ފެށުން 18:9 - ކިތާބުލް މުޤައްދަސާ9 ފަރިއްކޮޅުން ނިމިވަޑައިގެން އެބޭކަލުން އިބްރާހީމްގެފާނަށް ދެންނެވިއެވެ. ”ކަލޭގެފާނުގެ އަނބިކަނބަލުން ސާރާ ކޮބައިތޯ؟“ އިބްރާހީމްގެފާނު ޖަވާބުގައި ދެންނެވިއެވެ. ”އެކަނބަލުން ފޭލިގޭގައި އެބަ އިންނެވި.“ အခန်းကိုကြည့်ပါ။ |
ދެން އިސްޙާޤުގެފާނު، އެކަލޭގެފާނުގެ މައިކަމަނާ ސާރާ އަވަހާރަވެ ވަޑައިގެންނެވުމަށް ދާންދެން އުޅުއްވި ފޭލިގެކޮޅަށް ރިފްޤާ ގެންދިޔައެވެ. އަދި ރިފްޤާ އާއި ކައިވެނި ބައްލަވައިގަތެވެ. ރިފްޤާ ދެކެ އިސްޙާޤުގެފާނު ނިހާޔަތަށް ލޯބިފުޅުވިއެވެ. އަދި މި ކައިވެނީގެ ސަބަބުން އެކަލޭގެފާނުގެ މައިކަމަނާ ނެތުމުގެ އުނިކަން ފިލައި ހިތްޕުޅު ހަމަޖެހިވަޑައިގަތެވެ.
އެއަށް ފަހު ޔަޢުޤޫބުގެފާނު ޖައްސަވާފައިވާ ފޭލިގެތަކުގެ ތެރެއިން ތަފާތު ފޭލިގެތައް ލަބާން ބަލައި ހޯދަންފެށިއެވެ. އެގޮތުން އެންމެ ފުރަތަމައަށް އޭނާ ބަލައި ހޯދީ ޔަޢުޤޫބުގެފާނު ހުންނެވި ފޭލިގެކޮޅެވެ. އެއަށް ފަހު ލައިއަތު އާއި ޔަޢުޤޫބުގެފާނުގެ ޖާރިޔާއިން ތިބި ފޭލިގެ ހޯދިއެވެ. ނަމަވެސް މިއިން އެއްވެސް ފޭލިގެ އަކުން ލަބާންއަށް އޭނާގެ ކަލާނގެތަކެއް ނުފެނުނެވެ. އެންމެފަހުން ރާޙީލްގެ ފޭލިގެ ބަލައިހޯދުމަށް އޭނާ އެ ފޭލިގެއަށް ދިޔައެވެ.
އިބްރާހީމްގެފާނު، ވަޢުދު ކުރެއްވުނު ޤައުމުގައި ބީރައްޓެއްސެއްގެ ގޮތުގައި އުޅުއްވީވެސް އެކަލޭގެފާނުގެ އީމާންތެރިކަމުގެ ސަބަބުންނެވެ. އެރަށުގައި އެކަލޭގެފާނު ދިރި އުޅުއްވީ ފޭލިގެގަނޑެއްގައެވެ. ޔަޢުޤޫބުގެފާނާއި އިސްޙާޤުގެފާނު ވެސް އުޅުއްވީ އެފަދަ ހާލުކޮޅެއްގައެވެ. އެ ދެބޭކަލުންނަށް ވެސް ވަނީ ހަމަ އެއް ވަޢުދުފުޅެއް ކުރައްވާފައެވެ.