Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 19:24 - ކިތާބުލް މުޤައްދަސާ

24 މަތިވެރި މާތްރަސްކަލާނގެ އަލިފާނާއި ސަލްފާގެ ވާރެއެއް ސަދޫމުއާއި ޢަމޫރަތަށް ފޮނުއްވެވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 19:24
29 ပူးပေါင်းရင်းမြစ်များ  

ވަށައިގެންވާ ހުރިހާ ތަނަކަށް ލޫޠުގެފާނު ބެއްލެވުމަށް ފަހު އުރުދުންގެ ވާދީގައިވާ، ފެންލިބެން އޮތްތަނެއް ފެނިވަޑައިގަތެވެ. މާތްރަސްކަލާނގެ، ޢަދަންގައި ހެއްދެއްވި ބަގީޗާއާއި މިޞްރުގައިވާ ފެހިގަސްތައް ފަދައިންވި އުރުދުން އިން ޞޫޣަރު އާއި ހަމައަށް އޮތް މި ވާދީ ޚިޔާރު ކުރެއްވުމަށް ފަހު އެތަނަށް ވަޑައިގަތުމަށް އެކަލޭގެފާނު ދަތުރު ފެއްޓެވިއެވެ. މި ހިސާބުން އަބްރާމް އާއި ލޫޠުގެފާނު ވަކިވެވަޑައިގަތެވެ. މިކަން މި ގޮތަށް ދިމާވީ މާތްރަސްކަލާނގެ ސަދޫމާއި ޢަމޫރަތު ނެތިކުރެއްވުމުގެ ކުރީގައެވެ.


އަބްރާމް ކަންޢާނުގައި މަޑުކުރެއްވިއެވެ. ނަމަވެސް ލޫޠުގެފާނު ވާދީގެ ތެރޭގައި ސަދޫމުއާ ވަރަށް ގާތުގައި ވަޒަންވެރިވެ ވަޑައިގަތެވެ.


ދެން މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ތިމަންކަލާނގެ މިކުރައްވަން އުޅުއްވާ ކަންތައް އިބްރާހީމްގެފާނަށް ސިއްރު ކުރައްވާނަމުތަ؟


ލޫޠުގެފާނަށް ޞޫޣަރުއަށް ވަޑައިގެންނެވުނީ އިރު އަރަނިކޮންނެވެ.


ދެން މޫސާގެފާނު އެކަލޭގެފާނުގެ އަސާކޮޅު އުޑާ ދިމާއަށް ދިއްކުރެއްވުމާއިއެކު ވިދާ ގުގުރައި ގަނޑުފެނުގެ ވާރޭ މުޅި މިޞްރުގެ ބިމަށް ވެހެން ފެށިއެވެ.


އަހަރެން ބުނަން ތަ؟ ޤިޔާމަތް ދުވަހުން މިރަށުގެ މީހުންނަށް ޖެހޭނެ އާފާތަކީ އެދުވަހު ސަދޫމުގެ މީހުންނަށް ޖެހޭނެ އާފާތަށް ވުރެ ވެސް މާބޮޑު އާފާތަކަށް ވާނެކަން ކަށަވަރު.⁠“


އެއަށް ފަހު ފާޙިޝް އަމަލުތަކުގައި ވާ ސަދޫމު އާއި ޢަމޫރަތުގެ އަހުލުވެރިންގެ މައްޗަށް ގަދަވެގެންވާ އަލިފާނުގެ ޢަޒާބެއް ކުރިމަތި ކުރައްވައި އެ ރަށްތައް އަނދައި އަޅިޔަށް ހައްދަވައި އެކަލާނގެއަށް އުރެދުނު ފަރާތްތަކަށް ހުރި ޢުޤޫބާތުގެ މިސާލެއްކަމުގައި އެބައިމީހުން ލެއްވިއެވެ.


ސަދޫމު އާއި ޢަމޫރަތުގެ މަތިންނާއި އަދި އެ ސަހަރުތަކުގެ ކައިރީގައި ވީ އެހެނިހެން ސަހަރުތަކުގެ މަތިން ހަނދާންކުރާށެވެ. އެ ސަހަރުތަކުގެ އަހުލުވެރިން ވަނީ ފާހިޝް އަމަލުތައް ކުރުންމަތީގައެވެ. އަދި މިކަންތަކުގެ ތެރޭގައި އެބައިމީހުން ނުކުރާކަ ނުބައިވެގެންވީ ޢަމަލެއް ނުމެނެތްމެއެވެ. އެ ސަހަރުތައް ނެތި ކުރެއްވީ އަލިފާން ފޮނުއްވައެވެ. އެއީ ނުބައިވެގެންވީ ހުރިހާ އެންމެންގެ މައްޗަށް ފޮނުއްވާނޭ ނިމުމެއް ނުވާ އަލިފާނުގެ ގަދަފަދަ ޢުޤޫބާތުގެ މިސާލެއްމެއެވެ.


އެމީހަކީ މާތްރަސްކަލާނގެ ކޯފާގެ މޭބިސްކަދުރުގެ ރާ ބޯންޖެހޭނޭ ފަރާތެއްމެ. އަދި އެކަލާނގެ ކޯފާގެ ތަށީގެ ގަދަ އިޙްސާސް އެމީހަކަށް ކުރުވާނެ. އަދި އެމީހަކަށް އަލިފާނުންނާއި އަދަމުން ދާ ކައްސަނދުވާނިން ޢުޤޫބާތް ދެވޭނެ. އެއީ މާތްވެގެންވާ މަލާއިކަތުންނާއި ޅަކަންބަޅީގެ ޙާޟިރުގައި ވެސްމެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ