ފެށުން 19:14 - ކިތާބުލް މުޤައްދަސާ14 ދެން ލޫޠުގެފާނު އެކަލޭގެފާނުގެ އަންހެންދަރިންނާއި އިނުމަށް ހަމަޖެހިފައިވާ ފިރިހެންކުދިންގެ ގާތަށް ގޮސް ބުންޏެވެ. ”އަވަސްކުރޭ އަވަހަށް މިރަށުން ބޭރަށް ދޭ. މާތްރަސްކަލާނގެ އެއުޅުއްވަނީ މިރަށް ނެތިކޮށްލައްވަން.“ ނަމަވެސް އެޒުވާން ފިރިހެނުން ލޫޠުގެފާނުގެ ބަސްފުޅަކަށް އަޅައެއް ނުލިއެވެ. އެމީހުން ހީކުރީ އެކަލޭގެފާނު ސަމާސައެއް ކުރައްވަނީ ކަމަށެވެ. အခန်းကိုကြည့်ပါ။ |
އެބޭކަލުން އެރަށުން ބޭރަށް ނެރުއްވުމަށް ފަހު އޭގެ ތެރެއިން އެއް މަލާއިކަތަކު ވިދާޅުވިއެވެ. ”ތިޔަބައިމީހުން ފުރާނަ ސަލާމަތް ކުރައްވަންޏާ އަވަހަށް މިތަނުން ދުވެދޭ! ފަހަތަށް އެނބުރި އެއްގޮތަކަށް ވެސް ނުބައްލަވާތި އަދި ތިރީ ވާދީގައި ވެސް މަޑުނުކުރައްވާތި. އަވަހަށް ފަރުބަދަ މައްޗަށް އަރާވަޑައިގަންނަވާ. އެހެންނޫނީ ތިޔަ އެންމެން ނެތިވެދާނެ!“
އެ ދަންވަރު ފިރުޢައުނު ރަސްގެފާނު މޫސާގެފާނާއި ހާރޫނުގެފާނު ގެންނަވައިފިއެވެ. ”ހަމަ މިހާރު ދޭ!“ ފިރުޢައުނު އަމުރު ކުރެއްވިއެވެ. ”އަހަރެންގެ މީހުންގެ ގާތުން ކަލޭމެން ދޭ. ކަލޭމެންނާއެކު ކަލޭގެ އިސްރާއީލީންގެ އެންމެން ވެސް ގެންދޭ! ކަލޭމެން އެދުނު ފަދައިން ކަލޭމެންގެ މާތްރަސްކަލާނގެއަށް އަޅުކަން ކުރަން ދޭ!
އީސާ އަލްމަސީޙު އުފަންވެ ވަޑައިގަތް ހާދިސާ ހިނގީ މިފަދައިންނެވެ. އެކަލޭގެފާނުގެ މައިކަމަނާ މަރިޔަމްގެފާނު އޭރު ވަނީ ޔޫސުފު ކިޔާ މީހަކާއި ކައިވެނި ކުރެއްވުމަށް ޓަކައި ރަންކިޔާފައެވެ. ނަމަވެސް އެމީހުން ކައިވެނި ކުރުމުގެ ކުރިން މަރިޔަމްގެފާނު އާލާސްވެ އިންނެވިއެވެ. އެކަމަނާ އާލާސްވެ އިންނެވީ މާތްރަސްކަލާނގެ މަތިވެރި ރޫޙުފުޅުންނެވެ.
އެ ހިނދު ދުނިޔޭގެ މީސްތަކުން މިފަދައިން ބުނާނެއެވެ. ”އަހަރެމެން ސުލްޙައިގައި ވަމެވެ. އަދި އަހަރެމެން ސަލާމަތުން ވަމެވެ.“ އެހެނަސް އެބައިމީހުންގެ މައްޗަށް ހަލާކު ކުރިމަތި ވެދެއެވެ. މިފަދައިން ކަންތައްތައް ވާނީ ނުހަނު އަވަހަށެވެ. އެއީ މާބަނޑު އަންހެނަކު ދަރިއަކު ވިހެއުމުގައި އަޅާ ވޭންވަރު ފަދައިން ހިނގާނެ ކަމެކެވެ. އެބައިމީހުންނަށް ސަލާމަތެއް ނެތެވެ.