3 އަދި ވިދާޅުވިއެވެ. ”ތިޔަ ބޭކަލުންނަށް ޚިދުމަތްކުރެއްވުމަށް މިއަޅާ ހުންނެވި ހިނދު މިއަޅާގެ ފޭލިގެއަށް ޒިޔާރަތް ނުކުރައްވައި، މިއަޅާގެ ފޭލިގެ ހުރަސް ކުރައްވައި ވަޑައިގަންނަވައިގެން ނުވާނެ.
އެ ހިނދު އެކަލޭގެފާނަށް ބޭރަށް ބައްލަވާލެވުނެވެ. އެވަގުތު ތިން ބޭކަލަކު އެކަލޭގެފާނަށް ފެންނަފަށުގައި ކޮއްޅަށް ތިއްބެވިތަން ފެނިލެއްވުމާއިއެކު، އެބޭކަލުންނާއި ބައްދަލު ކުރެއްވުމަށް އަވަސްވެ ވަޑައިގެންފިއެވެ. ދެން މޫނުފުޅު ބިންމަތީގައި ޖައްސަވާ އެކަލޭގެފާނު އެބޭކަލުންނަށް ސަޖިދަ ކުރެއްވިއެވެ.
މިއަޅާއަށް ގެނެވިފައި މިވާ ފެންފޮދުން ތިޔަބޭކަލުންގެ ދެ ފައިތިލަ ދޮންނެވުމަށް ފަހު މިގަހުގެ ހިޔަލުގައި އަރާމު ކުރައްވާ.
އަދި ލަބާން އޭނާއަށް ބުންޏެވެ. ”މާތްރަސްކަލާނގެ ތިބާ ރައްކާތެރިކަމާއެކު މިހިސާބަށް ގެނެސް ދެއްވައިފި. އަހަރެންނާއި އެކުގައި ގެއަށް ހިނގާ. މިތާ ބޭރުގައި ތިބާ ކޮޅަށް ހުންނާނެ ކަމެއްނެތް. އަހަރެމެންގެ ގެއިން ތިބާއަށާއި ޖަމަލުތަކަށް ހިޔާވަހިކަމާއި ޖާގަ ލިބޭނެ.“
އަދި މިއަދު ގޮންގަނޑުގެރި އާއި، ހިމާރާއި، ކަންބަޅިއާއި، ބަކަރީގެ އިތުރުން އަންހެނުންނާއި ފިރިހެނުންގެ ގިނަގުނަ އަޅުން އަހަރެންނަށް މިލްކުވެގެންވެޔޭ. މިޚަބަރު އަހަރެންގެ ސާހިބާއަށް މިފޮނުވަނީ އަހަރެންނަށް އިޚުލާސްތެރިކޮށް ހިތާނޭ ކަމުގެ އުންމީދުގައޭ.‘“
އެހެންވީމާ، ޔޫސުފުގެފާނާއިމެދު ފޫޠީފާރުގެ މަޤްބޫލުކަން ބޮޑުވެ އޭނާގެ އެންމެގާތް ޚާދިމުގެ ގޮތުގައި އެކަލޭގެފާނު ހަމަޖެއްސެވިއެވެ. އަދި އެކަލޭގެފާނަށް އިތުބާރު ކުރައްވައި އޭނާގެ އެންމެހާ މިލްކިއްޔާތު ތައް ހިންގައި ބެލެހެއްޓުމަށް ޔޫސުފުގެފާނާއި ހަވާލު ކުރިއެވެ.