Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 19:12 - ކިތާބުލް މުޤައްދަސާ

12 އެދެމަލާއިކަތުން ލޫޠުގެފާނަށް ވިދާޅުވިއެވެ. ”⁠ތިބާގެ ދަނބިދަރިއެއް، ފިރިހެންދަރިއެއް، އަންހެންދަރިއެއް އަދި އެހެން ވެސް އިތުރު އެއްވެސް ތިމާގެ މީހަކު މިރަށުގައި ވޭތަ؟ ވާނަމަ އެމީހުން ގާތު އަވަހަށް މިރަށުން ދާން ވިދާޅުވޭ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 19:12
13 ပူးပေါင်းရင်းမြစ်များ  

ދެން އެމަލާއިކަތުން އެތާނގައި ވީ އެންމެންގެ ލޯތައް އަނދިރި ކުރެއްވިއެވެ. އެހެންކަމުން އޭގެން އެކަކަށް ވެސް ދޮރެއް ނުފެނުނެވެ.


އެހެނީ އަހަރެމެން މި އުޅެނީ މިތަން ފަނާކޮށްލަން. އެމީހުންނާމެދު ކުރެވިފައިވާ ބޮޑުވެގެންވާ ތުހުމަތުގެ އަޑު މާތްރަސްކަލާނގެ އައްސަވައި އަހަރެމެން ފޮނުއްވީ މިރަށް ނައްތާލަން.⁠“


ދެން ލޫޠުގެފާނު އެކަލޭގެފާނުގެ އަންހެންދަރިންނާއި އިނުމަށް ހަމަޖެހިފައިވާ ފިރިހެންކުދިންގެ ގާތަށް ގޮސް ބުންޏެވެ. ”⁠އަވަސްކުރޭ އަވަހަށް މިރަށުން ބޭރަށް ދޭ. މާތްރަސްކަލާނގެ އެއުޅުއްވަނީ މިރަށް ނެތިކޮށްލައްވަން.⁠“ ނަމަވެސް އެޒުވާން ފިރިހެނުން ލޫޠުގެފާނުގެ ބަސްފުޅަކަށް އަޅައެއް ނުލިއެވެ. އެމީހުން ހީކުރީ އެކަލޭގެފާނު ސަމާސައެއް ކުރައްވަނީ ކަމަށެވެ.


އެބޭކަލުން އެރަށުން ބޭރަށް ނެރުއްވުމަށް ފަހު އޭގެ ތެރެއިން އެއް މަލާއިކަތަކު ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުން ފުރާނަ ސަލާމަތް ކުރައްވަންޏާ އަވަހަށް މިތަނުން ދުވެދޭ! ފަހަތަށް އެނބުރި އެއްގޮތަކަށް ވެސް ނުބައްލަވާތި އަދި ތިރީ ވާދީގައި ވެސް މަޑުނުކުރައްވާތި. އަވަހަށް ފަރުބަދަ މައްޗަށް އަރާވަޑައިގަންނަވާ. އެހެންނޫނީ ތިޔަ އެންމެން ނެތިވެދާނެ!⁠“


އަވަސް ކުރޭ! ތިބާ އެތަނަށް ވަޑައިގެން ރައްކާތެރި ވެވުމުން ނޫނީ އަހަރެންނަކަށް މިރަށް ނެތިކޮށެއް ނުލެވޭނެ.⁠“ ފަހުން އެ ރަށަށް ޞޫޣަރުއޭ ކިއުނީ އެރަށަކީ ކުޑަރަށެއް ވީމައެވެ.


ދެން މާތްރަސްކަލާނގެ ނޫޙުގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ތިބާއާއި ތިބާގެ އާއިލާ ނަވަށް އަރާ. އެއީ ތިމަންކަލާނގެ މިޒަމާނުގެ މީހުންގެ ތެރެއިން ރުހިވޮޑިގެންވާ މީހަކީ ހަމައެކަނި ތިބާ ކަމުގައި ދެކެވޮޑިގެންވާތީ.


ނަމަވެސް އެ ހިނދު ލޫތުގެފާނު ސަދޫމުން ނެރުއްވައި އެކަލޭގެފާނު ސަލާމަތް ކޮށްދެއްވީ އެކަލޭގެފާނުގެ ވަށައިގެންވާ އެންމެހައި ފާފަވެރި ވަޙުޝީ އަމަލުތަކުން ހިތްދަތިވެފައި އެކަލޭގެފާނު ސާލިޙު ގޮތުގައި ހުންނެވުމުގެ ސަބަބުންނެވެ.


މިކަންތައްތައް ދައްކައިދެނީ ސާލިޙު ގޮތުގައިވާ ފަރާތްތަކަށް ކުރިމަތިވާނެ މުސީބާތްތަކުން ސަލާމަތް ކޮށްދެއްވަން އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި އިންސާފު ކުރައްވާ ދުވަހުން ފާޙިޝް އަމަލުތަކުގައި ވާ ފަރާތްތަކަށް ޢުޤޫބާތް ދެއްވުމުގައި ސާހިބުވަންތަ ރަސްކަލާނގެ ކުޅަދުންވަންތަކަމެވެ.


ދެން އަހަރެންނަށް އުޑުން އެހެން އަޑެއް އިވުނު. ”⁠އަހަރެންގެ މީހުންނޭ، އާދޭ! އެއަންހެނާ ދޫކޮށް އެތަނުން ނުކުމޭ! އޭނާ ކުރާ ފާފައިގެ ތެރޭގައި ތިޔަބައިމީހުން ބައިވެރި ނުވާތި! އޭރުން އޭނާއަށް ލިބޭ އަޒާބު ތިޔަބައިމީހުންނަށް ނުލިބޭނެ!


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ