27 ދެން އިބްރާހީމްގެފާނު ވިދާޅުވިއެވެ. ”މިއަޅާއަކީ ވެއްޔާ މަށިން ހެއްދެވިފައިވީ އިންސާނަކީން. މިފަދައިން އިނބަރަސްކަލާނގެ އާއި މުޚާތަބުކޮށް ވާހަކަ ދެކުމަށް މިއަޅާއަށް އިޒުނަދެއްވާ.
ފަހަރެއްގައި އެރަށުގައި ހަމައެކަނި ރަނގަޅު ސާޅީސް ފަސް މީހުން ތިބެފައި ފަންސާހަށް ހަމައެކަނި ފަސް މީހުން މަދުވީތީ އިނބަރަސްކަލާނގެ އެރަށް ނެތިކޮށްލައްވާނަންތޯ؟“ މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”އެރަށުގައި ރަނގަޅު ސާޅީސްފަސް މީހުން ތިއްބަސް ތިމަންކަލާނގެ އެރަށް ނެތިކޮށެއް ނުލައްވާނަން.“
މަތިވެރިރަސްކަލާނގެ ބިމުގެ ހިރަފުހުން އިންސާނާ އުފެއްދެވިއެވެ. އަދި އެ އިންސާނާގެ ނޭފަތުގެ ތެރެއަށް ދިރުމުގެ ނޭވާފުޅެއް ލެއްވިއެވެ. އެވަގުތު އިންސާނާއަށް ދިރުން ލިބުނެވެ.
ކަލޭ އެނބުރި ކައްވަޅަށް ދިއުމަށް ދާނދެން ކަލޭ ކާއެއްޗެހި ހޯދަންޖެހޭނީ ކަލޭގެ ނިތްކުރިން ދާހިއްލައިގެން. އެންމެފަހުން ދެން ކަލޭ ވާނީ ހިރަފުހަށް. އެއީ ކަލޭ އުފެއްދުނީ ވެސް ހިރަފުހުން ކަމަށް ވާތީ.“
އެކަމަކު މޫސާގެފާނު އެކަލޭގެފާނުގެ އިލާހު، މާތްރަސްކަލާނގެ ކޯފާ މައިތިރި ކުރެވޭތޯ އުޅުއްވިއެވެ. ”އޭ މާތްރަސްކަލާނކޮ! އިނބަރަސްކަލާނގެ މީހުންނާ ދޭތެރޭ ތިޔަހާ ބޮޑަށް ކޯފާވެ ވޮޑިގަންނަވަނީ ކީއްވެތޯ؟ އެމީހުން މިޞްރުން ނެރުއްވީ ވެސް އިނބަރަސްކަލާނގެ ކުޅަދުންވަންތަ ބާރުފުޅު ގަދަ އަތްޕުޅުން ނޫންތޯ؟
ދެން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް މާނަފުން ވާހަކައެއް ވިދާޅުވެ ދެއްވިއެވެ. އެއީ އެމީހުންނަށް ހިތްވަރު ދެރަ ނުކޮށް އަބަދުވެސް ދުޢާކުރަން ޖެހޭނެ ކަން އަންގައި ދެއްވުމަށެވެ.
ޝަމްއޫނު އަށް މިތަން ފެނުމުން އީސާގެފާނުގެ ފައިންޕުޅު މައްޗަށް ތިރިވެ އެކަލޭގެފާނަށް ދެންނެވިއެވެ. ”މާތްސާހިބާ. އަޅުގަނޑުގެ ކައިރިން ދުރަށް ވަޑައިގަންނަވާ. އަޅުގަނޑަކީ ފާފަވެރި އަކީން.“