Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 18:8 - ކިތާބުލް މުޤައްދަސާ

8 އޭގެ ފަހުން އެގަސްދަށުގައި އެކަލޭގެފާނުގެ މެހުމާނުންނަށް މަހާއި، ކިރުގެ އިތުރުން ހުތްކިރުގެ ފަރިއްކޮޅެއް އެރުއްވިއެވެ. އެބޭކަލުން ފަރީއްކުޅުއްވި ހިނދު އިބްރާހީމްގެފާނު ތަށިމަތި ބަލަހައްޓަވަން އެ ގަސްދޮށުގައި ހުންނެވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 18:8
17 ပူးပေါင်းရင်းမြစ်များ  

އެހެން ވިދާޅުވުމަށް ފަހު ދުވެވަޑައިގެން އެކަލޭގެފާނުގެ ޖަނަވާރުތަކުގެ ތެރެއިން ރޫފަ ރަނގަޅު މަސްފަލަ ޅަގެރިއެއް ހިއްޕަވައިގެން ވަޑައިގަންނަވައި ނޯކަރަކާ ހަވާލު ކުރައްވައި، އަވަހަށް ފަރިއްކޮޅެއް ތައްޔާރު ކުރުމަށް ވިދާޅުވިއެވެ.


ފަރިއްކޮޅުން ނިމިވަޑައިގެން އެބޭކަލުން އިބްރާހީމްގެފާނަށް ދެންނެވިއެވެ. ”⁠ކަލޭގެފާނުގެ އަނބިކަނބަލުން ސާރާ ކޮބައިތޯ؟⁠“ އިބްރާހީމްގެފާނު ޖަވާބުގައި ދެންނެވިއެވެ. ”⁠އެކަނބަލުން ފޭލިގޭގައި އެބަ އިންނެވި.⁠“


ނަމަވެސް ލޫޠުގެފާނު އެމަލާއިކަތުންނަށް އާދޭސްކުރުމުން އެބޭކަލުން އެގޮތާއި އެއްބަސްވެލެއްވިއެވެ. ދެން ލޫޠުގެފާނު ކަމީރުނުލާ ޕާން ފިހެ ކެއުން ތައްޔާރުކުރުމުން އެމަލާއިކަތުން ކޭންބެއްލެވިއެވެ.


އޭނާގެ ވެރިމީހާ އަންނައިރު ތައްޔާރަށް ތިބި ނޯކަރުންނަށް އެކަމުން ފައިދާވާނެ. އަހަރެން ބުނަންތަ؟ އޭރުން އެމީހުންގެ ވެރިމީހާ އުފަލުން އެމީހުން މޭޒު ދޮށަށް ގެނެސް އެމީހުންނަށް ކާން ހަދައިދޭނެ.


އެހެންނެއް ނުވާނެ. އޭގެބަދަލުގައި އެނޯކަރަށް ކަލޭ ބުނާނީ ’⁠ރޭގަނޑުގެ ކެއުން ތައްޔާރު ކުރާށޭ. އަދި ފެންވަރައިގެން އައިސް އަހަރެން ކައި ނިމެންދެން މަޑުކުރާށޭ. އޭގެ ފަހުން ދެން ކަލޭ ކާށޭ.⁠‘


އީސާގެފާނު އެމީހުންނާއި އެކު ކޭން ބައްލަވަން އިށީނދެ ވަޑައިގެން ބޯރޮއްޓެއް ނަންގަވާ މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ދަންނަވާ އެބޯރޮށި ދެފަޅި ކޮށްލެއްވިއެވެ. އަދި އެބޯރޮށި ބައިބައި ކޮށްލައްވާ އެމީހުންނަށް ދެއްވަން ފެއްޓެވިއެވެ.


އެކަލޭގެފާނު އެބައިމީހުންގެ ކުރިމަތީގައި މި މަސްކޮޅު ފަރީއްކުޅުއްވިއެވެ.


އެމީހުން އެތަނުގައި އެކަލޭގެފާނަށްޓަކައި ފަރިއްކޮޅެއް ތައްޔާރު ކުރިއެވެ. ސުފުރާމަތީގެ ކަންތައް ބެލެހެއްޓުމަށް އުޅުނީ މަރުތާއެވެ. އެ މޭޒުކޮޅުގައި އެކަލޭގެފާނާއެކު ފަރީއްކުޅުއްވުމުގައި ބައިވެރި ވީ މީހުންގެ ތެރޭން އެކަކީ ލާޒަރު އެވެ.


އެންމެންގެ ކުރި މައްޗަކަށް ނޫން. ހަމަ އެކަނި މާތްރަސްކަލާނގެ މާކުރީއްސުރެ ވެސް މިކަންތަކަށް ހެކިވުމަށް ހަމަޖައްސަވާފައިވީ މީހުން ކަމުގައި ވާ މީހުންގެ ކުރިމައްޗަށޭ. އަހަރެމެން މިއީ އެކަލޭގެފާނު އަލުން ދިރި ވަޑައިގެން ހިނދު އެކަލޭގެފާނާއި އެކު ކައި ބޮއި ހެދި މީހުންނޭ.


ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. މާތްރަސްކަލާނގެ ކަލޭމެން ތިޔަވަނީ އިޚުތިޔާރު ކުރައްވައި މިނިވަން ކުރައްވާފައެވެ. ނަމަވެސް އެއަކީ އެމިނިވަން ކަމުގެ ބޭނުންކޮށް ކަލޭމެންގެ އަމިއްލަ ފާފަވެރި އެދުންތައް ފުއްދުމަށް ދެއްވި މިނިވަންކަމެއް ނޫނެވެ. އެއީ އެކަކު އަނެކަކަށް އެހީވެ ލޯބިވުމަށްޓަކައި ދެއްވި މިނިވަންކަމެކެވެ.


ދެކިބަލަ! ދޮރުގެ ކައިރީގައި ހުރެ އަހަރެން ޓަކިދެން. އަހަރެންގެ އަޑު އިވޭ މީހަކުނަމަ ދޮރު ހުޅުވާ. އަހަރެން އެބައިމީހުންގެ ގެއަށް ވަދެ އެބައިމީހުންނާއި އެކުގައި ކާނަން. އަދި އެބައިމީހުންނަށް އަހަރެންނާއި އެކުގައި ކެވޭނެމެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ