Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ފެށުން 18:31 - ކިތާބުލް މުޤައްދަސާ

31 ދެން އިބްރާހީމްގެފާނު ވިދާޅުވިއެވެ. ”⁠މިއަޅާ ސާހިބުވަންތަ ރަސްކަލާނގެއާ މިހާރު ވެސް އެތައް ސުވާލެއް ކޮށްފިން. ނަމަވެސް އަދި މިސުވާލު ވެސް ދަންނަވާލާނަން. ފަހަރެއްގައި ރަނގަޅު ވިހި މީހުން ތިއްބެއްޖެއްޔާ ޔޯ؟⁠“ މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ރަނގަޅު އެންމެ ވިހި މީހުން ތިއްބަސް ތިމަންކަލާނގެ އެރަށް ނެތިކޮށެއް ނުލައްވާނަން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ފެށުން 18:31
10 ပူးပေါင်းရင်းမြစ်များ  

ދެން އިބްރާހީމްގެފާނު ވިދާޅުވިއެވެ. ”⁠މިއަޅާއަކީ ވެއްޔާ މަށިން ހެއްދެވިފައިވީ އިންސާނަކީން. މިފަދައިން އިނބަރަސްކަލާނގެ އާއި މުޚާތަބުކޮށް ވާހަކަ ދެކުމަށް މިއަޅާއަށް އިޒުނަދެއްވާ.


ދެން އަނެއްކާވެސް އިބްރާހީމްގެފާނު ދެންނެވިއެވެ. ”⁠ސާހިބުވަންތަ ރަސްކަލާކޮ. މިއަޅާދެކެ ކޯފާވެ ވަޑައިނުގައްނާވާތި. މިއަޅާ އަދި ސުވާލެއް ދަންނަވަންތޯ؟ އެރަށުގައި ހަމައެކަނި ރަނގަޅު ތިރީސް މީހުން ތިބެއްޖެ ނަމަ އެރަށް ނެތިކޮށް ލައްވާނަންތޯ؟⁠“ މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠އެރަށުގައި ހަމައެކަނި ރަނގަޅު ތިރީސް މީހުން ތިއްބަސް ތިމަންކަލާނގެ އެރަށް ނެތިކޮށެއް ނުލައްވާނަން.⁠“


އަނެއްކާ އިބްރާހީމްގެފާނު ވިދާޅުވިއެވެ. ”⁠ސާހިބުވަންތަ ރަސްކަލާކޮ. މިއަޅާގެ މައްޗަށް ކޯފާވެ ވަޑައިނުގައްނަވާ. އަދި އެއްސުވާލު ކުރިޔަ ދެއްވާ. މީ މިއަޅާގެފަހު ސުވާލު. އެރަށުގައި ހަމައެކަނި ރަނގަޅު އެންމެ ދިހަ މީހުން ތިބެއްޖެއްޔާޔޯ؟⁠“ މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠އެރަށުގައި ރަނގަޅު އެންމެ ދިހަ މީހުން ތިއްބަސް ތިމަންކަލާނގެ އެރަށް ނެތިކޮށެއް ނުލައްވާނަން.⁠“


ތިޔަބައިމީހުންނީ ނުބައި ބަޔަކު ކަމުގައި ވިޔަސް ތިޔަބައިމީހުންގެ ދަރިންނަށް ރަނގަޅު ހަދިޔާ ދޭން ދަނޭ. ވީއިރު ތިޔަބައިމީހުންގެ އުޑުގައި ވޮޑިގެންވާ ބައްޕާފުޅުގެ ޙަޟްރަތުން އެދޭ މީހުންނަށް ރަނގަޅު ތަކެތި ކިހާ މިންވަރަކަށް ދެއްވާނެ!⁠“


”⁠އެދި ދަންނަވާ! އޭރުން މާތްރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވާނެ. ހޯދަމުން ގެންދޭ! އޭރުން ދައްކަވާނެ. ޓަކިދެމުން ގެންދޭ! އޭރުން ތިޔަބައިމީހުންނަށްޓަކާ ދޮރު ހުޅުއްވާނެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަންނަށް ހަމަ ޔަޤީން. ކަލެއަކީ އޭނާގެ ގާތް ރަޙުމަތްތެރިއަކަށް ވީތީ ތެދުވެ އޭނާ އެދުނުކަންތައް ކޮށް ނުދިން ނަމަވެސް އޭނާ ކެނޑި ނޭޅި ހުއްޓުމެއްނެތި އެދެމުން ގެންދިޔުމުގެ ސަބަބުން އުނދަގޫވުމުން ތެދުވެ ކަލޭ އޭނާ އެދުނު އެއްޗެއް އޭނާއަށް ދޭނެ.


ދެން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް މާނަފުން ވާހަކައެއް ވިދާޅުވެ ދެއްވިއެވެ. އެއީ އެމީހުންނަށް ހިތްވަރު ދެރަ ނުކޮށް އަބަދުވެސް ދުޢާކުރަން ޖެހޭނެ ކަން އަންގައި ދެއްވުމަށެވެ.


ކޮންމެ ވަގުތެއްގައްޔާއި އަދި ކޮންމެ މުނާސަބަތެއްގައިމެ މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ ބާރުން ދުޢާ ކުރާށެވެ. އަދި އެންމެހާ މަސީޙީންނަށް ދުޢާ ކުރުމުގައި ދެމިތިބޭށެވެ. ތިޔަބައިމީހުން ދުޢާކުރާ ހިނދު ސަމާލުވާށެވެ.


އެހެންކަމާއެކު އަހަރެމެން ވެސް ނިޢުމަތްތައް އެތަނެއްގައިވާ މާތްރަސްކަލާނގެ އަރުޝިކޮޅުގެ ކުރިމައްޗަށް ކެރިގެން ދަމާހިނގާށެވެ. އަހަރެމެން އެންމެ ބޭނުންވާ ވަގުތު އެކަލާނގެ ރަޙުމަތްވަންތަ ނިޢުމަތް އަހަރެމެންނަށް ލިބޭނީ އެތަނުންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ