Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 19:19 - ކިތާބުލް މުޤައްދަސާ

19 ތިޔަބޭކަލުން އަޅުގަނޑުގެ ފުރާނަ ސަލާމަތް ކޮށްދެއްވާ ތިޔަކޮށްދެވީ ވަރަށްބޮޑު ހެޔޮކަމެއް. ނަމަވެސް ފަރުބަދަތައް އެވަނީ ވަރަށް ދުރުގަ އަޅުގަނޑު އެހިސާބަށް ނުފޯރަނީސް މިރަށަށް ފޮނުއްވޭ މުސީބާތުގައި ޖެހި އަޅުގަނޑު ވެސް މަރުވާނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 19:19
20 ပူးပေါင်းရင်းမြစ်များ  

ތިބާ އެމީހުން ގާތު ތިބާ ތިޔައީ މަގޭ ކޮއްކޮއޭ ބުނޭ. އޭރުން ތިބާގެ ސަބަބުން އެމީހުން އަހަރެންނަށް ހެޔޮކޮށްހިތާނެ. އަދި އޭރުން އަހަރެންގެ ފުރާނަ ވެސް ސަލާމަތްވާނެ.⁠“


ނަމަވެސް ލޫޠުގެފާނު އެމަލާއިކަތުންނަށް ވިދާޅުވިއެވެ. ”⁠އާދޭސް ކޮށްފަ ދަންނަވަން ތިޔަހެން ނަހައްދަވާ.


އެ އެފެންނަ ކުޑައަވަށަށް ބައްލަވާ. އެއަވަށް އެވަނީ ވަރަށް ކައިރީގަ. އަދި އެއީ ވަރަށް ކުޑަ ތަނެއް ވެސްމެ. އެތާނގައި އަޅުގަނޑަށް ރައްކާތެރި ވެވިދާނެ.⁠“


ލޫޠުގެފާނު ޞޫޣަރުގައި ދިރިއުޅުއްވަން ބިރުފުޅުގެން އެކަލޭގެފާނު ގެ ދެއަންހެން ދަރިންނާއި އެކު ފަރުބަދައިގައިވާ ހޮހަޅައަކަށް ވަޑައިގެން އެތާނގައި ދިރިއުޅުއްވިއެވެ.


އެހެންވީމާ، ޔޫސުފުގެފާނާއިމެދު ފޫޠީފާރުގެ މަޤްބޫލުކަން ބޮޑުވެ އޭނާގެ އެންމެގާތް ޚާދިމުގެ ގޮތުގައި އެކަލޭގެފާނު ހަމަޖެއްސެވިއެވެ. އަދި އެކަލޭގެފާނަށް އިތުބާރު ކުރައްވައި އޭނާގެ އެންމެހާ މިލްކިއްޔާތު ތައް ހިންގައި ބެލެހެއްޓުމަށް ޔޫސުފުގެފާނާއި ހަވާލު ކުރިއެވެ.


އެހެނަސް ނޫޙުގެފާނަށް މާތްރަސްކަލާނގެ ކިބަފުޅުން ރުއްސެވުން ލިބިވަޑައިގެންނެވިއެވެ.


އެބައިމީހުންނަށް އީސާގެފާނު ވިދާޅުވިއެވެ. ”⁠އޭ އީމާންތެރިކަމެއްނެތް މީސްތަކުންނޭ! އަހަރެން ތި މީހުންގެ ކައިރީގައި ހުންނާނީ ކިހާ ދުވަހެއް ވަންދެންތަ؟ ތި މީހުންގެ ކައިރީގައި އަހަރެން ކެތްކޮށްގެން ހުންނަން ޖެހޭނީ ކިހާ ދުވަހަކު؟ އަހަރެންގެ ކައިރިއަށް އެ ފިރިހެން ކުއްޖާ ގެނޭ!⁠“


އެލިޒަބަތުގެ ތިމާގެމީހުންނާއި އަވަށްޓެރިން އޭނާގެ މައްޗަށް މަތިވެރި މާތްރަސްކަލާނގެ މިލެއްވި މަތިވެރި ބަރަކާތާއި ދީލަތިވަންތަކަން ދެކެ އޭނާގެ މިއުފަލުގައި ބައިވެރިވިއެވެ.


ދާއޫދު ހިތަށް އަރައްޕެވެ. ”⁠މިހެން އުޅެނިކޮށް ޝާއުލްގެފާނު އަނެއްފަހަރު އައިސް އަހަރެންގެ ދުވަސް ދުއްވާލާނެ. އިސްރާއީލުގެ ސަރަހައްދު ދޫކޮށް ފިލިސްޠީނުންގެ އަވަށްތަކަށް ދާންވީ. އޭރަކުން ޝާއުލްގެފާނު އަހަރެން ހޯދާކަށް މި ސަރަހައްދެއް ނުބަލާނެ. އޭރުން އަހަންނަށް ސަލާމަތުން އުޅެވިދާނެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ