ފެށުން 19:2 - ކިތާބުލް މުޤައްދަސާ2 ލޫޠުގެފާނު ވިދާޅުވިއެވެ. ”އަޅުގަނޑުމިއީ ތިޔަ ބޭކަލުންގެ ޚާދިމަކީން. ތިޔަ ބޭކަލުން ފެންވަރާ ނިދިކުރެއްވުމަށް އަޅުގަނޑުގެ ގެއަށް މެހެމާނުންގެ ގޮތުގައި ދުރުވޭ. މާދަމާ އިރުއެރުމުން ތިޔަބޭކަލުންގެ މަގުގައި ކުރިއަށް ދުރުވޭ.“ އެމަލާއިކަތުން ވިދާޅުވިއެވެ. ”ނޫން އަހަރެމެން މިރަށުގެ މައިދާނުގައި މިރޭ މަޑުކޮށްލަފާނަން.“ အခန်းကိုကြည့်ပါ။ |
ދެން އެކަލޭގެފާނު އެ އަންހެންމީހާ އާއި ދިމާލަށް އެނބުރިވަޑައިގަތް ޝަމްއޫނަށް ވިދާޅުވިއެވެ. ”މި އަންހެން މީހާ މިކަންތައް ކުރިގޮތް ދެކެބަލަ. އަހަރެން ކަލޭގެ ގެއަށް އައީ ކަލޭ ދަޢުވަތު ދިނީމަ. އެކަމަކު ކަލޭ އަހަރެންގެ ފައި ދޮވެލުމަށް ފެންފޮދެއް ވެސް ނުދޭ. ނަމަވެސް މި އަންހެން މީހާ އޭނާގެ ކަރުނައިން އަހަރެންގެ ފައި ދޮވެ އޭނާގެ އިސްތަށިގަނޑުން ފޮހެދިން.
ލީދިޔާ އާއި އޭނާގެ ގޭގެ އެންމެން ތައުބާގެ ހިނެވުމުން ހިނެވުނު ދުވަހު އަހަރެމެންނަށް އޭނާގެ ގެއަށް އައުމަށް ދައުވަތު ދީ ލީދިޔާ މި ފަދައިން ބުންޏެވެ. ”އަހަރެން މިއީ ތެދު ގޮތުގައި އީސާގެފާނަށް އީމާންވެގެންވާ މީހަކު ކަމުގައި ކަލޭމެން ގަބޫލު ކުރަނީ ނަމަ ކަލޭމެން އަހަރެންގެ ގޭގައި ތިބޭ.“ އަދި އޭނާ ކުރުނުކޮށް އެދެމުން ގެންދިއުމުން އެންމެފަހުން އަހަރެމެން އެއްބަސްވެ އެގެއަށް ދިޔައީ އެވެ.