ފެށުން 18:4 - ކިތާބުލް މުޤައްދަސާ4 މިއަޅާއަށް ގެނެވިފައި މިވާ ފެންފޮދުން ތިޔަބޭކަލުންގެ ދެ ފައިތިލަ ދޮންނެވުމަށް ފަހު މިގަހުގެ ހިޔަލުގައި އަރާމު ކުރައްވާ. အခန်းကိုကြည့်ပါ။ |
ލޫޠުގެފާނު ވިދާޅުވިއެވެ. ”އަޅުގަނޑުމިއީ ތިޔަ ބޭކަލުންގެ ޚާދިމަކީން. ތިޔަ ބޭކަލުން ފެންވަރާ ނިދިކުރެއްވުމަށް އަޅުގަނޑުގެ ގެއަށް މެހެމާނުންގެ ގޮތުގައި ދުރުވޭ. މާދަމާ އިރުއެރުމުން ތިޔަބޭކަލުންގެ މަގުގައި ކުރިއަށް ދުރުވޭ.“ އެމަލާއިކަތުން ވިދާޅުވިއެވެ. ”ނޫން އަހަރެމެން މިރަށުގެ މައިދާނުގައި މިރޭ މަޑުކޮށްލަފާނަން.“
ދެން އެކަލޭގެފާނު އެ އަންހެންމީހާ އާއި ދިމާލަށް އެނބުރިވަޑައިގަތް ޝަމްއޫނަށް ވިދާޅުވިއެވެ. ”މި އަންހެން މީހާ މިކަންތައް ކުރިގޮތް ދެކެބަލަ. އަހަރެން ކަލޭގެ ގެއަށް އައީ ކަލޭ ދަޢުވަތު ދިނީމަ. އެކަމަކު ކަލޭ އަހަރެންގެ ފައި ދޮވެލުމަށް ފެންފޮދެއް ވެސް ނުދޭ. ނަމަވެސް މި އަންހެން މީހާ އޭނާގެ ކަރުނައިން އަހަރެންގެ ފައި ދޮވެ އޭނާގެ އިސްތަށިގަނޑުން ފޮހެދިން.
ހުވަފަތް މިފަދަ އަންހެނުންނަށް މީހުންގެ އިޙްތިރާމް ލިބިދޭނެ ސަބަބަކީ އެކަނބަލުން ކޮށްފައިވާ ހެޔޮ އަމަލުތަކެވެ. އެކަނބަލުންގެ ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރި ނަމައެވެ. އެކަނބަލުންނާއި ބީރައްޓެހި ފަރާތްތަކަށް ހެޔޮކޮށް ހިތި ނަމައެވެ. އެކަނބަލުންގެ ޚިދުމަތް މަސީޙީންނަށް އިޚުލާސްތެރި ކަމާއެކު ލިބިދިން ނަމައެވެ. ދަތިޙާލުގައި ވީ ފަރާތްތަކަށް އެކަނބަލުން އެހީތެރިވި ނަމައެވެ. އެކަނބަލުން އަބަދުވެސް ހެޔޮ އަމަލުތަކަށް ތައްޔާރު ވެގެންހުންނަ ނަމައެވެ.