Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 19:29 - ކިތާބުލް މުޤައްދަސާ

29 މާތްކަލާނގެ އެވާދީގެ ތެރޭގައި ވީ ހުރިހާ ރަށްތައް ނެތިކޮށްލެވިއެވެ. ނަމަވެސް އެކަލާނގެ އިބްރާހީމްގެފާނަށް ކުރެއްވި ވަޢުދުފުޅު އުވާ ނުލައްވައި ލޫޠުގެފާނު އެތަނުން ބޭރު ކުރެއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 19:29
21 ပူးပေါင်းရင်းမြစ်များ  

މިއީ ތާރަޙުގެ ދަރިކޮޅު ފެތުރުނު ގޮތުގެ ވާހަކައެވެ. ތާރަޙުއަށް އަބްރާމް އާއި ނާޙޫރު އާއި ހާރާން މިތިން ދަރިން ލިބުނެވެ. ހާރާން އަކީ ލޫޠުގެފާނުގެ ބައްޕައެވެ.


ތިމަންކަލާނގެ ތިބާގެ ދަރިކޮޅުގެ މީހުން އެތައް ގުނައަކަށް އިތުރު ކުރައްވާނަން. އަދި ތިބާގެ ފަރާތުން އުފަންވާނެ ޤައުމަކީ މަތިވެރި ބޮޑުޤައުމެއް ކަމުގައި ލައްވާނަން. ތިމަންކަލާނގެ ތިބާގެ ނަން މަތިވެރި ކުރައްވައި ތިބާއަށް ރަޙުމަތް ލައްވާނަން. އަދި ތިބާއަކީ މީސްތަކުންނަށް ރަޙުމަތެއް ކަމުގައި ވާނެ.


އެންމެފަހުން މާތްކަލާނގެ ރާޙީލްގެ ގެ ޙާލާމެދު ބައްލަވާ ވޮޑިގެންނަވައިފިއެވެ. އަދި އެކަނބުލޭގެ ކުރި ދުޢާތައް އިޖާބަކުރައްވައި އޭނާއަށް ވެސް ދަރިން ދެއްވިއެވެ.


ނަމަވެސް މާތްކަލާނގެ ނޫޙުގެފާނާއި އެކު ނައުކޮޅުގައި ވީހުރިހާ ޖަނަވާރުތަކުގެ މަތިން ހަނދުމަފުޅު ބެހެއްޓެވިއެވެ. އަދި މާތްކަލާނގެ ދުނިޔެއަށް ގަދަ ވަޔެއް ފޮނުއްވިއެވެ. އެއަށް ފަހު ބޮޑުވެފައިވާ ފެންގަނޑު ހިނދެން ފެށިއެވެ.


ނަމަވެސް އެ ހިނދު ލޫތުގެފާނު ސަދޫމުން ނެރުއްވައި އެކަލޭގެފާނު ސަލާމަތް ކޮށްދެއްވީ އެކަލޭގެފާނުގެ ވަށައިގެންވާ އެންމެހައި ފާފަވެރި ވަޙުޝީ އަމަލުތަކުން ހިތްދަތިވެފައި އެކަލޭގެފާނު ސާލިޙު ގޮތުގައި ހުންނެވުމުގެ ސަބަބުންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ