Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 18:6 - ކިތާބުލް މުޤައްދަސާ

6 އިބްރާހީމްގެފާނު އަވަސްގޮތަކަށް ފޭލިގެ ތެރެއަށް ވަޑައިގަންނަވައި ސާރާއަށް ގޮވާ ލެއްވިއެވެ. ”⁠އަވަސްކުރޭ! ތިބާގެ ފުށްބަސްތާތަކުން އެންމެ މޮޅު ފުށުގެ ދެތިން ޑަބިޔާ ނަގައި ރޮށި ފިހޭ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 18:6
15 ပူးပေါင်းရင်းမြစ်များ  

ތިޔަ ބޭކަލުން ފަރީއްކުޅުވުމަށް މިއަޅާ ފަރިއްކޮޅެއް އެބަ ގެންނަމު. އޭރުން ތިޔަ ބޭކަލުންގެ ދަތުރު ނިންމަވާލެއްވުމަށް ގަޔަށް ހަކަތަ ލިބިލައްވާނެ. ތިޔަ ބޭކަލުން މިއަޅާގެ ގެއަށް ޒިޔާރަތް ކުރައްވައި އަދި ތިޔަބޭކަލުންނަށް ޚިދުމަތް ކުރުމަށް މިއަޅާއަށް ފުރުސަތެއް ލިބުމަކީ މިއަޅާއަށް ލިބިދޭ ޝަރަފެއް.⁠“ އެބޭކަލުން ދެންނެވިއެވެ. ”⁠ކަލޭގެފާނުގެ ތިޔަ ހުށެހެޅުން އަޅުގަނޑުމެން ޝުކުރުވެރިކަމާއިއެކު ގަބޫލުކޮށްފިން.⁠“


އެހެން ވިދާޅުވުމަށް ފަހު ދުވެވަޑައިގެން އެކަލޭގެފާނުގެ ޖަނަވާރުތަކުގެ ތެރެއިން ރޫފަ ރަނގަޅު މަސްފަލަ ޅަގެރިއެއް ހިއްޕަވައިގެން ވަޑައިގަންނަވައި ނޯކަރަކާ ހަވާލު ކުރައްވައި، އަވަހަށް ފަރިއްކޮޅެއް ތައްޔާރު ކުރުމަށް ވިދާޅުވިއެވެ.


ނަމަވެސް ލޫޠުގެފާނު އެމަލާއިކަތުންނަށް އާދޭސްކުރުމުން އެބޭކަލުން އެގޮތާއި އެއްބަސްވެލެއްވިއެވެ. ދެން ލޫޠުގެފާނު ކަމީރުނުލާ ޕާން ފިހެ ކެއުން ތައްޔާރުކުރުމުން އެމަލާއިކަތުން ކޭންބެއްލެވިއެވެ.


އެހެންވެ އަމްނޫން ބަލިވެ ކަމަށް ހެދިގެން އެނދުގައި އޮށޯވެއްޖެއެވެ. ދާއޫދު ރަސްގެފާނު އަމްނޫނަށް ގޮވާލަން ވަޑައިގަތުމުން އޭނާ އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠އަޅުގަނޑުގެ ކޮއްކޮ ތާމާރު އައުމުގެ ހުއްދަ ދެއްވާ. އަދި އޭނާ ލައްވާ ދެ ކޭކު އަޅުއްވައި ދެއްވާ. އޭނާ އަޅުގަނޑު ބަލަން އޮއްވައި ކޭކު ފިހުނީމާ އޭނާގެ އަތުން އަޅުގަނޑު އެ ކޭކު ކައިފާނަން.⁠“


އީސާގެފާނު އެހެން މާނަފުން ވާހަކަފުޅެއް ވެސް ވިދާޅުވެ ދެއްވިއެވެ. ”⁠މާތްރަސްކަލާނގެ ރަސްކަންފުޅު ވާނީ އަންހެނަކު މޮޑުނު ބޮޑު ފުށްގަނޑެއްގެ ތެރެއަށް ލީ ކުޑަ ކަމީރު ކޮޅެއް ފަދައިން. ކުޑަ ހިނދު ކޮޅަކަށް ފަހު މުޅި އެ ފުށްގަނޑަށް އެކަމީރުކޮޅުގެ އަސަރު ފޯރާނެ.⁠“


ލީދިޔާ އާއި އޭނާގެ ގޭގެ އެންމެން ތައުބާގެ ހިނެވުމުން ހިނެވުނު ދުވަހު އަހަރެމެންނަށް އޭނާގެ ގެއަށް އައުމަށް ދައުވަތު ދީ ލީދިޔާ މި ފަދައިން ބުންޏެވެ. ”⁠އަހަރެން މިއީ ތެދު ގޮތުގައި އީސާގެފާނަށް އީމާންވެގެންވާ މީހަކު ކަމުގައި ކަލޭމެން ގަބޫލު ކުރަނީ ނަމަ ކަލޭމެން އަހަރެންގެ ގޭގައި ތިބޭ.⁠“ އަދި އޭނާ ކުރުނުކޮށް އެދެމުން ގެންދިއުމުން އެންމެފަހުން އަހަރެމެން އެއްބަސްވެ އެގެއަށް ދިޔައީ އެވެ.


ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ. މާތްރަސްކަލާނގެ ކަލޭމެން ތިޔަވަނީ އިޚުތިޔާރު ކުރައްވައި މިނިވަން ކުރައްވާފައެވެ. ނަމަވެސް އެއަކީ އެމިނިވަން ކަމުގެ ބޭނުންކޮށް ކަލޭމެންގެ އަމިއްލަ ފާފަވެރި އެދުންތައް ފުއްދުމަށް ދެއްވި މިނިވަންކަމެއް ނޫނެވެ. އެއީ އެކަކު އަނެކަކަށް އެހީވެ ލޯބިވުމަށްޓަކައި ދެއްވި މިނިވަންކަމެކެވެ.


އަދި މެހުމާނުން ކަލޭމެންގެ ގެޔަށް ގެންނާށެވެ. މިގޮތުން ބައެއް މީހުންނަށް ނޭނގި މަލާއިކަތުން ވެސް ގެޔަށް ގެނެވިފައި އެބަ ހުއްޓެވެ.


ފުރާގު ލިބުމަށާއި ދިރިއުޅޭނޭ ތަނަކަށް ބޭނުން ޖެހިފައިވާ ފަރާތްތަކަށް އުފާވެރިކަމާއެކު ތިޔަބައިމީހުންގެ ހިޔާވަހިތައް ޙިއްޞާކުރާށެވެ.


އަންހެންމީހާގެ ގޭގައި ފަލަ ޅަގެރިއެއް އޮތެވެ. އޭނާ އަވަހަށް އޭތި ކަތިލާފައި ފުށް މޮޑެ ކަމީރު ނުލައި ރޮށި ފިހެފި އެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ