހެންދަރިކަލަކު ދެއްވައިފި.⁠“


ތަޤުވާވެރިންގެ ފިރިހެންދަރިންނާ އެހެން އިންސާނުންގެ އަންހެންދަރިން ކައިވެނިކޮށް އެމީހުންނަށް ލިބުނު ދަރިންގެ ފަރާތުން އުފެދުނު ދަރިކޮޅުގެ މީހުންނަކީ އިވަޖު ބާގައިގެ މީހުންނެވެ. އެދުވަސްވަރުގައާއި އަދި އޭގެފަހުގެ ޒަމާންތަކުގައި ވެސް މިފަދަ މީހުން ދުނިޔޭގައި އުޅުނެވެ. އަދި އެމީހުންނަކީ އިހުޒަމާނުގެ މޮޅެތި ޤަދަރުހުރި މީހުންނެވެ.


އަދި އަސްޙާބީން ބިރުން ތިބި މިންވަރުން ޕަތަރަސްއަށް އޭނާ އަށް މިބުނެވުނު އެއްޗެއްގެ މާނަ އެނގިގެން ނުވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ