Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 19:1 - ކިތާބުލް މުޤައްދަސާ

1 އެދެމަލާއިކަތުން ސަދޫމުއަށް ވަޑައިގަތީ ހަވީރު އިރުއޮއްސެނިކޮށްނެވެ. އޭރު ލޫޠުގެފާނު އެރަށުގެ ބޮޑުދޮރޯށި ދޮށުގައި ހުންނެވިއެވެ. އެކަލޭގެފާނަށް އެދެމަލާއިކަތުން ފެނިވަޑައިގަތުމުން ތެދުވެވަޑައިގެން އެދެމަލާއިކަތުންގެ ކުރިފުޅުމަތީ ބިންމަތީގައި ނިތްކުރި ޖެއްސެވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 19:1
15 ပူးပေါင်းရင်းမြစ်များ  

މިއީ ތާރަޙުގެ ދަރިކޮޅު ފެތުރުނު ގޮތުގެ ވާހަކައެވެ. ތާރަޙުއަށް އަބްރާމް އާއި ނާޙޫރު އާއި ހާރާން މިތިން ދަރިން ލިބުނެވެ. ހާރާން އަކީ ލޫޠުގެފާނުގެ ބައްޕައެވެ.


އަބްރާމް ކަންޢާނުގައި މަޑުކުރެއްވިއެވެ. ނަމަވެސް ލޫޠުގެފާނު ވާދީގެ ތެރޭގައި ސަދޫމުއާ ވަރަށް ގާތުގައި ވަޒަންވެރިވެ ވަޑައިގަތެވެ.


ދެން އެބޭކަލުން ފަރިއްކުޅުއްވުމަށް ފަހު ސަދޫމު އާއި ދިމާއަށް ދަތުރު ފެއްޓެވިއެވެ. އިބްރާހީމްގެފާނު ވެސް ކުޑަތަންކޮޅަކަށް އެބޭކަލުންނާއި އެކުގައި ވަޑައިގަތެވެ.


ދެން އެދެބޭކަލުން ސަދޫމުއަށް ދިއުމުގެ މަގުގައި ދަތުރުކޮށް ދިޔަ ނަމަވެސް މާތްރަސްކަލާނގެ އިބްރާހީމްގެފާނުގެ ކައިރީގައި މަޑުކުރެއްވިއެވެ.


ނަމަވެސް އެވަގުތު އެގޭތެރޭގައި ވީ ދެމަލާއިކަތުން ލޫޠުގެފާނު ދޮރުން އެތެރެއަށް ދަމައިގަންނަވައި ދޮރު ލެއްޕެވިއެވެ.


ލޫޠުގެފާނު ވިދާޅުވިއެވެ. ”⁠އަޅުގަނޑުމިއީ ތިޔަ ބޭކަލުންގެ ޚާދިމަކީން. ތިޔަ ބޭކަލުން ފެންވަރާ ނިދިކުރެއްވުމަށް އަޅުގަނޑުގެ ގެއަށް މެހެމާނުންގެ ގޮތުގައި ދުރުވޭ. މާދަމާ އިރުއެރުމުން ތިޔަބޭކަލުންގެ މަގުގައި ކުރިއަށް ދުރުވޭ.⁠“ އެމަލާއިކަތުން ވިދާޅުވިއެވެ. ”⁠ނޫން އަހަރެމެން މިރަށުގެ މައިދާނުގައި މިރޭ މަޑުކޮށްލަފާނަން.⁠“


ދެވަނަ ފަހަރަށް ޙިއްޘީންނަށް އިބްރާހީމްގެފާނު ކުރުނީސް ކުރައްވާ އެކަލޭގެފާނު ޢިފްރޫންއަށް ވިދާޅުވިއެވެ. ”⁠މިތަނުގައި މިތިބަ ހުރިހާ އެންމެން ހެކިކޮށް ބުނަން. އެބިމުގެ ޖުމުލަ އަގު އަހަރެންގެ ފަރާތުން ބަލައިގަނޭ. އެއަށް ފަހު އަހަރެންގެ އަންހެނުންގެ ގަބުރު އެތަނުގައި ވަޅުލާނަން. އަދި އަހަރެންގެ މިހުށަހެޅުމަށް އިޙްތިރާމްކޮށް އެ ފައިސާ ބަލައިގަނޭ. އަހަރެންނަށް އެތަން ވިއްކާ. އެތަނުގެ ފުރިހަމަ އަގު ގަބޫލުކުރޭ.⁠“


އެއަށް ފަހު ޔޫސުފުގެފާނު އެކަލޭގެފާނުގެ ދެދަރިކަލުން އިސްރާއީލުގެފާނުގެ އުނގުފުޅުން ނެންގެވުމަށް ފަހު އިސްރާއީލުގެފާނުގެ ކުރިފުޅުމަތީގައި ގުދުވެ ކުރުނީސް ކުރެއްވިއެވެ.


ލޫތުގެފާނުގެ ޒަމާނުގައި ވެސް ކަންތައްތައް ވީ ހަމަ އެފަދައިން. މީހުން ކައިބޮއި ގަނެވިއްކާ ގޮވާން އިންދާ ގެތައް ބިނާކޮށް އުޅުނު.


އަދި މެހުމާނުން ކަލޭމެންގެ ގެޔަށް ގެންނާށެވެ. މިގޮތުން ބައެއް މީހުންނަށް ނޭނގި މަލާއިކަތުން ވެސް ގެޔަށް ގެނެވިފައި އެބަ ހުއްޓެވެ.


މިވަގުތު ބޫޢަޒު އެރަށުގެ މިފަދަ ޖަލްސާތަކަށް އެއްވާ ތަނަށް ހިނގައްޖެއެވެ. އޭރު ރަށުގެ ކަމުވޮށިވެގެންވާ މީހުން އެތަނަށް އައިސް ތިއްބެވެ. ދެން އެތަނަށް އަލީމާލިކުގެ އެންމެ ގާތް ތިމާގެ މީހާ އައުމުން އޭނާ ބުންޏެވެ. ”⁠އައިސް މިތާ އިށީނދޭ.⁠“ ދެން އޭނާ އިށީނދެއްޖެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ