ފެށުން 19:13 - ކިތާބުލް މުޤައްދަސާ13 އެހެނީ އަހަރެމެން މި އުޅެނީ މިތަން ފަނާކޮށްލަން. އެމީހުންނާމެދު ކުރެވިފައިވާ ބޮޑުވެގެންވާ ތުހުމަތުގެ އަޑު މާތްރަސްކަލާނގެ އައްސަވައި އަހަރެމެން ފޮނުއްވީ މިރަށް ނައްތާލަން.“ အခန်းကိုကြည့်ပါ။ |
މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”އިބްރާހީމްގެފާނު، ތިމަންކަލާނގެ ސަދޫމު އާއި ޢަމޫރަތުގެ މީހުންގެ ހައްދުފަހަނައަޅައިފައިވާ ނުބައި އަމަލުތަކާ މެދު ގިނަގުނަ ވާހަކަތަކެއް އަހައިފީމު. އެމީހުންގެ ހުރިހާ ޢަމަލަކީ ނުބައި ފާފަވެރި އަމަލުތަކެއް ކަމުގައި ވުމުން ތިމަންކަލާނގެ އެމީހުންގެ ކައިރިއަށް ގޮސް މިހުރިހާ ކަންތައްތަކުގެ ދޮގުތެދު ބައްލަވާނަން.“
ހަމައެވަގުތު މާތްރަސްކަލާނގެ ފޮނުއްވި މަލާއިކަތަކު ހެރޮދުއަށް ހަމަލާދިނުމުން އޭނާއަށް ބައްޔެއްޖެހުނެވެ. ދެން އޭނާގެ ހަށިގަނޑުގައި ފަނިތަކެއް އުފެދި ހަށިގަނޑު ހަލާކުވެ އެ ގޮތުގައި އޭނާ މަރުވެ ދިޔައެވެ. ހެރޮދުއާއި ދޭތެރޭ މި ފަދައިން ކަންތައް ވީ އެއީ އޭނާ މާތްރަސްކަލާނގެ ކިބަފުޅަށް ޙައްޤުވެގެންވާ ސަނާ އެކަލާނގެ ކިބަފުޅަށް ނުދީ އެ ސަނާ އަމިއްލެއަށް ލިބިގަތުމުންނެވެ.
އަދި ކަލޭމެންގެ ދަނޑުތަކުގައި ގޮވާން ކޮށްދިން ދަނޑުވެރިންނަށް ކަލޭމެން ޚިޔާނާތްތެރިވެ އެބައިމީހުންނަށް ލިބިދޭންޖެހޭ މަސައްކަތުގެ އުޖޫރަ ނުދިނުމުން ކަލޭމެންނާއި ދެކޮޅުވެރިވެ އެބައިމީހުން އަޑުލަނީއެވެ. އެބައިމީހުން އުޖޫރައަށް އެދި ކުރި ޝަކުވާތަކުގެ އަޑު އެންމެހާ ކަމަކަށް ކުޅަދުންވަންތަ މާތްރަސްކަލާނގެ އައްސަވާވޮޑިގެންވިއެވެ.
ސަދޫމު އާއި ޢަމޫރަތުގެ މަތިންނާއި އަދި އެ ސަހަރުތަކުގެ ކައިރީގައި ވީ އެހެނިހެން ސަހަރުތަކުގެ މަތިން ހަނދާންކުރާށެވެ. އެ ސަހަރުތަކުގެ އަހުލުވެރިން ވަނީ ފާހިޝް އަމަލުތައް ކުރުންމަތީގައެވެ. އަދި މިކަންތަކުގެ ތެރޭގައި އެބައިމީހުން ނުކުރާކަ ނުބައިވެގެންވީ ޢަމަލެއް ނުމެނެތްމެއެވެ. އެ ސަހަރުތައް ނެތި ކުރެއްވީ އަލިފާން ފޮނުއްވައެވެ. އެއީ ނުބައިވެގެންވީ ހުރިހާ އެންމެންގެ މައްޗަށް ފޮނުއްވާނޭ ނިމުމެއް ނުވާ އަލިފާނުގެ ގަދަފަދަ ޢުޤޫބާތުގެ މިސާލެއްމެއެވެ.