Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 19:17 - ކިތާބުލް މުޤައްދަސާ

17 އެބޭކަލުން އެރަށުން ބޭރަށް ނެރުއްވުމަށް ފަހު އޭގެ ތެރެއިން އެއް މަލާއިކަތަކު ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުން ފުރާނަ ސަލާމަތް ކުރައްވަންޏާ އަވަހަށް މިތަނުން ދުވެދޭ! ފަހަތަށް އެނބުރި އެއްގޮތަކަށް ވެސް ނުބައްލަވާތި އަދި ތިރީ ވާދީގައި ވެސް މަޑުނުކުރައްވާތި. އަވަހަށް ފަރުބަދަ މައްޗަށް އަރާވަޑައިގަންނަވާ. އެހެންނޫނީ ތިޔަ އެންމެން ނެތިވެދާނެ!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 19:17
21 ပူးပေါင်းရင်းမြစ်များ  

ވަށައިގެންވާ ހުރިހާ ތަނަކަށް ލޫޠުގެފާނު ބެއްލެވުމަށް ފަހު އުރުދުންގެ ވާދީގައިވާ، ފެންލިބެން އޮތްތަނެއް ފެނިވަޑައިގަތެވެ. މާތްރަސްކަލާނގެ، ޢަދަންގައި ހެއްދެއްވި ބަގީޗާއާއި މިޞްރުގައިވާ ފެހިގަސްތައް ފަދައިންވި އުރުދުން އިން ޞޫޣަރު އާއި ހަމައަށް އޮތް މި ވާދީ ޚިޔާރު ކުރެއްވުމަށް ފަހު އެތަނަށް ވަޑައިގަތުމަށް އެކަލޭގެފާނު ދަތުރު ފެއްޓެވިއެވެ. މި ހިސާބުން އަބްރާމް އާއި ލޫޠުގެފާނު ވަކިވެވަޑައިގަތެވެ. މިކަން މި ގޮތަށް ދިމާވީ މާތްރަސްކަލާނގެ ސަދޫމާއި ޢަމޫރަތު ނެތިކުރެއްވުމުގެ ކުރީގައެވެ.


މިވާދީ ވަނީ ތާރު ވަޅުތަކުން ފުރިފައެވެ. އަދި ސަދޫމު އާއި ޢަމޫރަތު ދެރަސްކަލުން ހަނގުރާމައިގެ މައިދާން ދޫކޮށް ފިލަން ދުވި ހިނދު އެ ދެރަސްކަލުންގެ ލަޝްކަރުގެ ބައެއް މީހުން ފިލަން އުޅެނިކޮށް އެ ވާދީގައި ވީ ތާރު ވަޅުތަކުގެ ތެރެއަށް ވެއްޓުނެވެ. ދެން އެތަނުގައި ވީ އެހެން ލަޝްކަރުތަކުގެ މީހުން ފަރުބަދަތަކުގެ ތެރެއަށް ގޮސް ފިލިއެވެ.


ދެން އެދެބޭކަލުން ސަދޫމުއަށް ދިއުމުގެ މަގުގައި ދަތުރުކޮށް ދިޔަ ނަމަވެސް މާތްރަސްކަލާނގެ އިބްރާހީމްގެފާނުގެ ކައިރީގައި މަޑުކުރެއްވިއެވެ.


ނަމަވެސް ލޫޠުގެފާނު އެމަލާއިކަތުންނަށް ވިދާޅުވިއެވެ. ”⁠އާދޭސް ކޮށްފަ ދަންނަވަން ތިޔަހެން ނަހައްދަވާ.


އަވަސް ކުރޭ! ތިބާ އެތަނަށް ވަޑައިގެން ރައްކާތެރި ވެވުމުން ނޫނީ އަހަރެންނަކަށް މިރަށް ނެތިކޮށެއް ނުލެވޭނެ.⁠“ ފަހުން އެ ރަށަށް ޞޫޣަރުއޭ ކިއުނީ އެރަށަކީ ކުޑަރަށެއް ވީމައެވެ.


އެވަގުތު ލޫޠުގެފާނުގެ އަނބިކަނބަލުން އެނބުރި އެދިމާއަށް ބެއްލެވިއެވެ. ހަމައެ ހިނދު އެކަނބުލޭގެފާނު ލޮނުގެ ތަނބަކަށް ވެއްޖެއެވެ.


ލޫޠުގެފާނު ޞޫޣަރުގައި ދިރިއުޅުއްވަން ބިރުފުޅުގެން އެކަލޭގެފާނު ގެ ދެއަންހެން ދަރިންނާއި އެކު ފަރުބަދައިގައިވާ ހޮހަޅައަކަށް ވަޑައިގެން އެތާނގައި ދިރިއުޅުއްވިއެވެ.


ޔަޙުޔާގެފާނު ތައުބާގެ ހިނެވުމުން މީސްތަކުން ހިނަވައިދެއްވަމުން ގެންދެވި ތަނަށް ފަރީސީންނާއި ސާދުސީނުގެ ގިނަ ޢަދަދެއްގެ ބަޔަކު އައެވެ. ޔަޙުޔާގެފާނަށް އެބައިމީހުން ފެނިވަޑައިގެންނެވި ހިނދު އެބައިމީހުންނާއި ދިމާލަށް ވިދާޅުވިއެވެ. ”⁠އޭ ހަރުފަތަކުގެ ދަރިންނޭ! ތައުބާނުވެ ހަމައެކަނި ހިނައިގަތުމުގެ ސަބަބުން މާތްރަސްކަލާނގެ ކޯފާއިން ސަލާމަތްވާނެ ކަމަށް ހީކުރަނީތަ؟


ދިރިއުޅުމަށް ބޭނުންވަނީ ހަމަ އެކަނި ކާނާއެއް ނޫން. އަދި ހަށިގަނޑަށް ބޭނުން ވަނީކީ ހަމަ އެކަނި އަންނައުނެއް ވެސް ނޫން.


އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠ބިންކޮނުމަށް އުދަލީގައި ހިފުމަށް ފަހު ފަހަތަށް ޖެހިއްޖެ މީހަކީ މާތްރަސްކަލާނގެ ރަސްކަންފުޅަށް ޚިދުމަތްކުރުމަށް އެކަށީގެންވާ މީހެއް ނޫން.⁠“


މިހެން މިކަންތައް އޮތް އިރު އީސާގެފާނުގެ ފަރާތްޕުޅުން އަންނަ މިފަދަ ނަޖާ ކުރެއްވުމަކާ މެދު ފަރުވާ ކުޑަކޮށްލައި ތިބެގެން އަހަރެމެން މިންޖުވާނީ ކިހިނެއްހެއްޔެވެ؟ އެންމެ ފުރަތަމައިނުން މި ދިންނެވުމުގެ ވާހަކަ އިއުލާން ކުރެއްވީ ޚުދު މާތްސާހިބާ އީސާގެފާނެވެ. އެކަލޭގެފާނު މިހެން ވިދާޅުވި އަޑު އެހި މީހުން މިކަން އަހަރެމެންނަށް ޔަޤީން ކޮށްދިނެވެ.


އެރޭ ދާއޫދުގެ ގޭދޮށަށް ޝާއުލްގެފާނުގެ ސިފައިން ފޮނުވިއެވެ. އެއީ ވަރަށް ހެނދުނު އޭނާ ނުކުންނަ ތަނުން މަރާލުމަށެވެ. ދާއޫދުގެ އަންހެނުން މީކާލް އޭނާއަށް ޚަބަރު ކުރިއެވެ. ”⁠މިރޭ ކަލޭ ނުފިލައިފި ނަމަ މާދަމާ އިރު އަރާއިރު އެމީހުން ކަލޭ މަރާލާނެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ