Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 19:3 - ކިތާބުލް މުޤައްދަސާ

3 ނަމަވެސް ލޫޠުގެފާނު އެމަލާއިކަތުންނަށް އާދޭސްކުރުމުން އެބޭކަލުން އެގޮތާއި އެއްބަސްވެލެއްވިއެވެ. ދެން ލޫޠުގެފާނު ކަމީރުނުލާ ޕާން ފިހެ ކެއުން ތައްޔާރުކުރުމުން އެމަލާއިކަތުން ކޭންބެއްލެވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 19:3
18 ပူးပေါင်းရင်းမြစ်များ  

ލޫޠުގެފާނު ވިދާޅުވިއެވެ. ”⁠އަޅުގަނޑުމިއީ ތިޔަ ބޭކަލުންގެ ޚާދިމަކީން. ތިޔަ ބޭކަލުން ފެންވަރާ ނިދިކުރެއްވުމަށް އަޅުގަނޑުގެ ގެއަށް މެހެމާނުންގެ ގޮތުގައި ދުރުވޭ. މާދަމާ އިރުއެރުމުން ތިޔަބޭކަލުންގެ މަގުގައި ކުރިއަށް ދުރުވޭ.⁠“ އެމަލާއިކަތުން ވިދާޅުވިއެވެ. ”⁠ނޫން އަހަރެމެން މިރަށުގެ މައިދާނުގައި މިރޭ މަޑުކޮށްލަފާނަން.⁠“


އިސްޙާޤުގެފާނު ކިރުތުނބުން ވީއްލައި ކައިބޮއި އުޅެވެން ފެށުމުން އެކަން ފާހަގަ ކުރެއްވުމުގެ ގޮތުން އިބްރާހީމްގެފާނު ވަރަށް ބޮޑު ޖާފަތެއް ދެއްވިއެވެ.


އަދި ލަބާން އޭނާއަށް ބުންޏެވެ. ”⁠މާތްރަސްކަލާނގެ ތިބާ ރައްކާތެރިކަމާއެކު މިހިސާބަށް ގެނެސް ދެއްވައިފި. އަހަރެންނާއި އެކުގައި ގެއަށް ހިނގާ. މިތާ ބޭރުގައި ތިބާ ކޮޅަށް ހުންނާނެ ކަމެއްނެތް. އަހަރެމެންގެ ގެއިން ތިބާއަށާއި ޖަމަލުތަކަށް ހިޔާވަހިކަމާއި ޖާގަ ލިބޭނެ.⁠“


އެހެންވެ އިސްޙާޤުގެފާނު ބޮޑު ޖާފަތެއް އެބޭކަލުންނަށް ތައްޔާރު ކުރެއްވިއެވެ. ދެން އެބޭކަލުން ކައި ބޮއި ހެއްދެވިއެވެ.


ހަތް ދުވަސް ވަންދެން ކަމީރުލީ އެއްވެސް އެއްޗެއް ކަލޭމެން ކައިގެން ނުވާނެއޭ. ކާން ވާނީ ކަމީރު ނުލާ ބޯރޮއްޓޭ. ޢީދުގެ ފުރަތަމަ ދުވަހު ކަލޭމެންގެ ގޭގައި ހުރިއްޔާ ހުރިހާ ކަމީރެއް ބޭރު ކުރާށޭ. އެ ދުވަސްތަކުގައި އެކަކު ވެސް ކަމީރުލީ އެއްޗެއް ކައިފިނަމަ އެމީހަކު އިސްރާއީލުގެ ޖަމާޢަތުން ބޭރުކުރަން ވާނެއޭ.


އެމީހުން މިޞްރުން ގެނައި ކަމީރުނުލާ ފުށްގަނޑުން އެމީހުން ރޮށި ފިހެފިއެވެ. އެމީހުން މިޞްރުން ނުކުތީ ވަރަށް އަވަސް އަރުވާލައިގެންކަމުން އެމީހުންނަކަށް ރޮށި ފިހާކަށް ނުވަތަ ކައްކާކަށް ވަގުތެއް ނުލިބުނެވެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަންނަށް ހަމަ ޔަޤީން. ކަލެއަކީ އޭނާގެ ގާތް ރަޙުމަތްތެރިއަކަށް ވީތީ ތެދުވެ އޭނާ އެދުނުކަންތައް ކޮށް ނުދިން ނަމަވެސް އޭނާ ކެނޑި ނޭޅި ހުއްޓުމެއްނެތި އެދެމުން ގެންދިޔުމުގެ ސަބަބުން އުނދަގޫވުމުން ތެދުވެ ކަލޭ އޭނާ އެދުނު އެއްޗެއް އޭނާއަށް ދޭނެ.


ދެން ވެރިމީހާ ބުނި. ’⁠ޖެހިގެން އޮތް ރަށަށް ގޮސް އެރަށުން ވެސް މީހުން ގެންނާށޭ. އޭރުން އަހަރެންގެ ގެ ފުރޭނެއޭ.


ދެން އޭނާގެ ގޭގައި އީސާގެފާނުގެ ޝަރަފުގައި ބޮޑު ކެއުމެއް ތައްޔާރު ކުރިއެވެ. އަދި އެހެން ވެސް ވަރަށް ގިނަ ޓެކްސް ނަގާ މީހުންނާއި އެހެނިހެން މީހުން ވެސް އެ ކެއުމަށް އައެވެ.


އެމީހުން އެތަނުގައި އެކަލޭގެފާނަށްޓަކައި ފަރިއްކޮޅެއް ތައްޔާރު ކުރިއެވެ. ސުފުރާމަތީގެ ކަންތައް ބެލެހެއްޓުމަށް އުޅުނީ މަރުތާއެވެ. އެ މޭޒުކޮޅުގައި އެކަލޭގެފާނާއެކު ފަރީއްކުޅުއްވުމުގައި ބައިވެރި ވީ މީހުންގެ ތެރޭން އެކަކީ ލާޒަރު އެވެ.


އަދި މެހުމާނުން ކަލޭމެންގެ ގެޔަށް ގެންނާށެވެ. މިގޮތުން ބައެއް މީހުންނަށް ނޭނގި މަލާއިކަތުން ވެސް ގެޔަށް ގެނެވިފައި އެބަ ހުއްޓެވެ.


އަންހެންމީހާގެ ގޭގައި ފަލަ ޅަގެރިއެއް އޮތެވެ. އޭނާ އަވަހަށް އޭތި ކަތިލާފައި ފުށް މޮޑެ ކަމީރު ނުލައި ރޮށި ފިހެފި އެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ