Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 18:32 - ކިތާބުލް މުޤައްދަސާ

32 އަނެއްކާ އިބްރާހީމްގެފާނު ވިދާޅުވިއެވެ. ”⁠ސާހިބުވަންތަ ރަސްކަލާކޮ. މިއަޅާގެ މައްޗަށް ކޯފާވެ ވަޑައިނުގައްނަވާ. އަދި އެއްސުވާލު ކުރިޔަ ދެއްވާ. މީ މިއަޅާގެފަހު ސުވާލު. އެރަށުގައި ހަމައެކަނި ރަނގަޅު އެންމެ ދިހަ މީހުން ތިބެއްޖެއްޔާޔޯ؟⁠“ މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠އެރަށުގައި ރަނގަޅު އެންމެ ދިހަ މީހުން ތިއްބަސް ތިމަންކަލާނގެ އެރަށް ނެތިކޮށެއް ނުލައްވާނަން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 18:32
21 ပူးပေါင်းရင်းမြစ်များ  

ދެން އަނެއްކާވެސް އިބްރާހީމްގެފާނު ދެންނެވިއެވެ. ”⁠ސާހިބުވަންތަ ރަސްކަލާކޮ. މިއަޅާދެކެ ކޯފާވެ ވަޑައިނުގައްނާވާތި. މިއަޅާ އަދި ސުވާލެއް ދަންނަވަންތޯ؟ އެރަށުގައި ހަމައެކަނި ރަނގަޅު ތިރީސް މީހުން ތިބެއްޖެ ނަމަ އެރަށް ނެތިކޮށް ލައްވާނަންތޯ؟⁠“ މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠އެރަށުގައި ހަމައެކަނި ރަނގަޅު ތިރީސް މީހުން ތިއްބަސް ތިމަންކަލާނގެ އެރަށް ނެތިކޮށެއް ނުލައްވާނަން.⁠“


ދެން އިބްރާހީމްގެފާނު ވިދާޅުވިއެވެ. ”⁠މިއަޅާ ސާހިބުވަންތަ ރަސްކަލާނގެއާ މިހާރު ވެސް އެތައް ސުވާލެއް ކޮށްފިން. ނަމަވެސް އަދި މިސުވާލު ވެސް ދަންނަވާލާނަން. ފަހަރެއްގައި ރަނގަޅު ވިހި މީހުން ތިއްބެއްޖެއްޔާ ޔޯ؟⁠“ މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ރަނގަޅު އެންމެ ވިހި މީހުން ތިއްބަސް ތިމަންކަލާނގެ އެރަށް ނެތިކޮށެއް ނުލައްވާނަން.⁠“


އެއަށް ފަހު، ޔަހޫޛާ ޔޫސުފުގެފާނުގެ އަރިހަށް ގޮސް މިފަދައިން ދެންނެވިއެވެ. ”⁠ސާހިބާ އަޅުގަނޑު ސާފުސީދާކޮށް މިފަދައިން ދެންނެވުމުގެ ހުއްދަ ދެއްވާ. އަދި އަޅުގަނޑާއިމެދު ކޯފާވެވަޑައި ނުގަންނަވާ. މިޞްރުގެ ރަސްގެފާނާއި އެއްފަދައިން މަނިކުފާނަށް ވެސް ބާރުފުޅު ލިބިވަޑައިގެންވާކަން އަޅުގަނޑު ދަންނަމު.


ދެން މާތްރަސްކަލާނގެ ފޮނުއްވަން ގަސްދުކުރެއްވި މުސީބާތް އެމީހުންގެ މައްޗަށް ފޮނުއްވުން ހުއްޓަވާ ލައްވައިފިއެވެ.


ނުބައިމީހާ ކުރާ އަޅުކަމުގެ ޤުރުބާނީ ދެކެ މާތްރަސްކަލާނގެ ނުރުހުންވެ ވޮޑިގަންނަވައެވެ. ހެޔޮމީހާ ކުރާ ދުޢާއާ އެކަލާނގެ ރުހިވޮޑިގަންނަވައެވެ.


”⁠އެދި ދަންނަވާ! އޭރުން މާތްރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވާނެ. ހޯދަމުން ގެންދޭ! އޭރުން ދައްކަވާނެ. ޓަކިދެމުން ގެންދޭ! އޭރުން ތިޔަބައިމީހުންނަށްޓަކާ ދޮރު ހުޅުއްވާނެ.


މާތްރަސްކަލާނގެ މަތިވެރިކަމުގެ ބޮޑުކަމާއެވެ! އަހަރެމެން އެދިދަންނަވާ ކޮންމެ ކަމެއް މާއިތުރަށް ވެސް ކޮށްދެއްވުމަށް އެކަލާނގެ ކުޅަދުންވަންތައެވެ. އަދި އަހަރެމެންނަށް ޚިޔާލު ކުރުމަށް ކުޅެދިގެންނުވާ މިންވަރަށް ވެސް ކަންތައްތައް ކޮށްދެއްވުމަށް އެކަލާނގެ ކުޅަދުންވަންތައެވެ. އެހެނީ އެކަލާނގެ ކުޅަދުންވަންތަކަން އަހަރެމެންގެ ކިބައިގައި މަސައްކަތް ކުރަމުން ދެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ