Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 18:7 - ކިތާބުލް މުޤައްދަސާ

7 އެހެން ވިދާޅުވުމަށް ފަހު ދުވެވަޑައިގެން އެކަލޭގެފާނުގެ ޖަނަވާރުތަކުގެ ތެރެއިން ރޫފަ ރަނގަޅު މަސްފަލަ ޅަގެރިއެއް ހިއްޕަވައިގެން ވަޑައިގަންނަވައި ނޯކަރަކާ ހަވާލު ކުރައްވައި، އަވަހަށް ފަރިއްކޮޅެއް ތައްޔާރު ކުރުމަށް ވިދާޅުވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 18:7
11 ပူးပေါင်းရင်းမြစ်များ  

އިބްރާހީމްގެފާނު އަވަސްގޮތަކަށް ފޭލިގެ ތެރެއަށް ވަޑައިގަންނަވައި ސާރާއަށް ގޮވާ ލެއްވިއެވެ. ”⁠އަވަސްކުރޭ! ތިބާގެ ފުށްބަސްތާތަކުން އެންމެ މޮޅު ފުށުގެ ދެތިން ޑަބިޔާ ނަގައި ރޮށި ފިހޭ.⁠“


އޭގެ ފަހުން އެގަސްދަށުގައި އެކަލޭގެފާނުގެ މެހުމާނުންނަށް މަހާއި، ކިރުގެ އިތުރުން ހުތްކިރުގެ ފަރިއްކޮޅެއް އެރުއްވިއެވެ. އެބޭކަލުން ފަރީއްކުޅުއްވި ހިނދު އިބްރާހީމްގެފާނު ތަށިމަތި ބަލަހައްޓަވަން އެ ގަސްދޮށުގައި ހުންނެވިއެވެ.


ނަމަވެސް ލޫޠުގެފާނު އެމަލާއިކަތުންނަށް އާދޭސްކުރުމުން އެބޭކަލުން އެގޮތާއި އެއްބަސްވެލެއްވިއެވެ. ދެން ލޫޠުގެފާނު ކަމީރުނުލާ ޕާން ފިހެ ކެއުން ތައްޔާރުކުރުމުން އެމަލާއިކަތުން ކޭންބެއްލެވިއެވެ.


އެއަށް ފަހު ރަސްގެފާނު އޭނާގެ އެހެނިހެން ނޯކަރުންނަށް މިފަދައިން ބުނެ ފޮނުވީ. ’⁠ދަޢުވަތު ދެވުނު ހުރިހާ އެންމެންގެ ކައިރިއަށް ގޮސް ތިމަންނާގެ ފިރިހެން ދަރިފުޅުގެ ކައިވެނީގެ ޖާފަތް ތައްޔާރު ވެއްޖެއޭ ބުނޭ. އެންމެ މަސްފަލަ ފިރިހެން ގެރި އާއި، ޅަ ގެރި ކަތިލައި ތައްޔާރު ކޮށްފީމޭ. އަދި ހުރިހާ ތަކެއްޗެއް ވެސް ހުރީ ތައްޔާރުވެފައޭ. ތިމަންނާގެ ފިރިހެން ދަރިފުޅުގެ ކައިވެނީގެ ވަލީމާއަށް އަންނާށޭ.⁠‘


އަދި ޚާއްސަ މުނާސަބަތަކަށްޓަކައި ފަލަ ކުރެވިފައިވާ ޅަ ގެރި ކަތިލާ ބޮޑު ކެއުމެއް ތައްޔާރު ކުރާށޭ. މި އުފާވެރި މުނާސަބަތު ފާހަގަ ކުރަން ވާނޭ.


އެމީހާ ޖަވާބުގައި ބުނި. ’⁠ސާހިބާގެ ގެއްލިފައި ވީ ކޮއްކޮ އެނބުރި ގެއަށް އަތުވެއްޖޭ. އަދި ސާހިބާގެ ބައްޕަ ޚާއްސަކޮށް ފަލަ ކުރި ޅަ ގެރި ކަތިލާ އެކަމުގެ އުފާ ފާޅުކުރުމުގެ ގޮތުން ބޮޑު ކެއުމެއް ތައްޔާރު ކޮށްފިއޭ.⁠‘


އެކަމަކު ބައްޕަގެ އެ ދަރި ބައްޕަގެ ލާރި ފާފަވެރި އަންހެނުންގެ މައްޗަށް ޚަރަދު ކޮށް ހުސް ކޮށްލާފައި އެނބުރި ގެއަށް އައުމުން ބައްޕަ ޚާއްސަކޮށް ފަލަ ކުރި ޅަ ގެރި އެކަން ފާހަގަ ކުރުމަށް ކަތިލާ ތިޔަ ބޮޑު ކެއުމެއް ތައްޔާރު ކުރީއޭ.⁠‘


އަންހެންމީހާގެ ގޭގައި ފަލަ ޅަގެރިއެއް އޮތެވެ. އޭނާ އަވަހަށް އޭތި ކަތިލާފައި ފުށް މޮޑެ ކަމީރު ނުލައި ރޮށި ފިހެފި އެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ