Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 19:28 - ކިތާބުލް މުޤައްދަސާ

28 އެކަލޭގެފާނު ސަދޫމުއާއި ޢަމޫރަތާ ދިމާ ތިރިއަށް ބެއްލެވި ހިނދު ފެނިވަޑައިގަތީ މުޅި ތަނުން ދުންތައް އަރަމުން ދިޔަ ތަނެވެ. މުޅިހިސާބު ވަނީ ދުމުން ފުރިފައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 19:28
11 ပူးပေါင်းရင်းမြစ်များ  

މުޅި ފަރުބަދަވަނީ ދުމުން ފުރިފައެވެ. އެހެނީ މާތްރަސްކަލާނގެ އެތަނަށް ވޮޑިގެންނެވީ އަލިފާނުގެ ގޮތުގައެވެ. ހީވަނީ އުނދުންވަޅަކުން ދުން އަރާހެންނެވެ. އެވަގުތު މުޅިތަން ތުރުތުރުއަޅަމުން ދިޔައެވެ.


ނަމަވެސް އެ ހިނދު ލޫތުގެފާނު ސަދޫމުން ނެރުއްވައި އެކަލޭގެފާނު ސަލާމަތް ކޮށްދެއްވީ އެކަލޭގެފާނުގެ ވަށައިގެންވާ އެންމެހައި ފާފަވެރި ވަޙުޝީ އަމަލުތަކުން ހިތްދަތިވެފައި އެކަލޭގެފާނު ސާލިޙު ގޮތުގައި ހުންނެވުމުގެ ސަބަބުންނެވެ.


ސަދޫމު އާއި ޢަމޫރަތުގެ މަތިންނާއި އަދި އެ ސަހަރުތަކުގެ ކައިރީގައި ވީ އެހެނިހެން ސަހަރުތަކުގެ މަތިން ހަނދާންކުރާށެވެ. އެ ސަހަރުތަކުގެ އަހުލުވެރިން ވަނީ ފާހިޝް އަމަލުތައް ކުރުންމަތީގައެވެ. އަދި މިކަންތަކުގެ ތެރޭގައި އެބައިމީހުން ނުކުރާކަ ނުބައިވެގެންވީ ޢަމަލެއް ނުމެނެތްމެއެވެ. އެ ސަހަރުތައް ނެތި ކުރެއްވީ އަލިފާން ފޮނުއްވައެވެ. އެއީ ނުބައިވެގެންވީ ހުރިހާ އެންމެންގެ މައްޗަށް ފޮނުއްވާނޭ ނިމުމެއް ނުވާ އަލިފާނުގެ ގަދަފަދަ ޢުޤޫބާތުގެ މިސާލެއްމެއެވެ.


އެސަހަރު އަނދައިގެން ދާހިނދު އަރަމުން ދާ ދުންތައް އެބައިމީހުންނަށް ފެނުމުން އެބައިމީހުން ހަރުއަޑުން ގޮވަމުން ދާނެއެވެ. ”⁠މިފަދަ މަތިވެރި އިތުރު ސަހަރެއް ނުވޭ!⁠“


އެއަންހެނާއާއެކު ޖިންސީފާފަކޮށް އޭނާގެ ލައްޒަތުން އުފާލިބިގަތް ދުނިޔޭގެ ރަސްރަސްކަލުންނަށް އެއަންހެނާ އަނދަމުންދާއިރު އަރާ ދުންތަން ފެންނާނެއެވެ. އެއަށް ފަހު، އެބައިމީހުން ރޮއި ރޮއި ހިތާމައިގައި ވާނެއެވެ.


އިތުރަށް އެބައިމީހުން ހަރުއަޑުން ބުންޏެވެ. ”⁠މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދުހުރި! މަތިވެރި ސަހަރު އަނދައި އަޅައިޔަށްވެ، އޭގެ ދުން ނުނިވި އަބަދުމެ އަރަމުން ދޭ!⁠“


ނަމަވެސް ފިނޑިންނާއި، އީމާންވުމަށް ދެކޮޅުހަދާ މީހުންނާއި، ފާޙިޝް އަމަލުތަކުގެ ވެރިންނާއި، މީހުން މަރާލި މީހުންނާއި، ޖިންސީ ގޮތުން ފާފަކުރި މީހުންނާއި، ފަންޑިތަވެރިންނާއި، ބުދަށް އަޅުކަންކުރި މީހުންނާއި، އަދި ހުރިހާ ދޮގުވެރިންނަށް ހުރި ތަނަކީ ކައްސަނދުވާނިން އަނދައަނދާ ހުރި އަލިފާނުގެ ބޮޑުފުން ކުޅި. މިއީ ދެވަނަ މަރުވުން.⁠“


އެ ތަރި އެ ފޫނެތް ފުން ވަޅުގަނޑުގެ ދޮރު ހުޅުވިއެވެ. އަދި އެ ފުން ވަޅު ވެސް ވަނީ ދުމުން ފުރިފައެވެ. ބޮޑު ދުންހޮޅިއަކުން ދުން ނުކުންނަ ފަދައިންނެވެ. އެ ފޫނެތް ފުން ވަޅުން ނުކުތް ދުމުން އިރުގެ އަލިކަމާއި އަދި ވައި ވަނީ ބަނަ ވެފައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ